Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓް

ބަސް މަޑުނުކޮށް ދިޔައީ އެކްސިޑެންޓް ހިނގިކަން ނޭނގޭތީ: އެމްޓީސީސީ

ރޭ ހިނގި އެކްސިޑެންޓުގައި 13 އަހަރުގެ ކުއްޖެއް ވަނީ ނިޔާވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2019 | ބުދަ 12:21
އެމްޓީސީސީގެ ބަހެއް

އެމްޓީސީސީގެ ބަހެއް

އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ-ހުޅުލޭ ހައިވޭ މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށްދިޔައީ އެކްސިޑެންޓެއް ހިނގިކަމެއް ބަސް ޑްރައިވަރައް ނޭނގޭތީ ކަމަށް އެބަސް ދުއްވަން އިން ޑްރައިވަރާ ހަވާލާދީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިއެކްސިޑެންޓްގައި އެމްޓީސީސީގެ ބަހަކުން ޖެހި، ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އަދި ސައިކަލް ދުއްވަން އިން ކުއްޖާގެ މަންމައަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

މިއެކްސިޑެންޓް ހިނގުމުން އެމްޓީސީސީގެ ބަސް ވަނީ މަޑުނުކޮށް މާލެއަށް އައުމަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ވަކި ހިސާބަކުން ފުލުހުން ވަނީ މިބަސް ހުއްޓުވާ، ބަހުގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިއެކްސިޑެންޓާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ އެކްސިޑެންޓަށްފަހު އެމްޓީސީސީގެ ބަސް މަޑުނުކޮށް ދިޔައީ ބަހުގައި އެހެން ވެހިކަލެއް ޖެހުނުކަން ޑްރައިވަރަށް ނޭނގޭތީ ކަމަށާއި، އެބަހުގައި ތިބި މީހުންވެސް އެކްސިޑެންޓެއް ހިނގިކަމެއް ނޭނގޭ ކަމަށެވެ. އަދި ބަހަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަސްދުއްވި ޑްރައިވަރާ ބެހޭ ގޮތުން ޝާހު ވިދާޅުވީ އެޑްރައިވަރަކީ 2015 އަހަރުން ފެށިގެން އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ކަމަށާއި، މަސައްކަތުގެ މާހައުލުގައި ރަނގަޅު މުވައްޒަފެއް ކަމަށެވެ. އަދި ވިދާޅުވީ ޑްރައިވަރަކީ އިތުރުގަޑީގައި މަސައްކަތް ކުރާ މުވައްޒަފެއް ނޫން ކަމަށާއި، ސިއްހީ ގޮތުން މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ މިމައްސަލައަށް އެމްޓީސީސީން ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.

ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ޑްރައިވަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި ކުޑަ ކުއްޖަކު ނިޔާވެފައިވާއިރު، މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު ވަނީ ނިޔާވެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު