Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

އިންތިހާބުގެ ނާކާމިޔާބީއާއެކު ޕްރެމަދާސާ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވައިފި

18 ނޮވެމްބަރު 2019 | ހޯމަ 03:40

އިސްތިއުފާ ދެއްވީ ނާކާމިޔާބީއަށްފަހު، ސަބަބެއް ހާމައެއް ނުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ނޮވެމްބަރު 2019 | ހޯމަ 03:40
ލަންކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޕްރަމަދަސާ

ލަންކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޕްރަމަދަސާ

ހޮނިހިރު ދުވަހު ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ވެރިކަންކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް ސަޖިތް ޕްރެމަދާސާ ޕާޓީގެ ނައިބުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ ވަނީ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީ ޤަބޫލުކުރައްވާ އިންތިހާބު ކާމިޔާބުކުރެއްވި ގޮތަބަޔާ ރާޖަޕަކްސައަށް މަރްޙަބާ ވެސް ވިދާޅުވެފައެވެ. ސްރީލަންކާގެ ނެޝަނަލް އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރި ވަގުތީ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ޢަދަދަށް ވޯޓި ލިބިފައިވަނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސެއަށެވެ. އޭނާއަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓެވެ. ނަތީޖާ ދައްކާ ގޮތުން އޭނާއަށް 48.2 ޕަސެންޓް ވޯޓެވެ. އަދި ސަޖިތް ޕްރެމަދާސައަށް ލިބިވަޑައިގެންނެވީ 45.3 ޕަސެންޓެވެ.

Advertisement - worldAdvertisement

އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕްރަމަދޭސާވަނީ ވެރިކަންކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން އަމިއްލައަށް ވަކިވެވަޑައިގެންފައެވެ. ނަމަވެސް އެކަން ކުރެއްވި ސަބަބެއް މިހާތަނަށް ވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ސްރީ ލަންކާގެ އިންތިޚާބާބެހޭ މަރުކަޒުން ބުނެފައިވަނީ އިއްޔެގެ ނިޔަލަށް ވޯޓުގުނުމުގެ ކަންކަން ނިމޭނެކަމަށެވެ. އަދި 24 ގަޑިއިރުގެތެރޭ އެ ޤައުމުގައި އައު ރައީސެއް ހުވާކުރައްވާނެކަމަށެވެ. އެހެންކަމުން ސްރީ ލަންކާގެ އާ ރައީސް ހޯމަ ދުވަހުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރައްވާނެއެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރެއްވިއެވެ. މިއީ އެ ޤައުމުގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ގޯޓާބަޔަ ރާޖަޕަކްސެ އާންމުންގެ މެދުގައި މަޤްބޫލުވެފައިވަނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި 26 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެމަނިކުފާނު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުންނެވެ. ދާޚިލީ ހަނގުރާމަ ނިންމުމަށް އެމަނިކުފާނު ގެންގުޅުވު ސިޔާސަތުގެ ސަބަބުން ޢާންމުންގެ ރުހުން ވަރަށް ބޮޑަށް ލިބުނެވެ.

އިންތިޚާބަށް ކެމްޕޭން ކުރެއްވިއެރު ގޯޓާބަޔަ ރާޖަޕަކްސެ ވަނީ ސަލާމަތީ އަދި އިޤްތިޞާދީ ދާއިރާ އިޞްލާހު ކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އެއީ މިވަގުތު އެޤައުމަށް އެންމެ ބޭނުންވާ އިޞްލާޙުގެ ގޮތުގައި ގިނަ ބަޔަކު ބުނެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

22 ޖޫން 2018

ނޮވެމްބަަރު މަހުގެ މިޑް ޓާމް އިންތިޚާބު ނިމެންދެން ހިޖުރަވެރިންނާ ބެހޭ ބިލު ފާސްކުރުން މަޑު ކުރުމަށް ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންފި

05 އެޕްރީލު 2018

މުސްލިމް ބްރަދަހުޑް ޕާޓީގެ އިތުރު 35 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

05 އެޕްރީލު 2018
މުސްލިމް ބްރަދަހުޑް ޕާޓީގެ އިތުރު 35 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
25 ޖެނުއަރީ 2018

ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

25 ޖެނުއަރީ 2018
ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި
23 ޑިސެމްބަރު 2017

ޒިމްބާބްވޭގެ ވެރިކަން ކުރާ ޕާޓީގެ ނާއިބު ރައީސަކަށް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ހަމަޖައްސައިފި

23 ޑިސެމްބަރު 2017
ޒިމްބާބްވޭގެ ވެރިކަން ކުރާ ޕާޓީގެ ނާއިބު ރައީސަކަށް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ހަމަޖައްސައިފި
17 ޑިސެމްބަރު 2017

ޕާޓީގެ އެތެރޭގެ ތަޅާފޮޅުން ހުއްޓާލުމަށް ޒޫމާ ގޮވާލައްވައިފި

17 ޑިސެމްބަރު 2017
ޕާޓީގެ އެތެރޭގެ ތަޅާފޮޅުން ހުއްޓާލުމަށް ޒޫމާ ގޮވާލައްވައިފި
19 ނޮވެމްބަރު 2017

ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފި

19 ނޮވެމްބަރު 2017
ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފި
18 އޮކްޓޯބަރު 2017

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބިޔަ ބައްދަލުވުން ފެށިއްޖެ

18 އޮކްޓޯބަރު 2017
 ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބިޔަ ބައްދަލުވުން ފެށިއްޖެ
04 އޮކްޓޯބަރު 2017

ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި

04 އޮކްޓޯބަރު 2017
ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް