Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޖަލުތައް

މަރާމާތަށްފަހު މާލޭ ޖަލު އެނެކްސް 1 އަލުން ހުޅުވައިފި

މާލޭ ޖަލު އެނެކްސް 1 ބަންދުކުރީ މި އަހަރުގެ އޭޕްރީލް މަހުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ނޮވެމްބަރު 2019 | ބުދަ 13:50
މަރާމާތަށްފަހު މާލޭ ޖަލު އެނެކްސް 1 ހޯމް މިނިސްޓަރ ހުޅުވައިދެއްވަނީ

މަރާމާތަށްފަހު މާލޭ ޖަލު އެނެކްސް 1 ހޯމް މިނިސްޓަރ ހުޅުވައިދެއްވަނީ

މަރާމާތު ކުރުމަށްފަހު މާލޭ ޖަލުގެ އެނެކްސް 1 އަލުން ހުޅުވައިފިއެވެ.

ބުދަ ދުވަހު މާލޭ ޖަލުގައި އޮތް ރަސްމިއްޔާތެއްގައި މާލޭ ޖަލުގެ އެނެކްސް 1 ހުޅުވައިދެއްވީ ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ އެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މި މަސައްކަތަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން، ތަނުގެ ހާލަތާއި، ފާޚާނާ ކުރުމުގެ އިންތިޒާމަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ތަނުގެ ހާލަތު ގޯސްވެ ބަންދުކުރިއިރު އެތަނުގައި 17 މީހުން ބަންދުކޮށްގެން އުޅުނު ކަމަށާއި، ނަމަވެސް ދެން އެތަނުގައި ގިނަވެގެން ބަންދުކުރާނީ 10 މީހުންކަމަށެވެ.

ތަނުގެ ހާލަތު ރަނގަޅު ކުރުމަށްފަހު އިތުރަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ކުރިން ހެނދުނު 6 އިން އިރުއޮއްސި 6 އަށް ޤައިދީން ގޮޅިތަކުގައި ތިބެން ޖެހުނު ނަމަވެސް އެކަން ބަދަލުކޮށް، ފަތިހު 5 ޖަހާއިރު ބޭރަށް ނެރުމަށްފަހު ރޭގަނޑު 10 ޖަހާއިރު ގޮޅިތަކަށް ވައްދާގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

އޭގެ އިތުރުން، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ޑެޕިއުޓީ ކޮމިޝަނަރާއި، އެސިސްޓެންޓް ކޮމިޝަނަރ އަދި ހުރިހާ އޮފިސަރުން ކުރައްވާ މަސައްކަތްތައްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެނެކްސް 1 އަލުން ހުޅުވުމުން އެތަނުގެ ޕްލޭން ޤައިދީންނަށާއި އޮފިސަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާއިރު، އެޕްލޭންގައި ޤައިދީންނާ މެދު އަމަލުކުރެވޭނެ އުސޫލުތަކާއި، ޤައިދީން އަމަލުކުރަންޖެހޭ އުސޫލުތަކުގެ އިތުރުން ޝަކުވާ ހުށައަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ޤާނޫނީ މާއްދާތައްވެސް ބަޔާންކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް ހަދާފައިވާ ޖަލެއް ކަމަށް ބެލެވޭތީ، މާލޭ ޖަލުގެ އެނެކްސް 1 ގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މަރާމާތައް ބަންދުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު