Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. އަފްރާޝީމްގެ ގަތުލު

ޑރ ޝަހީމާއި ޑރ އަފްރާޝީމްއާއި ދެމެދު ދެކެވުނު ވާހަކަތައް: ހަގީގަތުގައިވެސް ޝަހީމް ހެއްދެވީ ދޮގު!

ޑރ ޝަހީމް ކޮމިޝަނަށް ދެއްވީ ހުސް ދޮގު މައުލޫމާތުތަކެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2019 | އާދީއްތަ 12:21
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު

ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެރޭ ލައިވް ޕްރޮގުރާމަކަށް އަރަން އެތަށް ފަހަރެއްގެ މަތިން އެއިރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަރިހުގައި އެދިލެއްވިކަމަށް ހަދައި އެއިރުގެ އިސްލާމިކް މިނިސްޓަރ ހެއްދެވީ އިތުރުފުޅުކަން ހާމަވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މަރު ކޮމިޝަނަށް ފޮނުއްވެވި ސިޓީގައި ޑރ. އަފްރާޝީމް އެ ދުވަހު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫންކަމަށް ވިދާޅުވިޔަސް، އެ ދެ ބޭފުޅުންގެ ތެރޭގައި ބަދަލުކުރެވުނު އެސްއެމްއެސްތަކުން އެއް ދޮގެއްކަން ހާމަވެގެންދާ ކަމަށެވެ. ޑރ. ޝަހީމަކީ އަފްރާޝީމް މަރާލި ދުވަސްވަރު، އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ތިރީގައި މިވާ އެސްއެމްއެސްތަކުންވެސް ޑރ ޝަހީމް ހެއްދެވީ އިތުރުފުޅުކަން ހާމަވެއެވެ.

ޑރ ޝަހީމް:(މިއީ ބަޔަކު ޑރ ޝަހީމަށް ފޮނުވި އެސްއެމްއެސްއެއް ޑރ ޝަހީމް ޑރ އަފްރާޝީމަށް ފޯވާޑުކޮށްފައި) "އޭނާ ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިއްޔާމުން ކިތަންމެހާވެސް ރަނގަޅު. އަދި އެހެން ވެއްޖެއާމު، އިންޝާﷲ އަހަރަމެން ﷲ އަށް ޓަކައި އޭނާ ދެކެ ލޯބިވާނަން. (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 12.09.2012، 10:26:46)

ޑރ އަފްރާޝީމް:ސަލާމް އުސްތާޒު ޝަހީމް، ހާލުކޮޅު ރަނގަޅުވާނެކަމަށް އުންމީދުކުރަން. ޑރ ހޯމަ ދުވަހުގެ ރޭގެ ޓީވީ ޕްރޮގުރާމްގެ ވާހަކަ ވިދާޅުވެފައި ހަބަރެއް ނުވީމައި ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުންނާއި ކިހިނެއްވީތޯ އާ ސާފުކޮށްލުމުގެ ގޮތުން ދަންނަވާލީ. ޝުކުރިއްޔާ. އަފްރާޝީމް. (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 25.09.2012، 08:31:53)

ޑރ އަފްރާޝީމް:ސަލާމް، އުސްތާޒު ޝަހީމް، މި ގަޑި ރަނގަޅުތޯ؟ (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 27.09.2012، 08:32:41)

ޑރ ޝަހީމް:10:15 ޕްލީސް. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 27.09.2012، 08:33:44)

ޑރ އަފްރާޝީމް:އޯކޭ، އެހާއިރު ދާނަން އިނގޭތޯ. ވެދުން. (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 27.09.2012 08:24:07)

ޑރ އަފްރާޝީމް:އަޅުގަނޑު މިއޮތީ އިސްލާމީ މަރުކަޒުގެ ކައިރީގައި، ނިމިވަޑައިގެންނެވީމައި އަންގާލަދެއްވާ އިނގޭތޯ. ވެދުން. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 27.09.2012 08:41:07)

ޑރ ޝަހީމް:ދުރުވޭ. (މެސެޖު ފޮނުވި ތާރީހާއި، ގަޑި:27.09.2012 08:42:21)

ޑރ އަފްރާޝީމް:ސަލާމް، ޑރ މާދަމާ ރޭގެ ޓީވީ ޕްރޮގުރާމްގެ ހަބަރު އޮތް ގޮތެއް ސާފުކޮށްލަން ވެގެން އިނގޭތޯ. ވެދުން. އަފްރާޝީމް. (މެސެޖު ފޮނުވި ތާރީހާއި، ގަޑި:30.09.2012 14:53:30)

ޑރ ޝަހީމް: އަޅުގަނޑު ޝެއިހް އިއްޒުއްދީން އާއި ވަހަކަ ދައްކައިފިން. ވިދާޅުވީ މާދަން ރެޔަށް ވޭތޯ ބަލާނަމޯ. އެހެންވީމާ ޑރ ތައްޔާރަށް ހުންނަވަން ފެންނަނީ. މާދަން ރެޔަށް ހަމަޖެހިއްޖެނަމަ އަޅުގަނޑު އިސްލާމިކް މިނިސްޓްރީގައި ރާވާނަން ހާއްސަ މީޓިންގް އެއް މީޑިއާއެކީ. (މެސެޖު ފޮނުވި ތާރީހާއި، ގަޑި:30.09.2012 15:01:04)

ޑރ އަފްރާޝީމް: އާދެ، މައްސަލައެއް ނެތް. ރަނގަޅުވާނެ، ވ ވެދުން އިނގޭތޯ. (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 30.09.2012، 15:03:11)

ޑރ ޝަހީމް: އައިވިލް ޑޫ މައި ބެސްޓް އިންޝާﷲ. (މެސެޖު ފޮނުވި ތާރީހާއި، ގަޑި:30.09.2012، 15:03:47)

ޑރ އަފްރާޝީމް:މަނިކުފާނު ދެއްވާ ހުރިހާ އެހީފުޅޭއްގެ އަގު އަޅުގަނޑު ވަޒަންކުރާނަން، ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. (މެސެޖު ފޮނުވި ތާރީހާއި، ގަޑި: 30.09.2012، 15:05:22)

ޑރ އަފްރާޝީމް:ސަލާމް، ޑެ މިރޭގެ އިސްލާމީ ދިރިއުޅުމުގެ ޕްރޮގުރާމް މިރެއަށް ހަމަޖެހޭތޯޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްލަދެއްވުން އެދެން، އެއީ ޕްރޮގުރާމްގެ މައުޝޫއުގެ ބާވަތުންނާވެސް އެކު ކޮންމެވެސް ވަރަކަށް ތައްޔާރު ވެލަންޖެހޭނެތީ އެހެން ނޫންތޯ. ވެދުން. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 09:15:07)

ޑރ އަފްރާޝީމް: ސަލާމް، ޑރ ޝަހީމް މިރެއަށް ހަމަނުޖެހުނަސް ޑރ ވިދާޅުވެދެއްވި ފަހުން ކުރިޔަށް ގެންދެވުމަކީ އަޅުގަނޑު ވ ހިތްހަމަޖެހޭ ގޮތެއް އިނގޭތޯ. އެކަމަށްޓަކައި ވ ބ ޝުކުރު ދަންނަވަން. އެހެން ނަމަވެސް މިރޭގެ ޕްރޮގުރާމަށް ވާނުވާ ވ އަވަހަށް އެނގިލަން ބޭނުންވާތީ ދަންނަވާލީ. ޝުކުރިއްޔާ. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 09:33:25)

ޑރ ޝަހީމް:މިރޭ އަރުވާ ގޮތަށް އިނގޭތޯ. (މެސެޖު ފޮނުވި ތާރީހާއި ގަޑި :01.10.2012 10:23:38)

ޑރ އަފްރާޝީމް:އާދެ، ވ ބ ޝުކުރިއްޔާ އިނގޭތޯ. ޕްރޮގުރާމް ހުށަހަޅުއްވާނީ ކޮންބޭފުޅެއްތޯ؟ (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 10:25:18)

ޑރ އަފްރާޝީމް:ޑރ އެސްއެމްއެސް ކޮށްލަދެއްވައި. މަޖިލީހުގައި. ނިކުމެވޭކަށް ނެތް. ވެދުން. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 10:45:40)

ޑރ ޝަހީމް: 1:00 ކޭން ޔު ކަމް ޓު މިނިސްޓްރީ ؟؟ (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 10:46:30)

ޑރ އަފްރާޝީމް: އާދެ 12:30 ކަށް ނުވާނެތޯ. 1 ގައި މަޖިލިސް ފެށޭނެ. 1:30 ގައި ވޯޓު. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 10:48:31)

ޑރ ޝަހީމް:އޯކޭ. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 10:50:51)

ޑރ ޝަހީމް: އަދާލަތު ޕާޓީގެ ޒުވާނުން މަނިކުފާނާއި މީޓްކޮށްލަންވެސް އެދޭ.. (މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 11:47:45)

ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވާގޮތުން، އެ ދުވަހު ލައިވް ޕްރޮގުރާމަކަށް އެރުމަށް ޑރ. އަފްރާޝީމް މާގިނައިން ގުޅުއްވާތީ އެވަގުތު ބިޒީކޮށް އުޅުއްވުމުން މެސެޖެއް ކުރިކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި ފަހުން ގުޅުއްވާނެކަމަށް ޑރ އަފްރާޝީމް އަރިހުގައި ދަންނަވާފައިވާކަމަށް އެ ބަޔާނުގައިވެއެވެ. ޝަހީމް ދެއްވި ބަޔާނުގައިވާގޮތުން އެއްވެސް އެންގުމަކާއި ނުލައި އަމިއްލަފުޅަށް މިނިސްޓްރީ ދޮށަށް ވަޑައިގެން ބައްދަލުކުރުމަށް އެދިލެއްވިކަމަށްވެސް ވެއެވެ.

އިދާރީ ބައްދަލުވުން ނިންމަވައި ޑރ. އަފްރާޝީމާއި ބައްދަލުކުރުމަށް ވިދާޅުވެފައިވާނެކަމަށާއި "ބައްދަލުވުމެއްގައޭ ދެންނެވީމަވެސް ބައްދަލުވުން ނިމެންދެން ބޭރުގައި މަޑުކޮށްލާނަމޭ ބުނެ، ޝަހީމްއާއި ބައްދަލުކޮށްފައި ނޫނީ ނުދާނަމޭ ވިދާޅުވެ އެތައް އިރެއް ވަންދެން އިސްލާމީ މަރުކަޒު ބޭރުގައި" ޑރ އަފްރާޝީމް އިންނެވި ކަމަށް ޑރ. ޝަހީމާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނި ޑރ އަފްރާޝީމް އެ ދުވަހުގެ މެންދުރު ނަމާދު ފަހުން ބައްދަލުކޮށް އެރޭގެ ޓީވީ ޕްރޮގުރާމަކަށް އެރޭގޮތް ހަދައިދިނުމަށް އެދިލެއްވިކަމަށެެވެ. "އެރޭ އިންނަ ޕްރޮގުރާމަށް އެރުމަށް އެދިލެއްވީ ސީދާ އެބޭފުޅާ" ޑރ ޝަހީމް ދީފައިވާ ބަޔާނުގައިވެއެވެ.

ޑރ އަފްރާޝީމް އެ ރޭ ޕްރޮގުރާމަށް އަރާ ވަޑައިގެންފައިވަނީ މިނިސްޓްރީން ނުވަތަ މިނިސްޓަރ އެދިގެން ނޫންކަމަށް ބަޔާނުގައިވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޑރ އަފްރާޝީމް "ބައްދަލުކުރެއްވަން ވަޑައިގެންނެވީ އެއްވެސް ވަރަަކަށް އަޅުގަނޑު (ޑރ. ޝަހީމް) އެދިގެން ނޫން" ކަމަށެވެ.

އެއީ ތެދުނޫން މައުލޫމާތުކަން ރައްޔިތުންގެ މަޖިލީހުގެ ރައިސްވެސް އާދީއްތަ ދުވަހުގެ ޖަލްސާގައި ކަށަވަރުކޮށްދެއްވާފައިވާއިރު އެސްއެމްއެސްތަކުން ޑރ ޝަހީމް އަމިއްލފުޅަށް މީޓީންގް އެރޭންޖްކުރުމާއި ބައްދަލުކުރުމަށް އެދިލެއްވިކަންވެސް އެނގެއެވެ. ޑރ. އަފްރާޝީމް އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމްގައި ބައިވެރުވުމަށް ހުށައެޅުއްވީ ޑރ. ޝަހީމް ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑރ. އަފްރާޝީމަށް އެ ޕްރޮގްރާމްގައި ބައިވެރިނުވެވިއްޖެ ހާލަތެއްގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުބާވެވަޑައިގަތުމުގެ ފުރުސަތު މަގުފަހި ކޮށްދެއްވުމަށްވެސް ޑރ. ޝަހީމު ހުށައެޅުއްވިއެވެ.

ޑރ އަފްރާޝީމް ޕަބްލިކުގައި ތައުބާވެ ރުޖޫއަވާން އިއުލާންކުރަން އެރޭ (01.10.2012) ޕްރޮގުރާމަށް އަރާކަމުގެ މައުލޫމާތު ލިބިގެން އެ ޕްރޮގުރާމް ބެލުމަށް އަދާލަތު ޕާޓީގެ އޮފީހަށް ޖަމާވި މީހުންގެ ތެރެއިން 4 ބޭފުޅަކު ވަނީ ޕްރޮގުރާމް ބެލުމަށް ފަހު މެސެޖު ފޮނުވާފައެވެ. ކޮމިޝަނުން ތަހުގީގުވާގޮތުން އެ ލައިވް ޕްރޮގުރާމަށް ފަހު ބައެއް ފަރާތްތަކުން ޑރ އަފްރާޝީމަށް ކޮށްފައިވާ މެސެޖުތަކުގައި ކަށު ނަމާދާއި ބެހޭގޮތުން ސީދާ ވާހަކަ ދެއްކިނަމަ މާރަނގަޅުވީސް ކަމަށް ވެއެވެ. އިތުރު މެސެޖުތަށްވެސް ހުރިއިރު ގިނައިން ހުރި މެސެޖުތަކުގައި ހުރީ އެ މޭރުމަކުން ވާހަކަދައްކާފައިކަން ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ މީހާ: އަލްހަމްދުލިﷲ، އައިހޭވް ފޮގިވެން، އެޑްވައިސް ޓު ސްޓޭންޑް ބައި "އަހްލު ސުންނަތް" ތޭންކް ގޮޑް ފޯރ ޝޯއިންގް ދި ރައިޓް ޕާތް، ރިމައިންޑް ޔޫ ޓު ސޭ "Rasoolullah sallallah"

(މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 23:18:16)

ދެވަނަ މީހާ:ޑރ އައިއެމް ވެރީ ހެޕީއެންޑް ބްލެސް ޔޫ. އިފް ޔޫ ހޭޑް މެންޝަންޑް އެގްޒޭކްޓްލީ އެބައުޓް "ޕްރޭއިން އޮން ޑެޑް ބޮޑީސް" ވުޑް ބި މަޗް ބެޓަރ.

(މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 23:19:14)

ތިން ވަނަ މީހާ:މެނީ ބްރަދާސް ހެވް އެޕްރިސިއޭޓެޑް ޔުރ ޑައިލޮގް އޮން ޓުނައިޓްސް ޕްރޮގުރާމް.

(މެސެޖު ފޮނުވި ތާރީހާއި ގަޑި: 01.10.2012 23:20:06)

ހަތަރު ވަނަ މީހާ:އިޓްސް އިމްޕޯޓެންޓް ޓު ރިޕެންޓް ޕަބްލިކްލީ އޮން ޔުއަރ ޕްރީވިއަސް ސްޓޭޓްމަންޓް ރިގާރޑިންގް "ޕްރޭއިން އޮން ޑރ މަޖީދްސް ޑެޑް ކޯރޕްސް"

ނޯޓް:އިނގިރޭސި ބަހުން މެސެޖުތައް ލިޔުނީ މާނަ އޮޅިދާނެތީއެވެ. އެއީ ސީދާ އެ މެސެޖުތައް ލިޔެފަ ހުރި ގޮތެވެ.

ޑރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު