Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކޮމް

ބްރޯޑްކޮމްއަށް ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ކޮމެޓީއަށް

ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ޝަހީބު މަގާމުން އިސްތިއުފާދެއްވުމާއި ޒައިނާ މަގާމުން ވަކިކުރެވުމާއި ގުޅިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2019 | އަންގާރަ 04:23
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ ދެ މެމްބަރަކު ޢައްޔަނު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ. އެ ނަންތައް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށެވެ.

ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ތަޅުމަށް އިއްވައިދެއްވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު ފާޠިމަތު ނިއުޝާއެވެ.

Advertisement - newsAdvertisement

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލެވުނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް މުޙައްމަދު ޝަހީބު އިސްތިޢުފާ ދެއްވުމާއި އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ފާޠިމަތު ޒައިނާ ރައްޔިތުންގެ މަޖިލީހުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ މައްސަލަތަކެއް ފެންމަތިވެފައިވާތީ، ބްރޯޑްކޮމްގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ޙާޟިރުކޮށް، ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެކޮމެޓީން ނިންމީ އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން މަޤާމުން ވަކިކުރުމަށެވެ. ނަމަވެސް މަޖިލީހުން ވަކިކުރުމުގެ ކުރިން އޭނާ އިސްތިޢުފާ ދެއްވިއެވެ، އަދި އޭގެ ފަހުން އެކޮމިޝަނުގެ މެމްބަރު ޙަސަން ނަބާހު ވެސް އިސްތިޢުފާ ދެއްވިއެވެ. ހުސްވެފައިވާ އެދެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ އިއްޓަވިއުތަށް މިހާރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ދެ މަޤާމަށް 36 ފަރާތެއް ކުރިމަތިލާފައިވެއެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިއްބަވާއިރު، މިވަގުތު ތިއްބެވީ، ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އާމިނަތު ސަހާރަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން ޢައްޔަން ކުރަމުންދާއިރު، އެކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެ ދެ މުއައްސަސާގެ ކަންކަން ހިންގުމަށް އެއް ކޮމިޝަނެއް އެކުލަވާލުމަށްޓަކައި، މީޑިއާ ކޮމިޝަނުގެ ނަމުގައި ބިލެއްގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ގެންދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި

ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި

19 ޖޫން 2017
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

19 ޖޫން 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު