Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޕީއޭ

އިންފުލުއެންޒާއާއި ޑެންގީ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

19 ނޮވެމްބަރު 2019 | އަންގާރަ 13:59

ބޮޑު ޗުއްޓީގެ ދުވަސްވަރަށް ވެފައި ޑެންޑީ އިންފުލުއެންޒާ ބޭރަށް ހިންގުން އަދި ފާނަބަސަންދު ޖެހޭ މިންވަރު އަންނަނީ އިތުރުވަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ނޮވެމްބަރު 2019 | އަންގާރަ 13:59
މަދިރި އިތުރުވާތީ ފޮގްކުރަނީ

މަދިރި އިތުރުވާތީ ފޮގްކުރަނީ

މި ދުވަސްވަރު އަނެއްކާ ވެސް އިންފުލުއެންޒާއާއި ޑެންގީ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތީ ދިރާސީ އަހަރު ނިމި ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން، މި ދުވަސް ވަރު ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ދަތުރުކުރުން އިތުރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރަކީ އިންފުލުއެންޒާއާއި ޑެންޑީ އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

އެ އެޖެންސީން ވަނީ އިންފުލުއެންޒާއާއި، އަރިދަފުސް ރޯގާއާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާ އިރު، އަނގައާއި ނެފާތް ނިވާކުރުމަށާއި، ރޯގާޖެހި ކެއްސާނަމަ އާންމުން އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އިންފުލުއެންޒާ ޖެހުމުގެ ފުރުޞަތު ބޮޑު މީހުން ވެކްސިން ޖެހުމާއި، ޑޮކްޓަރަށް ދެއްކުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ބޭރަން ހިންގާ ހޮޑުލާނަމަ، ސާފުތާހިރުކަމަށް ސަމާލުވުމަށާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ކެއުމުގައި ބޭނުންކުރާ ރޯ މޭވާއާއި، ތަރުކާރީ ފަދަ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޑެންގީން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާވަރަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން އަދި ސުޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ހެނދުނާއި ހަވީރުގެ ވަގުތުގައި ގޭގެ ދޮރު ލައްޕާފައި ބެހެއްޓުމަށާއި ފެން ހަރުނުލާގޮތަށް އެއްޗެހި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

ފާއިތުވި ދުވަސްތަކުގައި ރޯގާ އިތުރުވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވެއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 މެއި 2017

ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި

21 މެއި 2017
ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި
21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް