Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިޔުކޭޝަން މިނިސްޓަރ

މާލޭ ސްކޫލްތަކަށް ކުރީގައި ކުދިން ވައްދާފައި ހުރީ އުސޫލެއް ނެތި: އެޑިޔުކޭޝަން މިނިސްޓަރ

ކުރިން އަމަލުކޮށްފައިވާ ގޮތުން ކުދިން ސްކޫލަށް ވެއްދުމުގައި އަންނަނީ ދަތިތަކެއް ދިމާވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ނޮވެމްބަރު 2019 | ބުރާސްފަތި 13:07
ސްކޫލް ކުދިން ތަކެއް

ސްކޫލް ކުދިން ތަކެއް

މާލޭގައި ސްކޫލްތަކަށް ކުރީގައި ކުދިން ވައްދަމުން ގޮސްފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރީގައި ސްކޫލްތަކަށް ކުދިން ވައްދާފައި ހުރީ މިނިސްޓަރ ރައްޓެހިން ނުވަތަ މެމްބަރުން ވިދާޅުވެގެން ނުވަތަ އެހެން ބޭފުޅެއް ވިދާޅުވެގެން ކަމުގައެވެ. އެހެންކަމުން ސްކޫލްތަކުގައި ތިބެނީ އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން މިފަހަރު ކުދިން ސްކޫލްތަކަށް ވެއްދުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން އެއްބަނޑު އެއްބަފާ ކުދިން އެއް ސްކޫލަކަށް ވެއްދުމުގައި ދަތިތައް ދިމާވަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މާލޭ ސްކޫލްތަކުން ޖާގަ ދިނުމާއި ބެހޭ ސާކިޔުލާ އެއް ސްކޫލްތަކަށް ފޮނުވާފަ އެވެ. މި ސާކިޔުލާގައި ބުނާގޮތުން މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމުގައި އެންމެ އިސްކަމެއް ދޭނީ މާލޭގެ ރަށްވެހިންނަށެވެ. އެއަށްފަހު އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނަށެވެ. ދެން އިސްކަންދިނުމަށް ހަމަޖެހިފައިވަނީ އެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންގެ ދަރިންނަށެވެ. މީގެކުރިން ސްކޫލަށް ކުދިން ވެއްދުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ކޮންމެ ތާކު ރަޖިސްޓްރީ ވެފައިވީ ނަމަވެސް އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތަކަށް ކުދިން ވައްދާ އުސޫލަށް ބަދަލުގެންނަން ޖެހުނީ މާލޭގެ ދެ ސްކޫލެއްގައި ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެވެ. އެ ދެ ސްކޫލަށް ވަނުމަށް އެދިފައިވާ އަދަދަށް އެ ސްކޫލްތަކުގައި ޖާގަ ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އިސްކަންދަރު ސްކޫލްގެ ގްރޭޑް އެކަކުން ޖާގަދެވެނީ 90 ދަރިވަރުންނަށް ކަމަށް ވިޔަސް އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 288 އަށް ވުރެ ގިނަ ކުދިން އުޅޭ ކަމުގައެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކަކުން ޖާގަ ދެވެނީ 120 ދަރިވަރުންނަށެވެ. ނަމަވެސް އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 396 އަށްވުރެ ގިނަ ދަރިވަރުން އުޅޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ދިރިނޫޅޭ މީހުން، އެ ސަރަހައްދުގައި އުޅޭކަން ދައްކަން ލިޔުން ހުށަހަޅައި ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާ ކަމުގައެވެ. އެހެންވެ އެ ސްކޫލެއް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު