Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަކަތަ އުފެއްދުން

ފަންޑު ލިބިފައިހުރި ސަރަހައްދުތަކުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމު ކުރުމަށް ވަރަށް އަވަހަށް އިއުލާނުކުރާނަން: މިނިސްޓަރ

ހަކަތަ އުފައްދާއިރުވެސް ވެއްޓަށް ސަމާލުކަން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2019 | އަންގާރަ 12:53
\"ރާއްޖެޓީވީ\"ގެ ފަލަސުރުހީ ޕްރޮގްރާމްގައި އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދް ހަސަން ބައިވެރިވެވަޑައިގަންނަވަނީ

\"ރާއްޖެޓީވީ\"ގެ ފަލަސުރުހީ ޕްރޮގްރާމްގައި އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދް ހަސަން ބައިވެރިވެވަޑައިގަންނަވަނީ

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ފައިސާ ލިބިފައި ހުރި ސަރަހައްދުތަކުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމު ކުރުމަށް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވިހަ ގޭހުގެ އަސަރު ކުޑަ ކުރުމުގެ އިތުރުން، އިޤްތިސާދަށްޓަކައިވެސް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށާއި، އެކަމަށްޓަކައި މިހާރު ފަންޑު ލިބިފައި ހުރި ސަރަހައްދުތަކުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމު ކުރުމަށް ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމަށެވެ.

އެގޮތުން މުޅި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 70 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވިސްނާފައިވާއިރު، އެކަމަށްޓަކައި އިތުރު އިންވެސްޓްމަންޓްތައް ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ ބަޖެޓުން ޑީސަލަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މުޅި ރާއްޖޭގައި ބޭނުންކުރާ ހަކަތައަށް ބަލާއިރު އެންމެ މައްޗަށް ބޭނުންކުރަނީ 280 މެގަވޮޓް ކަމަށާއި، އޭގެ ތެރެއިން އިއާދަކުރަނިވި ހަކަތައިން ފޯރުކޮށްދެމުން ގެންދިޔައީ އެންމެ 6 އިންސައްތަ ކަމަށެވެ. އަދި ހަކަތައިގެ ބޮޑު ބައެއް ބޭނުން ކުރަނީ ޑީސަލް އަންދައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މިނިސްޓްރީން މިހާރުވެސް ދެ މަޝްރޫއެއް ހިންގަމުންދާއިރު، މިނިސްޓަރ ވިދާޅުވީ، އަވިން ހަކަތަ އުފެއްދޭ މިންވަރު ވީހާވެސް އިތުރު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ތިމާވެށީގެ ދިރުންތައް ހިމާޔަތްކޮށް، ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށާއި، އެކަން ކަށަވަރު ކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އެގޮތުން ހަކަތަ އުފެއްދުމާއި، ޤުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުގައިވެސް ވެއްޓަށް ވީހާވެސް ގެއްލުން ނުވާގޮތް ހެދުމަށް އިސްކަންދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

29 މާރިޗު 2017
ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު