Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުރީދޫ ކަލަރ ރަން

އުރީދޫ ކަލަރ ރަން މިފަހަރު ވެސް ވަރަށް ފޯރިގަދަވާނެ!

މިފަހަރު ހެނދުނު މޫދު މަޖާ އިވެންޓް އޮންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ނޮވެމްބަރު 2019 | ހޮނިހިރު 13:12
މިދިޔަ އަހަރުގެ ކަލަރ ރަންގެ ތެރެއިން

މިދިޔަ އަހަރުގެ ކަލަރ ރަންގެ ތެރެއިން

އުރީދޫ ކަލަރ ރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެ އަހަރު އުރީދޫ އިން ކަލަރ ރަންގެ ތެރެއިން ބާއްވާފައިވަނީ ހަމައެކަނި ދުވުމުގެ ހަރަކާތް އެކަންޏެވެ. އެހެންނަމަވެސް މިހަރަކާތް މިހާރު ފުޅާވެ، އަހަރަކަށް ވުރެ އަހަރެއް މި ހަރަކާތުގެ ފޯރިވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ކަލަރ ރަން ބާއްވާފައިވަނީ ކައިޓް ފެސްޓިވަލެއްގެ އިތުރުން މިއުޒިކް ޝޯވއެއް ވެސް ހިމަނައިގެންނެވެ.

މިފަހަރުގެ ކަލަރ ރަން ވެސް މުޅިން ތަފާތު ގޮތަކަށް ގެނެސްދިނުމަށްޓަކައި އުރީދޫ އިން ވަނީ ހުކުރު އަދި ހޮނިހިރު ދުވަހު މިފަހަރު ކަލަރ ރަންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން ނޮވެމްބަރު 29 ވާ ހުކުރު ދުވަހުގެ ހެނދުނު މޫދު މަޖާ އިވެންޓް ހުޅުމާލެ ރުއްގަޑު ސަރަހައްދުގައި ބޭއްވުމަށް އުރީދޫ އިން ވަނީ ނިންމާފައެވެ. ހުރިހައި އުމުރުފުރައިގެ އާންމުންނަށް ބައިވެރިވެވޭގޮތައް މި އިވެންޓް ހުޅުވާލާފައިވާއިރު ހެނދުނުގެ ސަޤާފީ ނާސްތާއެއް އޮންނާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. މިދިޔަ އަހަރު ވެސް އުރީދޫ އިން ކައިޓް ފެސްޓިވަލް ބޭއްވިއިރު ކުޑަކުދިންގެ ބޮޑު ތަރުހީބެއް އެ ފެސްޓިވަލަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރު ކައިޓް ފެސްޓިވަލްގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެެވެ. އެ ކުދިން ކައިޓް ފެސްޓިވަލް ސިފަ ކޮށްފައިވަނީ ވަރަށް މަޖާ، އަދި ކަމުދިޔަ ހަރަކާތެއްގެ ގޮތުގައެވެ. އުރީދޫ އިން ބުނީ މިފަހަރު ވެސް ހުކުރު ދުވަހުގެ ހަވީރު ކައިޓް ފެސްޓިވަލް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށާއި އެންމެ ސަޅި ސަޅި މަޑިވެސް ހޮވާނެ ކަމަށެވެ.

މި ހަރަކާތްތަކަށްފަހު ހޮނިހިރު ދުވަހު (30 ނޮވެމްބަރުގައި) އުރީދޫގެ ކަލަރ ރަން 04:00 ޖަހާއިރު ފެށިގެންދާއިރު ކަލަރ ރަން ނިންމާފައި ރޭގަނޑު މިއުޒިކް ޝޯވއެއް އޮންނާނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތުދެއެވެ. މިފަހަރުގެ ކަލަރ ރަން އަށް ވެސް 5000 މީހުން ރަޖިސްޓްރީވެފައިވާއިރު މިފަހަރުގެ ރޫޓް ތަފާތުވާނެއެވެ. އެގޮތުން އުރީދޫ އިން ބުނީ ހުޅުމާލެ ފެރީޓަމިނަލާއި ވީ ފަޅިން ދުވުން ފަށިގެންދާނެ ކަމަށެވެ.

އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މިފަހަރުގެ ކަލަރ ރަންގެ ފޯރިވެސް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު އުންމީދަކީ މިފަދަ ކަލަރ ރަންގެ ސަބަބުން މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ދިޔުމެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު