Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީ

ބްރޯޑްކޮމްއަށް ކުރިމަތިލާފައިވާ 36 ފަރާތަކާއި އިންޓަވިއު ކުރުން ކޮމެޓީގައި ކުރިއަށް!

5 ނޮވެމްބަރު 2019 | އަންގާރަ 05:47

އިއްޔެ އާއި މިއަދުވެސް، އަދި މާދަމާ ވެސް އިންޓަވިއުތައް ކުރިއަށް ދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ނޮވެމްބަރު 2019 | އަންގާރަ 05:47
ބްރޯޑްކޮމްގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި

ބްރޯޑްކޮމްގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކުރިއަށް އެބަގެންދެ އެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލާފައިވާ 36 ފަރާތަކާ އިންޓަވިއު ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިދިއަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 4، 5 އަދި 6 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު ކޮމެޓީން ވަނީ ބްރޯޑްކޮމްއަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ތަރުތީބުން އެފަރާތްތަކާއި އިންޓަވިއު ކުރުމުގެ މަސައްކަތް ވަށާފަ އެވެ.

ބްރޯޑްކޮމްގެ ދެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

1. އައިޝަތު ޝިފްލާ އިބްރާހިމް

2. މުހައްމަދު ހިލްމީ

3. އަހުމަދު ގައިސް

4. އަލީ ޔޫސުފް

5. އާމިލާ އާދަމް

6. އަހްމަދު ފައިރޫޒް

7. ޖައުފަރު ރަޝީދު

8. އައިޝަތު ދިޔާނާ ތޯހިރު

9. ސައުދާ ސަލީމް

10. ނަފީޒު މުހައްމަދު

11. އަބްދުއް ލަތީފް އަހްމަދު

12. ޔުސްރާ އަހުމަދު

13. އަހްމަދު އަޝްރަފް

14. އަބްދުﷲ ރައްޔާން

15. އާއިޝަތު ލީޒާ

16. އަހްމަދު ޔަމާން މުޝްތާގު

17. މޫސާ ރިލްވާން

18. އިބްރާހިމް ޝަރީފް

19. މުއުމިނާ އާދަމް

20. އަލީ ސައްމާން

21. އަހްމަދު މައުރޫފް

22. އައިޝަތު ހުސެއިން މަނިކު

23. ފާތިނާ ގާސިމް

24. މުހައްމަދު ޝައްމޫން

25. ހިދާޔަތުﷲ

26. އައިޝަތު ތަޝްކީލް

27. އިސްމާއިލް ސާޖިދު

28. ހައްމަދު ސަނޫން

29. އަލީ ސައީދު

30. މުހައްމަދު ސައުޒަމް

31. އިބްރާހިމް ހަމްޒާ ޚަލީލް

32. މުހައްމަދު އިބްރާހިމް މަނިކު

33. މަރިޔަމް ސައާދާ

34. އާފިޔާ އަބްދުލް އަޒީޒް

35. އިބްރާހިމް ނަޝީދު

36. މުހައްމަދު ފަރުހާދު

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަބްދުﷲ ސޮފްވާން އާއި އެކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވެފައިވާތީ އެވެ.

މީގެއިތުރުން، ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރަން ކޮމެޓީން ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން ނެވެ.

މަޖިލީހުގައި ވޯޓަށް އަހައިގެން ކޮމިޝަންގެ މެމްބަރު ކަމުން ވަކިކޮށްފައި ވެސް ވެއެވެ. އެއީ ސޮފްވާން އިސްތިއުފާ ދެއްވުމުން، އެކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފާތިމަތު ޒައިނާ އެވެ.

އެކޮމިޝަނުގައި ހަތް މެމްބަރުން ތިއްބަވާއިރު، މިވަގުތު ތިއްބެވީ، ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އާމިނަތު ސަހާރަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އެވެ.

މެމްބަރުން ހަމަނުވާތީ، އެކޮމިޝަން ހިންގުމުގައި ދަތިތަކެއް އުޅޭކަމަށްބުނެ، ރައްޔިތުންގެ މަޖިލީހަށް ބްރޯޑްކޮމްއިން ވަނީ ދާދިފަހުން ސިޓީއެއް ފޮނުވާފަ އެވެ.

ބްރޯޑްކޮމްގެ ސެކެރެޓަރީ ޖެނަރަލް މުހައްމަދު ނާސިހް މަޖިލީހަށް ފޮނުވާފައިވާ ސިޓީ ވަނީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އިއްވާދެއްވާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރަމުންދާއިރު، އެކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެ ދެ މުއައްސަސާގެ ކަންކަން ހިންގުމަށް އެއް ކޮމިޝަން އެކުލަވާލުމަށްޓަކައި، މީޑިއާ ކޮމިޝަނުގެ ނަމުގައި ބިލެއްގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ގެންދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް