Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު ޕާޓީ

ގައުމިއްޔަތަށް ހަމަލާ ދިނުމަށް ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް އަދާލަތުން ގޮވާލައިފި

ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނާތީ ކަންބޮޑުވާ ބަޔަކުއުޅޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ނޮވެމްބަރު 2019 | ބުރާސްފަތި 04:27
އަދާލަތު ޕާޓީގެ މެމްބަރުން

އަދާލަތު ޕާޓީގެ މެމްބަރުން

އިސްލާމް ދީނާއި ރާއްޖޭގެ ޤައުމިއްޔަތު ނަގަހައްޓައި ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ދިވެހިރައްޔިތުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، ރާއްޖޭގެ ޤައުމިއްޔަތަށް ޙަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމުގެ ސަބަބުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްގެ ރަޖިސްޓަރީ ދިވެހި ސަރުކާރުން ބާޠިލުކުރުމުން ސަރުކާރަށް ޝުކުރުއަދާކޮށް ނެރުނު ބަޔާނުގައި އަދާލަތުން ބުނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ފަރުދީގޮތުން ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެހައި ކަންކަމާއި، ވަކިން ޚާއްޞަކޮށް އެމާއްދާގެ (ރ) އާއި (ބ) އާއި (ކ) އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި 132 ވަނަ މާއްދާގެ (ކ) އިން ޤާނޫނުގެ ވެރިކަން ރޫލް އޮފް ލޯ ދެމެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާއަށާއި، އެންމެހައި ވަޒީރުންނަށާއި، އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދާލަތުން ބުނީ ޤާނޫނަށްވުރެ މަތީގައި އެއްވެސް ރައްޔިތެއް ނުވަތަ ޖަމާޢަތެއް އޮވެގެން ނުވާނެ ކަމަށާއި. ޤާނޫނު ހިނގަންވާނީ ހުރިހައި އެންމެންގެ މައްޗަށް ހަމަހަމަކޮށް ކަމަށެވެ. އަދި ޤާނޫނު ތަންފީޒުވާންވާނީ އެޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އަދި އިންސާފުވެރި ތަރަޙައެއްގެ މަތީގައި އެކުލަވާލެވޭ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓަށް އަލިއަޅުއްވާލައްވާ އަދާލަތުން ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އައި މަދަނީ ޖަމްޢިއްޔާއަކުން، އިސްލާމްދީނަށް ތައުހީނުކޮށް، މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި ދީނީ ޢިލްމުވެރިންގެ ނަން ކިނލަބުވާފަދަ ގޮތަކަށް ރިޕޯޓް އެކުލަވާލާފައިވާތީ، އެ ޖަމްޢިއްޔާއިން ރާއްޖޭގައި ހެދިފައިވާ އެތައް ޤާނޫނަކާ ޚިލާފުވެފައިވާކަން ފާހަގަކޮށް، އެ ޖަމްޢިއްޔާ އުވާލުމަށާއި މި ރިޕޯޓު ނެރުމުގައި ޝާމިލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، އަދާލަތު ޕާޓީއާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ރާއްޖޭގެ އެތައް ލައްކަ ރައްޔިތުންނެއް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށާއި މަސްއޫލުވެރި ފަރާތްތަކަށް އިލްތިމާސްކުރި ކަމަށެވެ.

މިމައްސަލަ ސަރުކާރުގެ އަދި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވުނު ހިސާބުން ފެށިގެން، ޖަމްޢިއްޔާ ސަސްޕެންޑުކޮށް، ޖަމްޢިއްޔާއިން ހިންގި ޖަރީމާ ތަހުޤީޤުފަށާ، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި އަދި ތަކުރާރުކޮށް އެކި މަހައްލުތަކުގައި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ހުރި އެންމެހައި ކަންބޮޑުވުމެއް އަޑުއެއްސެވުމަށް އެޢިލްމުވެރިންނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެވީ އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ކަމަށް ވެސް އަދާލަތުން ބުންޏެވެ.

މީގެ އިތުރުން އަދާލަތުން ބުނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު މިދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ޒަމާނެއްގައި، އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ މަދަދުގާރުންތަކެއް އެޖަމްޢިއްޔާގެ ދިފާއުގައި ތިބިކަމަކަށެވެ. ނަމަވެސް ސަރުކާރުން މިއިން ނުފޫޒަކަށް ބެއްލުމެއްނެތި ޤާނޫނުގެ ވެރިކަން ނެގެހެއްޓެވިކަމީ މި ޕާޓީއާ ރައްޔިތުންނަށް އަދުގެ ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސް ޞާލިޙް ދެއްވި ޔަޤީންކަމުގެ މަތީގައި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ދެމިހުރިކަމުގެ ހެއްކެއް ކަމަށެވެ.

އަދާލަތުން ބުނީ ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ، ދީނުގެ ދިފާޢުގައި ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ރައްޔިތެއްކަން ތާރީޚު ހެކިދޭ ކަމެއް ކަމަށެވެ. އަދި އަނދިރި ބާރުތަކުން ދޭ ކޮންމެ ޙަމަލާއަކުން ރާއްޖޭގެ ޤައުމިއްޔަތާއި، ރާއްޖޭގެ ދީނާއި ރައްޔިތުންގެ އަޤީދާގެ ދިފާޢުގައި އެ ރައްޔިތުން، ސިޔާސީ ކުލައަކަށް އަތޮޅަކަށް ޖަޒީރާއަކަށް ބެލުމެއް ނެތި އެކީ އެއްބައެއްގެ ގޮތުގައި ތެދުވާނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެކަން ހަނދާންނެތިފައިވާ ފަރާތްތަކަށާއި އޮޅިފައިވާ ފަރާތްތަކަށް އަލުން އެކަން ހަނދާންކޮށްދީ އޮޅުންފިލުވައިދީފައިވާ ކަމަށް އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު