Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަންނަނީ

20 ނޮވެމްބަރު 2019 | ބުދަ 13:03

ޔާޔާ ޓޫރޭ ވަނީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ

އަތޫފް އާތިފް
އަތޫފް އާތިފް | 20 ނޮވެމްބަރު 2019 | ބުދަ 13:03
ޔާޔާ ޓޫރޭ

ޔާޔާ ޓޫރޭ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ހާއްސަ މެހެމާނެއްގެ ގޮތުގައި އައިވަރީ ކޯސްޓްގެ މިޑްފީލްޑަރ ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްގެ އެކްސްކޯގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލްގައި ޔާޔާ ޓޫރޭ ބައިވެރިވާނެއެވެ. ޔާޔާ ޓޫރޭ ބައިވެރިވާ އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގައެވެ. އެފްއޭއެމް އިން ބުނީ މި އިވެންޓުގައި ގާތްގަނޑަކަށް 600 ކުދިން ބައިވެރިވާނެ ކަމަށާއި މި ހަރަކާތުގައި ޔާޔާ ޓޫރޭ އާއި އެކު ފުޓުބޯޅައިގެ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. މި އިވެންޓު ކުރިޔަށްދާނީ ބުރާސްފަތި ދުވަހު ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ.

ޔާޔާ ޓޫރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ މިފުރުސަތު ދިން ކަމަށް ޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރާ ކަމަށާއި ފީފާގެ ވިޝަން ޕްރެޖެކްޓް އެއްގައި ބައިވެރިވެވޭތީ އުފާ ކުރާކަމަށް ބުނެފައެވެ. އުމުރުން 18 އަހަރުގައި ޕްރެފެޝަނަލް ފުޓްބޯޅަ ބެލްޖިއަމްގެ ބެވްރެން އިން ފެށި ޓޫރޭ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ކްލަބަކަށް ކުޅެފައެވެ. ދެހާސް ހަތަރު ވަނަ އަހަރު އައިވަރި ކޯސްޓުގެ ގައުމީ ސްކޮޑްގައި ހިމެނި ޓޫރޭ ވަނީ އެ ޓީމަށް ތިން

ވޯލްޑް ކަޕްގައި ކުޅެފައެވެ. އެއީ އެ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުއެވެ. ޑިޑިއޭ ޑޮރޯގްބާއަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަންކަމާއި ޓޫރޭ ހަވާލުވެފައި ވަނީ 2014 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓާލީ 2016 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް އޭނާ ވަނީ 20 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޓޫރޭގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ވަނީ މެންޗެސްޓަރ ސިޓީގައެވެ. އެ ކްލަބުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ޓޫރޭ ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ދެ ލީގުގެ އިތުރުން އެއް ކޮމިއުނިޓީ ޝީލްޑް ހޯދައިދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް