Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުގެ ދުވަސް

ދިވެހި ސިފައިންގެ ޕްރޮފެޝަންގެ މައިގަނޑު އެއް ޢަސާސަކީ އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރުން: ޑިފެންސް މިނިސްޓަރ

3 ނޮވެމްބަރު 2019 | އާދީއްތަ 17:10

ރައީސް ސޯލިހްގެ ސަރުކާރުން ސިފައިންގެ ފުރާނަ ދެކެނީ ނުހަނު އަގުބޮޑު އެއްޗެއްގެ ގޮތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ނޮވެމްބަރު 2019 | އާދީއްތަ 17:10
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ނަސްރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ނަސްރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ދިވެހި ސިފައިންގެ ޕްރޮފެޝަންގެ މައިގަނޑު އެއް ޢަސާސަކީ އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ސިފައިންގެ ފުރާނަ ދެކެނީ ނުހަނު އަގުބޮޑު އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޢަމާޒަކީ ސިފައިންގެ ޤާބިލުކަން އިތުުރުކުރުން ކަމަށާއި ބޭރުގެ އަސްކަރިއްޔާގެ ހިލޭ އެހީގެ ދަށުން އަސްކަރީ ހަތިޔާރާއި އެކި ތަފާތު ޓްރެއިނިންގްތައް ސިފައިންނަށް މިހާތަނަށް ހޯދައިދީފައިވާނެ ކަމަށެވެ. ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އިކުއިޕްމަންޓްތައް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަހީދުންގެ ނަންތައް ދިވެހި ތާރީޚުގައި ދެމި އޮންނާނެކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެ ޝަހީދުންގެ ޒިކުރާ އާ ކުރުމަކީ އެ ޢާއިލާތަކަށް ލިބޭނެ ކުޑަނަމަވެސް ތަޞައްލީއެއް ކަމަށެވެ. ނޮވެމްބަރު 3 ގައި ހިނގި ޢުދުވާނީ ޙަމަލާއަށް އިޝާރަތްކުރައްވާ މާރިޔާ ވިދާޅުވީ އެ ޙާދިޘާ ހިނގިއިރު ރާއްޖެއަށް އެމީހުން ހަނގުރާމަވެރި ހަތިޔާރާއެކު އެރިއިރު އެކަން ކުރިޔާލާ ދެނެގަނެވިފައި ނުވާކަމަށެވެ. އަދި އޭރުގެ ދައުލަތުގެ ހަމައެކަނި ދިފާޢު އޮތީ ބަންޑާރަކޮށްޓަށް ބަރޯސާވެފައި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ލަޝްކަރުން ރާއްޖެއަށް އެހީތެރިވެދިނުމަށް ރާއްޖެއައުމަށް މަސައްކަތް ކުރަމުންދިޔައިރު މަތިންދާ ބޯޓު ޖައްސަން އޮތް މާލޭގެ އަދި ހުޅުލޭގެ ހާލަތު ނޭނގުމުގެ އިތުރުން ތަފްސީލީ ޗާޓެއް ނެތްކަމަށާއި ޓޫރިސްޓް މެޕެއް މެދުވެރިކޮށް އިންޑިއާގެ ސިފައިން މި އޮޕަރޭޝަން ޕްލޭން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިފައިންގެ ލަޝްކަރަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ޤާނޫނުގެ ވެރިކަމަށް ބޯލަނބާ، ކިޔަމަންތެރިވާ، ރައްޔިތުންގެ ލޯތްބާ އިހްތިރާމާއި ފުރިހަމަ އިތުބާރު ލިބިފައިވާ ބައެއްގެ ގޮތުގައި ބައްޓަން ކުރުމަށް ސިފައިންގެ ލީޑަރޝިފުން ގިނަ މަސައްކަތް ކުރައްވާ ކަމަށެވެ.

ސިފައިންގެ ލަޝްކަރު ތިބާ ވަރަށް ވެސް ބަދަހިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް