Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އެޗްވަންއެންވަން

ސްވައިން ފްލޫ އާއި އެޗްވަންއެންވަން ގައި ތަފާތުތަކެއް ވޭތަ؟

މިކަމާ ގުޅިގެން އައިީއެމްއެޗާއި އޭޑީކޭގައިވެސް ވަނީ ފްލޫ ކްލިނިކް ހުޅުވާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 07:06
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

ސްވައިން ފްލޫ އަކީ ވައިރަސް އަކުން ނޭވާލާނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބައްޔަކީ އޫރަށް ޖެހޭ ބައްޔެއް ނަމަވެސް 2009 ވަނަ އަހަރު އެބަލި ވަނީ އިންސާނުންގެ ތެރެއަށް ފެތުރިގެން ގޮސްފަ އެވެ. އެފަހަރު ފެތުރިފައިވަނީ ސްވައިން ފްލޫގެ ބާވަތެއް ކަމުގައިވާ އެޗްވަންއެންވަން ފެތުރޭ އިންފްލުއެންޒާ އެވެ.

މި ބައްޔަކަކީ ވެސް ވަރަށް ފަސޭހަ ކަމާ އެކު ގައިން ގަޔަށް އަރާ ބައްޔަކަށްވާ އިރު އެޗްވަންއެންވަން ފްލޫ އާއި އާއްމުގޮތެއްގައި ފެތުރޭ ވައިރަލް ހުމާ ދާދި އެއްކަހަލަ ގޮތްތަކެއް ހުރެ އެވެ. މީގެ ތެރޭގައި ހުންއައުމާ، ކަރުގަ ރިއްސުމާ، ގާއިގަ ރިއްސުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ވަރުބަލިވުން ހިމެނެ އެވެ.

ސްވައިން ފްލޫ އިން ރައްކާތެރިވުމަށް ޚާއްސަ އެންޓިވައިރަލް ވެކްސިން ބޭނުން ކުރުމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށް މަގުފަހިވެ އެވެ. އެޗްވަންއެންވަން އިންފްލުއެންޒާ އިން ރައްކާތެރިވުމަށް، އަނގަމައްޗާއި ނޭފަތް ނިވާކޮށްގެން ކެއްސާ، ކިނބިހި އެޅުމާ، ޓިޝޫ ބޭނުން ކުރުމަށްފަހު އެކި ތަންނަކަށް އުކުމުގެ ބަދަލުގައި ޑަސްބިނަށް ލުމާއި މީގެ އިތުރުން ސައިބޯނި ބޭނުންކޮށްގެން އަތްދޮވުމާއި ލޮލާއި ނޭފަތާ، އަނގަމަތީގައި އަތް ނުކޭއްތުމަށް ސިއްހީ މަހިރުން އިލްތިމާސްކޮށްފަ އެވެ.

އެޗްވަންއެންވަން އަކީ ސްވައިން ފްލޫގެ ވައްތަރެއް ކަމުން މި ބަލި އެންމެ ފުރަތަމަ ޖެހުނު ގޮތަށް ބަލާލުމަކި މުހިއްމު ކަމެކެވެ. މި ބަލި 2009 ވަނަ އަހަރު ފެތުރިގެން ގޮސްފައިވާ އިރު އެންމެ ފުރަތަމަ ޖެހިފައިވަނީ މެކްސިކޯގެ ރައްޔިތަކަށެވެ. އޭގެ އެގާރަ ދުވަސް ފަހުން އެބަލި ވަނީ އެމެރިކާއަށް ފެތުރިގެން ގޮސްފަ އެވެ. ހަލުއި މިނުފައި ފެތުރުނު އެޗްވަންއެންވަން އިންފްލުއެންޒާގައި ގިނަ ބަޔަކަށް މިބަލި ޖެހި ސީރިއަސް ހާލަތަށްވެސް ވަނީ ގޮސްފަ އެވެ.

އެގޮތުން އެއަހަރުގެ މާރޗު އެކަކުން އޭޕްރީލް 30 އަށް ގާތްގަނޑަށް މެކްސިކޯ އިން 1918 ސްވައިން ފްލޫގެ ކޭސް ވަނީ ފެނިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 87 މީހަކު މަރުވިކަމަށް ބެލުވުނު އިރު 7 މީހުންވަނީ އެބަލީގައި މަރުވިކަން ޔަގީންކުރެވިފަ އެވެ. އެޗްވަންއެންވަންގެ އައުޓްބްރޭކްގައި އެފަހަރު މެކްސިކޯ އިން ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު 2009 ވަނަ އަހަރުގެ އެޗްވަންއެންވަން ގެ ވަރިއަސް އިންފްލުއެންޒާ އައުޓްބްރޭކްގައި 18،000 މީހުން ވަނީ މަރުވެފަ އެވެ. އެހެން ނަމަވެސް މި ބަލީގައި ރިޕޯޓް ނުކުރާ ކޭސްތަކާ އެކު ބަލީގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރެ އެވެ.

މި ބަލީގައި 2012 ވަނަ އަހަރުގެ ނިއަލަށް މި 579،000 މީހުން މަރުވެފައިވާ ކަމަށް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެފްރިކާ އާއި ދެކުނުއިރުމަތީ އޭޝިޔާ ސަރަހައްދުންނެވެ.

މި ބަލީގެ ނަމާމެދު ރާއްޖޭގައިވެސް ތަފާތު ހިޔާލުތަފާތުވުންތައް އޮތް އިރު އެންމެ ފުރަތަމަ 2009 ވަނަ އަހަރުގެ އައުޓްބްރޭކްގައި އެ ބައްޔަށް ކިޔާފައިވަނީ އެޗްވަންއެންވަން އިންފްލުއެންޒާ ނުވަތަ ސްވައިން ފުލޫ އެވެ. މިގޮތަށް ކިޔާފައިވަނީ އެމެރިކާގެ މީޑިޔާތަކުންނެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެބައްޔަށްދީފައިވަނީ ޕެންޑެމިކް އެޗްވަންއެން1/09 އެވެ. އަދި އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އެ ބައްޔަށް ކިޔާފައިވަނީ ނޮވެލް އިންފްލުއެންޒާ އޭ އެވެ. ނެދަރލޭންޑުން މި ބައްޔަށް ޕިގް ފްލޫ ކިޔާފައިވާ އިރު މިހާރު އެގައުމުން އެބައްޔަށް ކިޔާނަމަކީ، ނިއު އިންފްލުއެންޒާ އޭ (އެޗްވަންއެންވަން) އެވެ. މީގެ އިތުރުން ދެކުނު ކޮރެޔާގެ މީޑިޔާ އިން އިން މި ބައްޔަށް ސްވައިން އިންފްލުއެންޒާ ކިޔާފަވާ އިރު އިސްރާއިލުން ކިޔާފަ ވަނީ މެކްސިކަން ވައިރަސް އެވެ. އަދި ޓައިވާނުން އެބައްޔަށް ނިއު ފްލޫ ނުވަތަ އެޗްވަންއެންވަން ފްލޫ ކިޔާފަވާ އިރު ނޯތް އެމެރިކާގައި އެބަލި މަޝްހޫރުވެފައިވަނީ ނޮވެލް ފްލޫ ވައިރަސްގެ ނަމުންނެވެ.

ސްވައިން ފްލޫ އެންމެ ފުރަތަމަ އޫރުން ޖެހެންފެށި އިރާ ތަފާތުތަކެއް އެޗްވަންއެންވަން ގައި ހުރި ނަމަވެސް އެބައްޔަށް ފަހުން ނަންކިޔުމުގައި އެކި ގައުމުތަކުން ވަނީ އެކިނަން ކިޔާފަ އެވެ.

ކޮންމެ އަކަސް އެކި ގައުމުތަކުން އެކި ނަން ކީ ކަމުގައިވީ ނަމަވެސް މިބައްޔަކީ ހަމަ އެއް ބައްޔެކެވެ. މި ބަލީގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ އެމީހެއްގެ ދިފާއީ ނިޒާމުގެ ބާރު ހުންނަ މިންވަރަކުންނެވެ.

އެޗްވަންއެންވަން ހަލުއިކަމާ އެކު ރާއްޖޭގައި ފެތުރެމުންދާ އިރު އެ ބަލިންރައްކާތެރިވުމަށްޓަކާ ރޯގާ ނުވަތަ ހުން އައިސްފާވާ މީހުންނާ މުއާމަލާތްނުކުރުމަށް ސިއްހީ މާހިރުން ވަނީ ލަފާދެއްވާފަ އެވެ.

ސްވައިން ފްލޫ އާއި 2009 ވަނަ އަހަރު ފެތުރުނު އެޗްވަންއެންވަން އާއި ވަރަށް އެއްގޮތްކަންތައްތަކެއް ހުރި ނަމަވެސް ފަހުން ހޯދި ހޯދުންތަކުން ވަނީ އެޗްވަންއެންވަން އާއި ކުރިން ފެނުނު ސްވައިން ފްލޫގެ ވައިރަހާ ތަފާތުތަކެއް ހުރި ކަމަށް ފާހަގަކުރެވިފަ އެވެ. އަދި އެޗްވަންއެންވަން އަކީ ސީޒަނަލް އިންފްލުއެންޒާ އަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

މި ބައްޔަކީ ފަސޭހަ ކަމާ އެކު ފެތުރޭ ބައްޔަކަށް ވީ ނަމަވެސް ކޮންމެ މީހަކުވެސް އަމިއްލަ ސާފުތާހިރު ކަމަށާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމީ ރޯގާއާއި ހުން ބާރަށް ފެތުރެނީ- ސަމާލުވޭ!

މޫސުމީ ރޯގާއާއި ހުން ބާރަށް ފެތުރެނީ- ސަމާލުވޭ!

16 ސެޕްޓެމްބަރު 2017
“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ

“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ

28 އޯގަސްޓު 2017
ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖުގަނޑު ބަދަލު ކުރަނީ ކިހާ އަވަހަކަށް؟

ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖުގަނޑު ބަދަލު ކުރަނީ ކިހާ އަވަހަކަށް؟

03 އޯގަސްޓު 2017
ޒައިތޫނި ތެލުގައި ތެލުލުމުން ހަށިގަނޑަށް ރަނގަޅުވާނެތަ؟

ޒައިތޫނި ތެލުގައި ތެލުލުމުން ހަށިގަނޑަށް ރަނގަޅުވާނެތަ؟

30 ޖޫން 2017
ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

25 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު