Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

ފަނޑިޔާރުން ވަކިކުރުން: ސަރުކާރުގެ މެމްބަރުން ތާއިދު، އިދިކޮޅު މެމްބަރުންގެ ނުރުހުން ޖޭއެސްސީ އަށް!

18 ނޮވެމްބަރު 2019 | ހޯމަ 14:26

ދީދީ އަކީ ގާނޫނު އަސާސީ އެއްވެސް ވަރަކަށް ފަހުމްވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ސިރާޖު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 18 ނޮވެމްބަރު 2019 | ހޯމަ 14:26
19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ފަނޑިޔާރުން ވަކިކުރުމާއި ގުޅޭ ގޮތުން ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

Advertisement - newsAdvertisement

އެ ދެބޭފުޅުން މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު މަގާމުން ވަކިކޮށްދެެއްވުމަށް އެެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމާއި ގުޅިގެންނެވެ. ފަނޑިޔާރުން ވަކިކުރާ މައްސަލައިގެ ބަހުސް ގައި ބައިވެރިވެ ވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، އިޖުރަޢާތްތައް ފުރިހަމަނުކޮށް އެއްވެސް ފަނޑިޔާރަކު މަޤާމުން ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމާފައިނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސިރާޖު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމުން ދުރުކޮށްފައިވާ ޑރ. އަހްމަދު އަބްދުﷲ ދީދީ އަކީ ޤާނޫނު އަސާސީ އެއްވެސް ވަރަކަށް ފަހުމްވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، ޤާނޫނު އަސާސީގައި ސާފު އިބާރާތުން ބަޔާން ކޮށްފައި ހުރި ކަންތައްތަކަށް އެމަނިކުފާނު ގޮންޖައްސަވަމުން ގެންދެވި ކަމަށެވެ.

ހައިކޯޓުގައިވެސް އެފަދަ ފަނޑިޔާރުން ތިއްބެވި ކަމަށާއި، ޤާނޫނީ އިޖުރަޢާތްތަކުގެ ދަށުން އެ ފަނޑިޔާރުންވެސް މަޤާމުން ވަކިކުރައްވަން ދެކިވަޑައިގަންނަވާ ކަމަށް ޤާނޫނީ ވަކީލު ސިރާޖު ވިދާޅުވިއެވެ.

އެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމުގެ ފާޑުކިޔުންތައް އަމާާޒު ކުރެއްވީ ޖޭއެސްސީ އަށެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީން ކުރަމުންދަނީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހު ނިންމުންކަމަށްވާއިރު، ޖޭއެސްސީން ސުޕްރީމް ކޯޓަށް ''ވެރިިވެގެން'' އުޅޭ ސަބަބު ހޯދަން ރައްޔިތުން ބޭނުންވާ ކަމަށެެވެ.

ޤާނޫނު އަސާސީގެ 268 މާއްދާ އާއި 299 މާއްދަ އަށް ރިޢާޔަތް ކުރައްވާ ޝިޔާމު ވިދާޅުވީ، އެ ޤާނޫނު ތަކުގެ ބާރު ޖޭއެސްސީން ކަނޑުވާލާފައިވާ ކަމަށާއި، މިހާރު ފެންނަމުން ދަނީ ޤާނޫނު އަސާސީ އަށް ވުރެ ޖޭއެސްސީގެ ޤާނޫނު ބާރުގަދަވެގެން އުޅޭތަން ކަމަށެވެ.

ބަހުސްގައި ވާހަކަދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމު ވިދާޅުވި، މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވުނު ނާތަހުޒީބީ އުޞޫލާއި ޚިލާފަށް، އިޖުރަޢާތްތަކަށް ބަލައިގެން ކުރިޔަށް ގެންދިޔުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

އެއްވެސް ފަނޑިޔާރަކަށް ޤާނޫނު އަސާސީ އަށް ވުރެ މަތީގައި ނުހުންނެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހަށާއި، ޖޭއެސްސީ އަށް ގޮންޖައްސަވަމުން ގެންދަވާއިރު އެ ގޮންޖައްސަވަނީ ވަކިވަކި ބަޔަކަށް ނޫން ކަމަށާއި، އެ ގޮންޖައްސެވެނީ މުޅި މުއައްސަސާ އަށް ކަމަށް މެންބަރުން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމަށް ފާޑު ކިޔަމުން މީކައިލް ވަނީ، ރާއްޖޭގެ ޝަރުއީ ދާއިރާ އަކީ ޕީޕީއެމާއި، މަހުޖަނުންގެ ''އިންވެސްޓްމެންޓެއް''ގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ބަހުސް ގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކަންބޮޑުވުންތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެންނަމުން އޭނާ ވިދާޅުވީ، ޖޭއެސްސީ އަކީ މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި އޮންނަން ޖެހޭއިރު ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންނަކީ ރައީސް ނަޝީދުގެ ވަކީލުންގެ އިތުރުން އެމަނިކުފާނުގެ ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީ މިނިވަންވެގެން ނޫނީ ފަނޑިޔާރު ގެތައް މިނިވަންނުވާނެ ކަމަށެވެ.

ރައީސް ޔާމީނުގެ މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހްމަދު ހައިލަމް ސުލޫކީ މައްސަލައެއް ބަލައި އޭނާ ސަސްޕެންޑް ކޮށްފައިވާތީ ސައީދު ވަނީ އެއަކީ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް