Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝިފާޒް

އެކެއްގައި ފާހަގަ ޖެހީމައި ހަގީގަތުގައިވެސް އޭގެން ގެއްލުމެއް ނުވާނެކަން ޔަގީން: ޝިފާޒް

ޝިފާޒް ވިދާޅުވީ، ވޯޓު ކަރުދާސްކޮޅު ލިބުމުން މާބޮޑު ވިސްނުމަކަށް ދާން ނުޖެހޭނެ ކަމަށް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 22 ނޮވެމްބަރު 2019 | ހުކުރު 03:47
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި ވޯޓު ކަރުދާސްކޮޅު އަތަށް ލިބުމުން ކެނޑިޑޭޓް ނަމްބަރު އެކެއްގައި ފާހަގަ ޖެހުމުން ހަގީގަތުގައިވެސް އޭގެން ގެއްލުމެއް ނުވާނެ ކަން ޔަގީން ވާނެ ކަމަށް ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަދި ކުރީގެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒްގެ ކެނޑިޑޭޓް ނަމްބަރަކީ އެކެކެވެ. އޭނާ އާއެކު އެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.

ޝިފާޒްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ، ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ވޯޓު ކަރުދާސްކޮޅު އަތަށް ލިބުމުން މާބޮޑު ވިސްނުމަކަށް ދާން ނުޖެހޭނެ ކަމަށެވެ.

އިތުރަށް ޝިފާޒް ވިދާޅުވީ ޕާޓީގެ މެންބަރުންގެ އުންމީދުތަކެއް އޮންނާނެ ކަމަށާއި އެ އުންމީދު ގުޅިފައި އޮތީ އެންމެން ކުރާ މަސައްކަތާއި ކަމަށެވެ. އަދި އެ މަސައްކަތުގައި ޕާޓީގެ މެންބަރުންނާއެކު ހުންނާނެ މީހަކު އިހްތިޔާރު ކުރަން ޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ، ވައުދުވި ޖަޒީރާ ރާއްޖޭގެ އަމާޒު ވަރަށް ސާފު ކަމަށާއި އެ ޖަޒިރާ ރާއްޖޭގައި ލިޔެފައިވާ ކަންކަން މި ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޑީޕީން ކަންކުރާނީ އެހެން ބަޔަކު ކަން ކޮށްފައި އޮތް ގޮތަށް ނޫން ކަމަށާއި ކަން ކުރާނީ ތަރުތީބު ކުރެވިފައި އޮތް ޕްލޭނެއްގެ ދަށުން ކަމަށް ފާހަގަކޮށް ޝިފާޒް ވިދާޅުވީ، އެކަން މެންބަރުންނަށް ހާސިލްކޮށްދޭން ކުރާ ދަތުރުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި

17 މެއި 2017
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު