Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީނަށް ހުކުމްކުރުން މިމަހު 28 ގައި

17 ނޮވެމްބަރު 2019 | އާދީއްތަ 10:45

ޝަރީއަތުން ނިންމީ، މައްސަލަ ނިންމާލި ހިސާބުން ކުރިއަށްގެންދިއުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ނޮވެމްބަރު 2019 | އާދީއްތަ 10:45
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް މިމަހުގެ 28 ވަނަ ބޭއްވުމަށް ނިންމައިފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ފަސް ގާޒީންގެ މައްޗަށް ހިމެނޭ ބެންޗަކުން ނެވެ.

Advertisement - newsAdvertisement

ޝަރީއަތް ފެށުމަށްފަހު، ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނާ އިސްގާޒީ އަދި މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހިންގޭ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ބައްލަވަމުން ގެންދެވި މައްސަލައެއް ކަމަށާއި އަދި މިވަގުތު ގާޒީ ހައިލަމް ސަސްޕެންޑްކޮށްފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން މިމައްސަލަ ބެއްލެވުމަށް މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ބެއްލުވުމަށް ނިންމެވި ކަމަށެވެ.

ގާޒީން އަލީ ރަޝީދު ވިދާޅުވީ، މިއަަޑުއެހުމަކީ، ރައީސް ޔާމީންގެ މައްޗަށް ހިންގޭ މަނީ ލޯންޑަރ ކުރުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ވެސް މިމައްސަލަ ގާޒީންގެ ބެންޗަކުން ބައްލަވާ ދެއްވުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެ، އަލުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ، ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން އެކަން ބެލުމަށްފަހު، ގާޒީންގެ ބެންޗެއް އުކުލަވާލުމަށްފަހު، ބޭއްވޭ އަޑުއެހުމެއް ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދެން ޝަރީއަތް ކުރިއަށް ގެންދެވޭނެ ދެ ގޮތެއް ބަޔާން ކުރާ ކަމަށެވެ. އެގޮތުން، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުން ފެށުން ނުވަތަ މައްސަލަ އަލުން ފެށިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ، ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތުން މިކަމުގައި ދެކޭ ގޮތެއް ވިދާޅުވެ ދެއްވުން އެދޭ ކަމަށެވެ.

އެގޮތުން ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ގޮތަށް، ގާޒީންގެ ބެންޗުން ނިންމާގޮތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ބޭނުންވަނީ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށެވެ.

މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު ގާޒީންގެ ބެންޗުގެ ނިންމުން:

ގާޒީންގެ ބެންޗުގެ އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ، މިމައްސަލައަކީ އަޑުއެހުންތަކެއް ބޭއްވި، ހެކީންގެ ހެކިބަސް ނެގި، އަދި ހުލާސާ ބަޔާން އިއްވައި، ހުކުމް ކުރުމާ ހަމާގައި އޮތް މައްސަލައެއް ކަމަށެވެ. އަދި މިމައްސަލާގައި އަލުން ޝަރީއަތުގެ އަޑުއެހުންތައް ބާއްވައި ހެކީންގެ ހެކިބަސް ނެގުމަކީ ހަމަޖެހޭ ކަމަކަށް ގާޒީންގެ ބެންޗަށް ނުފެންނަ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ކުރިއަށްދާނީ މިމައްސަލަ ގޮސްފައިވާ ހިސާބުން ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ، މިމައްސަލާގައި ގާޒީންގެ ބެންޗެއް އުކުލަވާލުމަށްފަހު، މިމައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ގާޒީންނަށް އަރުވާފައިވާ ކަމަށާއި، އެހެންކަމުން ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށެވެ.

އެހެންނަމަވެސް ދެފަރާތުންގެ ވެސް ފާހަގަކުރަން ބޭނުންވާ އިތުރުކަމެއް އޮތްނަމަ އެކަމަކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ގާޒީ އަލީ ރަޝީދު ދެއްވާފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުގެ މިމައްސަލާގައި ހުލާސާ ބަޔާން އިއްވާފައިވާނެ ކަމަށާއި ދެން މިމައްސަލާގައި ދައުލަތުން އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، މިމައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސްގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައާ ގުޅޭގޮތުން، މީޑިއާގައި ވާހަކަ ދައްކަވާފައި ކަމަށާއި އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ގާޒީ އަލީ ރަޝީދުއާމެދު އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ގާޒީންގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީންއަށް ލިބުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާޒީ އަލީ ރަޝީދު މިމައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިލައްވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލުގެ ވާހަކަތަކަށްފަހު، އެ އަޑުއެހުމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، މިޝަރީއަތަކީ ފެށުމުގައި އިންސާފުން ބޭރުން ހިންގަވާ ޝަރީއަތެއް ކަމަށާއި، އެމަނިކުފާނުގެ އެއްވެސް ކުށެއްނެތި، ޖަލަށް ވެސް ލާފައިވާކަމަށެވެ. އަދި މިއަދާ ހަމައަށް އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ހުރީ ފްރީޒް ކޮށްފައި ކަމަށާއި އެހެންކަމުން މާލީގޮތުން ވެސް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލުގެ އެވާހަކަތަކާއި ގުޅިގެން ގާޒީންގެ ބެންޗު މަޝްވަރާ ކޮށްލެއްވުމަށް 15 މެނެޓްގެ ހުސްވަގުތު ކޮޅެއް ވަނީ ނަންގަވާފަ އެވެ. ގާޒީންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ، ގާޒީ އަލީ ރަޝީދު މިމައްސަލައާމެދު މީޑީއާއަށް މައުލޫމާތު ހިއްސާކުރައްވާފައި ނުވާކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނާ ވެސް ހިލާފުކަމެއް ކުރައްވާފައިނުވާކަން ގާޒީންގެ ބެންޗުން ނިންމާފައިވާތީ، މިމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ގާޒީ އަލީ ރަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހަމަ މި ގާޒީންގެ ބެންޗުން ކަމަށެވެ.

އެހެންކަމުން ދެން މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވޭނެކަން އިއުލާން ކުރެއްވުމަށްފަހު، ވަނީ އެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދާއި ގާޒީ އަޙްމަދު ޝަކީލާއި ގާޒީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް