Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ރާއްޖޭގެ ޖިންސުންލަތީފުން، ޖާރިޔާއިން ގޮތުގައި މުޅި މެދުއިރުމަތީގަ ވިއްކައިފި: ރައީސް ނަޝީދު

އެމީހުން ދަނީ ރާއްޖެ ބަދުނާމު ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2019 | ހޮނިހިރު 19:27
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ޖިންސުންލަތީފުން ޖާރިޔާއިން ގޮތުގައި މުޅި މެދުއިރުމަތީގަ ވިއްކައިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ އަންހެން ދަރިން ނުވަތަ ޖިންސުންލަތީފުން ޖާރިޔާއިން ގޮތުގައި މުޅި މެދުއިރުމަތީގަ ވިއްކައި، ރާއްޖެ އިންތިހާއަށް ބަދުނާމުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އޮތީ ނުރައްކަލުގެ ތުންފަތް މައްޗަށް ގެނެސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫން ކަމަށާއި، މިރާއްޖެ އަލުން ހޯދަން ޖެހޭ ކަމަށެވެ. އަދި މިއީ ދިވެހިންގެ ރާއްޖެ ކަމަށާއި، މިރާއްޖެ ހިންގަންޖެހޭނީ އިސްލާމް ދީނުގެ ހަމަތަކުން ދިވެހިންގެ އުސޫލުތަކާއި ދިވެހިންގެ އަސާސްތަކާއި އެއްގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ރ. މަޑުއްވަރީ ދޯންޏެއްގައި ޒުވާނަކަށް ވަޅިން ހަމާލީ ޒަހަމްކޮށްލި ހާދިސާއަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ އޭނާ ހުރީ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން ކަމަށާއި، އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެއީ ހަޑިމުޑުދާރު އަމަލެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކަންކަން ހިންގާނީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނު އަސާސީގަވާ ގޮތުގެ މަތިން ކަމަށެވެ. އެމީހުން އަމިއްލައަށް އުފައްދާ ކަމެއްގެ ތެރެއިން 12 އަދި 13 އަހަރުގެ ކުދިންނާ ކައިވެނި ކުރި ނަމަވެސް ސެޓްފިކެޓެއް ދުލެއް ނުކުރާނެ ކަމަށާއި، އެއީ ދިވެހި ދައުލަތުގެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ޑރ. އަފްރާޝީމް މަރާބެހޭ ގޮތުން ތައްޔާރު ކުރި ރިޕޯޓުން ވަރަށް ގިނަ ކަންކަން ތިލަވެގެން ގޮސްފައިވާ ކަމަށާއި، ޑރ. އަފްރާޝީމް މަރާލާފައިވަނީ ހަނގުރާމައަށް މީހުން ފޮނުވާ އަލްގައިދާ ޖަމާއަތުން ކަމަށެވެ. އަދި އެޖަމާއަތް އެކުލެވިގެންވާ ގޮތާއި، އެޖަމާއަތް ރާއްޖޭގައި އެތުރިފަ އޮންނަ ގޮތް ކޮމިޝަންގެ ރިޕޯޓުގައި ކިޔަދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ އެތަން މިތަނުގަ ޓެރަރިސްޓް ހަރަކާތް ހިންގަމުންދާ މިޖަމާއަތް ސެލް އޭ، ސެލް ބީ، ސެލް ސީ އަދި ސެލްޑީ އަށް ބެހިފައިވާ ކަމަށެވެ.

ހިބަރު ވަދުގެ ނަމުގައި ޕީޕީއެމްއިން ހޮނިހިރު ދުވަހުރޭ ބޭއްވި ޖަލްސާއަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޖަލްސާގައި އިންނެވީ އެސެލްތަކާއެކު ކަމަށެވެ. އަދި މިމަސައްކަތް ހުއްޓުމަކަށް ނުގެނެސްފިނަމަ ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު