Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފިކޭޝަން

އަޝްފާގަށް 90 މިނެޓު ކުޅެން ފުރުސަތުދިނީ އޭނާގެ ތަޖުރިބާ މުހިންމުވީމަ: ސެގާޓް

19 ނޮވެމްބަރު 2019 | އަންގާރަ 14:30

ސެގާޓް ވަނީ އަޝްފާގަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ނޮވެމްބަރު 2019 | އަންގާރަ 14:30
ގުއާމް އަދި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން

ގުއާމް އަދި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން

އަލީ އަޝްފާގް ދަނގަޑޭއަށް 90 މިނެޓު ކުޅުމަށް ފުރުސަތު ދިނީ އޭނާގެ ތަޖުރިބާގެ ބޭނުން ހިފަން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ގުއާމް އަތުން 1-3 ގެ ނަތީޖާއިން ރާއްޖެ މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސެގާޓް ބުނީ އަޝްފާގަށް ފުރަތަމަ ހަފު ލިބުނު ފުރުސަތު ބޭކާރުވި ނަމަވެސް އޭނާ އަށް 90 މިނެޓު ކުޅުމަށް ފުރުސަތު ދޭން ބޭނުންވި ކަމަށާއި، ފުޓުބޯޅައިގައި އެކަހަލަ ފުރުސަތު ބޭކާރުވުން އެއީ ވާ ކަމެއް ކަމަށެވެ.

އެގޮތުން ސެގާޓް ބުނީ އަޝްފާގަށް 90 މިނެޓު ކުޅުމުގެ ފުރުސަތު ދޭން ބޭނުންވި މައިގަނޑު ސަބަބަކީ އޭނާގެ ތަޖުރިބާ މިކަހަލަ މުހިންމު މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ބޭނުން ވާނެތީ އާއި އޭނާ އަކީ ލިބޭ ފުރުސަތުގެ ބޭނުން ހިފާ ކުޅުންތެރިއަކަށް ވުމުން ކަމަށެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އަޝްފާގް ލަނޑު ޖަހާ މެޗުން ފޭބީ އެންމެން ހެއްވާލުމަށްފަހު ކަމަށްވެސް ސެގާޓް ބުނިއެވެ.

މިގޮތަށް ސެގާޓް އަޝްފާގަށް ތައުރީފު ކުރިއިރު، ގައުމީ ޓީމުގެ ސްކޮޑުން އަޝްފާގު ބޭރުކޮށްފައި ހުރި ދުވަސްވަރު ސެގާޓް އައީ މީޑިއާގައި އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. އެގޮތުން ސެގާޓް ބުނަމުން އައީ އަޝްފާގަކީ އުމުރުން ދޮށީ ކުޅުންތެރިއެއް ކަމަށާއި، ވޯލްޑްކަޕް އޮންނައިރު އޭނާގެ އުމުރު 37 އަށް ވުރެ މަތިވާނެ ކަމަށެވެ.

ގުއާމް މެޗުގައި އަޝްފާގް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ރާއްޖެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަޝްފާގެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސީރިއާ، ޗައިނާ، ފިލިޕީންސް އަދި ގުއާމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: މޮރީނިއޯ

04 މެއި 2017
ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: މޮރީނިއޯ
29 އެޕްރީލު 2017

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް