Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސެލްވޭޖް ކުންފުންޏެއް އުފެއްދުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

20 ނޮވެމްބަރު 2019 | ބުދަ 07:38

އުޅަނދުފަހަރު ފަރަށް އެރުމަކީ އާންމުކޮށް ދިމާވާ ކަމެއްކަމަށް ނާޒިމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2019 | ބުދަ 07:38
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ފަރަށް އަރާ އުޅަނދު ފުންކުރުމުގައި އަމަލީގޮތުން މަސައްކަތްކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާ ބަހުސް ފައްޓަވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ގަރާރު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ މަސްދޯނިފަހަރާއި، މީހުންނާއި މުދާއުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދުފަހަރު ފަރަށް އެރުމަކީ، ކަނޑުދަތުރުގެ މައްޗަށް ބަރޯސާވެފައިވާ ރާއްޖޭގައި އާންމުކޮށް ދިމާވާ ކަމެއްކަމަށެވެ. އަދި މިފަދަ ހާދިސާއެއް ދިމާވުމުން، އެ އުޅަނދެއްގެ ވެރިފަރާތަށް އެތައް ބުރައެއް އުފުލަންޖެހޭކަމަށް ގަރާރު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އުޅަނދުގެ ވެރިފަރާތަށް އުފަލަންޖެހޭ ތަކުލީފުތަކުގެ ތަފްސީލު ދެއްވަމުން ނާޒިމް ވިދާޅުވީ އެ އުޅަނދެއް ފުންކޮށްދޭނެ ފަރާތެއް ވޭތޯ ބަލަންޖެހޭކަމަށާއި އެ ހާދިސާގައި ތާށިވެފައިވާ އުޅަނދު ފުންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދައި އެކަން ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް އެއްތަން ކޮށްދިނުމަކީވެސް ވެރިފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެއިތުރުން ތަކެތި ހޯދުމަށާއި އެކަންކޮށްދޭ މީހުންނަށް ވަގުތުން އަގުއަދާ ކުރަންޖެހޭއިރު އެ އުޅަނދު ފަރަށްއެރުމުން ދިމާވި ގެއްލުމުގެ ޝިކާރައަކަށްވެ، އެހާތަނަށް ލިބެމުން އައި އާމްދަނީ ހުއްޓަމަކަށް އައިސް އެއާމްދަނީ ވެރިފަރާތަށް ނުލިބޭގޮތްވާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ އާމްދަނީގެ މައްޗަށް ބިނާވެފައިވާ އެތައް އާއިލާއެއްގެ ދިރިއުޅުމާއި އެ އާމްދަނީއަށް ބަރޯސާވެ ކުރަމުން އައި އެންމެހައި ކަމަކަށް ކުއްލި ނިމުމެއް އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ފަރަށް އަރާ ދޯންޏެއް ފުންކުރުމުގެ މަސައްކަތްކުރުމަކީ ރާއްޖޭގައި ޚަރަދު ބޮޑު އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ޒާތުގެ މަސައްތަކަށް ނުވާކަމަށެވެ. އަދި އެކަމަކީ ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް ފޯރުކޮށްދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާތީ ހުރިހާ ކަމެއް ކުރަންޖެހެނީ އަމިއްލައަށް ކަމަށެވެ.

އެހެންކަމުން މިފަދަ ހާލަތްތަކުގައި، އުޅަނދުފަހަރު ފުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމަލީގޮތުން ކުރުމަކީ ދައުލަތުގެ އިދާރާއެއް މެދުވެރިވެގެން ނުވަތަ ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށްނަމަވެސް ކުރެވޭނެކަމެއްގެ ގޮތުގައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނަކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތްތައް ކުރާނެ ދައުލަތުގެ އިދާރާއެއް ހަމަޖެހި، އެ އިދާރާއިން އެކަމުގެ އުސޫލުތަކާއި ނިޒާމުތައް ގާއިމުކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަން ގަބޫލުކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މި މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވުމަށް ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ގޮވާލާ މި ގަރާރު ހުށަހަޅުއްވާކަމަށް ނާޒިމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

22 މާރިޗު 2017

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
02 މާރިޗު 2017

ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

02 މާރިޗު 2017
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް