ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގެ މަހާނައެއް ކޮންނަންއިން މީހަކު ހައްޔަރުކޮށްފި
11 ނޮވެމްބަރު 2019 | ހޯމަ 07:06ހައްޔަރުކުރީ 19 އަހަރުގެ ދިވެހި ފިރިހެނެއް

އަމްނާ އިމާދު | 11 ނޮވެމްބަރު 2019 | ހޯމަ 07:06

ހދ.ކުޅުދުއްފުށި
ހދ. ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އިން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެ ޙާލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.








