Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަނީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައި: ރައީސް ސޯލިހު

21 ނޮވެމްބަރު 2019 | ބުރާސްފަތި 17:19

މިވިޔަފާރިތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ނޮވެމްބަރު 2019 | ބުރާސްފަތި 17:19
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރިތަކެއް ކަމަށާއި، ރަނގަޅު މާރކެޓެއް ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަންނު އެކްސްޕޯ ހުޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށާއި، އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، އިގްތިސާދީ ދާއިރާގެ ތަރައްގީގެ ތެރެއިން ޖާގަ ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތައް ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށާއި، 2020 ވަނަ އަހަރުގެ ތެރޭގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ފަންނު އެކްސްޕޯއަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ މިފަދަ މައުރަޒުތައް ބާއްވައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު މަރކެޓެއް ހޯދައިދެވިއްޖެނަމަ، ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާއެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ މައުރަޒުތަކުން ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރިންގެ މަސައްކަތްތައް އާންމުކޮށް އެއްތަނަކުން ފެނި އެފަދަ އުފެއްދުންތަކަށް ހަމައަގު ލިބުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށާއި، ވަކިން ޚާއްސަ ގޮތެއްގައި ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތައް ރަނގަޅު އަގު ހޯދައިދިނުމަކީ މިމައުރަޒުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މައުރަޒެއްގައި ވެސް މުހިންމު ދެބައެއް ހިމެނޭ ކަމަށެވެ. ފުރަތަމަ ބަޔަކީ އުފެއްދުންތައް ދައްކާލުމުގެ ބައި ކަމަށާއި، ދެވަނަ ބަޔަކީ ވާދަކުރުމުގެ ބައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މަރުކަޒުގައި ބައިވެރިކުރާ ތަކެތީގެ ފެންވަރު ރަނގަޅު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، ކޮންމެ އުފެއްދުމެއްގެ އަގު އުފުލިގެން ދަނީ އެއުފެއްދުމެއްގެ ފޭރާން ހެޔޮވެ މަސައްކަތަށް ފަށުވިވާ މިންވަރަކުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މައުރަޒުގައި ބައިވެރިވުގައި އޮންނަ ދެމަގުސަދަކީ ރަނގަޅު އަގުގައި އުފެއްދުމެއް ވިއްކާލުމާއި، ރަންވަނައެއް ހާސިލްކުރުން ކަމަށެވެ.

ދިވެހިންގެ ފަންނުވެރިކަމަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ތަފާތު ފަންނުތަކުގަ އާދަޔާ ހިލާފު ހުނަރުވެރި ވިސްނުންތަކެއް ގެންގުޅޭ ބައެއް ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުގައި ހުރި ދުވަސްވީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ އިމާރާތް ކުރުމުގެ ފަންނުގަ ދިވެހިންގެ ހުނަރުވެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވެސް ވަރަށް ހުނަރުވެރިބައެއް ކަމަށާއި، ބޭނުންވަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަން ނެރި ހާމަކޮށްދޭނެ ވަސީލަތްތަކާއި، ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ޒުވާނުންނަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުން މުޅިން އާ ދިވެހި އުފެއްދުންތައް މައުރަޒުތަކުން ފެންނަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް