Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު

ސަރުކާރަށް އެއް އަހަރު: ޑިފެންސުން ރައްޔިތުންގެ ލޯތްބާއި، އިތުބާރު ހޯދި!

ރައްޔިތުންގެ އިތުބާރު ހޯދަން ސިފައިން ކުރަން ޖެހުނު މަސައްކަތްތައް ގިނަ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2019 | އާދީއްތަ 03:43
ޑިފެންސް މިނިސްޓަރު މާރިޔާ، އަރިހުގައި ރައީސް ސޯލިހު

ޑިފެންސް މިނިސްޓަރު މާރިޔާ، އަރިހުގައި ރައީސް ސޯލިހު

ދާދި ފަހަކާއި ޖެހެންދެން ރާއްޖޭގެ އަސްކަރިއްޔާއަކީ ރައްޔިތުންނަށް މާ އިތުބާރު ކުރާ ބައެއް ނޫނެވެ. އެހެން ވެގެން ދިޔަ އެއް ސަބަބަކީ މަދު ސިފައިންގެ ފަރާތުން ފެނިފައިވާ އަމަލުތަކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އެހެން ނަމަވެސް މިއަދު އެދުވަސް ފާއިތުވެގެން ގޮސް ސިފައިންވެފައިވަނީ ރައްޔިތުންނާއި ގާތުން ހިދުމަށްދޭ ބަޔަކަށްވެފަ އެވެ. މުޖުތަމައުގެ ތެރޭގައި އެމީހުންނާއި މެދު އޮންނަ ގުޅުން ބަދަހިވަމުންދާކަން ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވެން ފަށާފައެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުކަމަށް މާރިޔާ އަހުމަދު ދީދީ އައްޔަންކުރެވުމާއި އެކު ސިފައިންގެ ތެރެއިން އެ ބަދަލުތައް ފެންނަން ވަނީ ފަށާފައެވެ. އިންޑިޔާގެ ނޫހަކަށް މިނިސްޓަރު މާރިޔާ ދެއްވި އިންޓަވިއުއަކާއި ގުޅިގެން އެކަމަނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅުނެވެ. އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެވެވަޑައިގެން މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވީ ކެރިގެންނެވެ. އަންހެން ބޭފުޅަކަށްވީތީވެ ޒާތީވެގެން ފެންމަތި ކުރުވި އެ މައްސަލަ އަށް މިނިސްޓަރު ޖަވާބުދާރި ވެވަޑައިގެންނެވީ ޖެހިލުމެއް ނެތިއެވެ.

މި ސަރުކާރަށް އަހަރަށް ފުރިފައިވާއިރު ޑިފެންސް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް މަދެއް ނޫނެވެ. ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު މާރިޔާ އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ މުއައްސަސާ ތެރޭގައި އޮތް ތަފާތު ކުރުމުގެ ރޫހު ނައްތާލައި ރައްޔިތުންގެ އިތުބާރު އިޔާދާ ކުރުމެވެ.

ސިފައިންގެ ތެރޭގައި ކުރިން އަށަގަނެފައި އޮތް ހުރިހާ ނުރަނގަޅު ކަންތައްތަކެއް ނައްތާލައި މަގާމުގެ ކުރިއެރުން ދިނުމަށް ބަދަލުތަކެއް ގެނެވުނެވެ. ވަކި ކުލައަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި މަގާމުން ކުރިއެރުން ދިނުމުގައި އިސްކަން މިހާރު ދެމުން އަންނަނީ އެމީހެއްގެ ގާބިލުކަމަށް ބެލުމަށް ފަހުއެވެ. ވަކިން ހާއްސަކޮށް މިނިސްޓަރު މާރިޔާއަކީ މީހުންގެ ތެރޭގައި މަގްބޫލް އަދި އާއްމުންގެ ގިނަ ބަޔަކު ބަލައިގަނެފައިވާތީ ސިފައިންނާއި މެދު އާއްމުން ދެކޭގޮތް ބަދަލުވިއެވެ. ދާދި ފަހުން މާލޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގައިއާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ސިފައިން ވެެދީފައިވާ އެހީތެރިކަމަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެެއެވެ.

ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ސިފައިންގެ ''ކެޕްސްޓޯން ޑޮކްޓްރީން'' ވަނީ އިފްތިތާހު ކޮށްފައެވެ. މި އަހަރުގެ އޭޕްރީލް މަހު ކެޕްސްޓޯން ޑޮކްޓަރިން ކޮމާންޑް ފޮތް ނެރެދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ، އަސްކަރިއްޔާ އަކީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް ތައާރަފް ކުރެވުނު ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރީން އަކީ ލަނޑުދަނޑި ހާސިލްކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.

ދެކުނު އޭޝިޔާ އަށް ބަލަލިޔަސް މި ފަހަކަށް އައިސް ޓެރަރިޒަމްގެ ނުރައްކާ ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. ދާދި ފަހުން އަވަށްޓެރި ސްރީލަންކާ އަށް ދިން ހަމަލާއަށް ފަހު ޓެރަރިޒަމްގެ ބިރު އޮޓި ކުރިޔަށްވުރެ ބޮޑަށް އިތުރު ވެފައެވެ.

ހަރުކަށި ވިސްނުން ރާއްޖޭގައި އޮތްވަރު ކުރި ސަރުކާރުން ފޮރުވާފައެވެ. އެކަމަކު މި ސަރުކާރުން ދަނީ ''ދީނީ ހަރުކަށި'' ފިކުރުތަކާއި ހައްދު ފަހަނައަޅާފައިވާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ފެށުނެވެ.

ޑިފެންސް މިނިސްޓްރީން މި އަހަރު ހިންގި ބޮޑު އެއްކަމަށް ވާނީ މި އަހަރު ފެބްރުއަރީ މަހު ބޭއްވި ''ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ'' އެވެ. އެއީ ހަރުކަށި ފިކުރު ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ބޭއްވުނު ސެމިނަރއެކެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ގައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށެވެ. ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެންދަނީ ގައުމީ ފެންވަރުގައި ޓެރަރިޒަމާއި ދެކޮޅަށް ގިނަ ސެމިނަރ ތަކާއި އިތުރު ވޯކްޝޮޕްތަކެއް ހިންގަމުންނެވެ. މި މަހުގެ ނުވަ ވަނަ ދުވަހު "ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި މިނިސްޓަރު މާރިޔާ ވަނީ ބައިވެރިވެ ވަޑައިގެން ތަގްރީރު ކުރައްވާފައެވެ.

މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އަކީ ހާދިސާ އަށް ފަހު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ރައްކާކުރާ މައްސަލައެެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބަކީވެސް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުންނެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ގޮތުން، މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަނާއި، މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން އެބަ ހުއްޓެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުމުން ތަކަށް ހައްލު ގެނައުމަށް ކެމިކަލް ގެންގުޅުމާއި ބެހޭ ގާނޫނެއް އެކުލަވައިލެވި ގެޒެޓް ކުރެވުނެވެ. ސަރުކާރުގެ އަމާޒަކީ މާލޭގައި ހުރި ކެމިކަލްތަށް ރައްކާކުރުމަށް ހގްރޭޓާ މާލެއިން ބިން ދޫކުރުމެވެ. އެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

ޑިފެންސް މިނިސްޓްރީގެ އަހަރު ދުވަހުގެ މަސައްކަތަށް ބަލާއިރު އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންގެ އިތުބާރު ހޯދަމުގެ މަސައްކަތެވެ. އެކަމުގެ މަލަމަތި ފެންނަމުން އެބަދޭއެވެ. ރައްޔިތުންނާއި ގާތުން މަސައްކަތްކުރެވި ސިފައިންނާ މެދު ރައްޔިތުން ދެކޭގޮތް ދަނީ މަޑުމަޑުން ބަދަލުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު