Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުއެމް

ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހަމަލާ ބަދަލުކުރުމުގެ ނަތީޖާ ރަނގަޅެއް ނުވާނެ:ރައީސް މައުމޫން

އެންމެންގެ މެދުގައި އެއްބަސްވެވޭ ކޮމަން ގްރައުންޑެއް އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2019 | ހޮނިހިރު 18:03
އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން

އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން

ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާ ބަދަލުކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ އެއް ތަނބުތަކަމަށާއި އެކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުން އޮތްނަމަވެސް އެންމެންގެ މެދުގައި އެއްބަސްވެވޭ ކޮމަން ގްރައުންޑެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އަންނަނީ އެޕާޓީން ބާއްްވަމުންދާ ޖަލްސާތަކުގައި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީއަށް އަބަދުވެސް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އަބަދުވެސް ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އާންމު މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ޖުމްހޫރީ ޕާޓީއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ. ކޯލިޝަންގައި ހިމެނޭ ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެމްޑީޕީއަށް އަމާޒުކޮށް ފާޑުކިޔަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވަކިން ނިކުންނަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުމަކީ ޕާޓީއަށް ލިބިގެންދިޔަ ޝަރަފެއްކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމްގެ މަޤްސަދަކީ ދިވެހިންގެ ކަންތައްތައް އިސްލާހު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް ކުރިޔަށް ހެޔޮ ފިޔަވަޅު އެޅުން އެއީ އިސްލާހަށް ކުރެވިގެންދާނެ މަސައްކަތެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމް ބޭނުންވަނީ ރާއްޖޭގެ ސިޔާސީ ހަރަކާތް އިތުރު ހަރުފަތަކަށް ގެންދަންކަމަށާއި އެގޮތުން ދެ ކަމެއް ނިންމާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެއް ކަމަކީ ޕާޓީގެ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަންހެން އަދި ފިރިހެން މެމްބަރުން އެއް އަދަދަކަށް ތިބުންކަމަށާއި ދެވަނަ ކަމަކީ އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތައަށްވުރެ މަދު ނޫން އަދަދަކަށް އުމުރުން 30 އަހަރުން ދަށުގެ މެމްބަރުން ތިބުންކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމް ގަބޫލުކުރާ ޒުވާނުންގެ މިންގަނޑަކީ 18 އަހަރާއި 30 އަހަރާއި ދެމެދު ކަމަށާއި އެގޮތަށް ކަނޑައެޅީ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށްކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް

18 އެޕްރީލު 2017
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް
15 އެޕްރީލު 2017

ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

15 އެޕްރީލު 2017
ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!
04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު