Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްރިސް އެވަންސް

ކެޕްޓަން އެމެރިކާގެ ރޯލުން އަލުން ނުފެންނާނެއޭ ނުބުނާނަން: ކްރިސް އެވަންސް

ކްރިސް މިހެން ބުނެފައިވަނީ ވެރައިޓީ ސްޓޫޑިއޯސްގެ "އެކްޓަރސް އޮން އެކްޓަރސް"ގެ އެޕިސޯޑެއްގައި ސްކާލެޓް ޖޮހާންސަންއާ އެކު ކުރިއަށްދިޔަ ވަން-އޮން-ވަން އިންޓަވިއުއެއްގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 13 ނޮވެމްބަރު 2019 | ބުދަ 18:39
ކްރިސް އެވަންސް ކެޕްޓަން އެމެރިކާގެ ރޯލްގައި

ކްރިސް އެވަންސް ކެޕްޓަން އެމެރިކާގެ ރޯލްގައި

މާވެލްގެ "އެވެންޖަރސް: އެންޑްގޭމް" ނިމޭއިރު ކެޕްޓަން އެމެރިކާ އޭނާގެ ޝީލްޑް ފެލްކަންއަށް ދީ، ސުޕަރހީރޯ ދުނިޔެ ދޫކޮށްފައިވީ ނަމަވެސް، އަދިވެސް އެ ރޯލުން ފެނިދާނެކަށް ކްރިސް އެވަންސް ބުނެފިއެވެ.

ކްރިސް މިހެން ބުނެފައިވަނީ ވެރައިޓީ ސްޓޫޑިއޯސްގެ "އެކްޓަރސް އޮން އެކްޓަރސް"ގެ އެޕިސޯޑެއްގައި އެވެންޖަރސްގެ ފިލްމްތަކުން ބްލެކްވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަންއާ އެކު ކުރިއަށްދިޔަ ވަން-އޮން-ވަން އިންޓަވިއުއެއްގައެވެ. ނަމަވެސް، މި ވަގުތު އެފަދަ އެއްވެސް ވިސްނުމެތް ނެތްކަމަށާއި އެއްވެސް ވަރަކަށް އެ ރޯލަށް އަލުންދާން ބޭނުން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

ކްރިސް ބުނީ، ކެޕްޓަން އެމެރިކާގެ ރޯލަށް އޭނާ އަތަކެއް ފަހަރު ނޭނެކޭ ބުނިކަމަށާއި އަދި އެންމެ ފަހުން އެއްބަސްވެ އެކަންތައް އިއުލާން ކުރުމުން އެތަކެއް ޕްރެޝަރތަކެއް އައި ކަމަށެވެ. އަދި ނަސީބު ގަދަކަމުން، ބެލުންތެރިން އޭނާގެ އެ ރޯލް ބަލައިގަނެފައިވާކަމަށާއި، ނަމަވެސް އެހާ ދުވަސް ވަންދެން މި ބަލައިގަތުން "ޓެސްޓް ކުރާކަށް ނުވޭނެ" ކަމަށް އޭނާ ބުންޏެވެ.

އެހެނަސް، ކްރިސް ބުނެފައިވަނީ މާވެލްއިން އަލުން އެ ކްރެކްޓަރ ގެންނަމަ، އެމީހުން އެކަންތައް ކުރާނީ ފައިސާއަށް ނޫންކަމަށާއި ވާހަކައަށް ކަމަށެވެ. އެހެންކަމުން، އެ ރޯލުން ދުވަހަކުވެސް ނުފެންނާނެކަމަށް ނުބުނާނެކަމަށެވެ.

ކްރިސް އެވަންސްގެ ކެޕްޓަން އެމެރިކާގެ ރޯލުން ފުރަތަމަ ފެނިފައިވަނީ "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖަރ" ގައެވެ. އެއީ 2011 ވަނަ އަހަރެވެ. އަދި އެއަށްފަހު، ކްރިސް އާއި އޭނާގެ ރޯލް ވަނީ މާވެލް ސިނަމެޓިކް ޔުނިވަރސްގެ މުހިއްމު ބަޔަކަށް ވެފައެވެ.

"ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖަރ" ގައި ފެންނަނީ ސްޓީވް ރޮޖަރސް ކެޕްޓަން އެމެރިކާއަށް ވާގޮތެވެ. ދިމާވާ ކަންތައްތަކެއްގެ ސަބަބުން ސްޓީވް 70 އަހަރު ފަހުން ހޭއަރާއިރު، އޭނާގެ ހަށިގަނޑަށާއި އުމުރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، އެ ކަންތައް ގަނޑުގެ ސަބަބުން އޭނާގެ ހަގީގީ ލޯބިވެރިޔާ، ޕެގީ ކާޓަރ ގެއްލެއެވެ. "އެވެންޖަރސް: އެންޑްގޭމް" ނިމޭއިރު ކެޕްޓަން އެމެރިކާ އޭނާގެ ޝީލްޑް ފެލްކަންއަށް ދޭއިރު، ސްޓީވް ފެންނަނީ އުމުރުން ދުވަސްވެފައެވެ. އަދި އޭނާއާއި ޕެގީއާ އަލުން ގުޅިފައިވާކަން އިނގެއެވެ.

އިތުރަށް ކިޔާލަން

14 ޖުލައި 2017

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
22 މެއި 2017

2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!

22 މެއި 2017
2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!
15 މެއި 2017

އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!

15 މެއި 2017
އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު