Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުގެ ދުވަސް

ނަސްރުގެ ދުވަހަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަގުވަޒަންކުރަންވީ ދުވަސް: އަބްދުﷲ ޝާހިދު

3 ނޮވެމްބަރު 2019 | އާދީއްތަ 08:38

އެ ދުވަހު ދިވެހި ގައުމަށްޓަކާ ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ޒިކުރާ އާކުރަނީ ފަހުރުވެރިކަމާއި އެކު: ޝާހިދު

އަމަން ހަލީމް
އަމަން ހަލީމް | 3 ނޮވެމްބަރު 2019 | އާދީއްތަ 08:38
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ދިވެހިން ފާހަގަކުރަމުންްދާ ނަސްރުގެ ދުވަހަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަގުވަޒަންކުރަންޖެހޭ ދުވަހެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން މިނިސްޓަރ ޝާހިދު ނެރުއްވި ބަޔާނުގައި ވަނީ، އެ ދުވަހު ދިވެހި ގައުމަށްޓަކާ ޝަހީދުވެވަޑައިގެންނެވި ފަރާތްތަކުގެ ހަނދާން މުޅި ދިވެހި ގައުމުން އާކުރަނީ ނުހަނު ލޯތްބާއި އެކުގައި ކަމަށެވެ. އަދި މިވަރުގެ ހިތްވަރުގަދަ ފަހުލަވާނުންތަކެއް ދިވެހިންގެ ގޮތުގައި ތިބުމަކީ، އެންމެހޭ ދިވެހިންވެސް ޝުކުރުކުރާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ދުވަހުގެ ބަތަލުންގެ ޒިކުރާ ދިވެހިން އާކުރަނީ ނުހަނު ފަހުރުވެރިކަމާއި އެކުކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝާހިދު ވަނީ އެ ދުވަހުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކޮށްދިނުމުގައި އެހީތެރިވީ އިންޑިއާ ސިފައިންނަށްވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި ދުވަހަކުވެސް އެ ދުވަހު ކޮށްދިން ހިދުމަތުގެ ހަނދާން ނުނެތޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވަނީ އެދުވަހުގެ އެ ހަމަލާއާ ގުޅިގެން ދިވެހި ސަރުކާރުން އދ.ގައި ކުރި މަސައްކަތްތަކުގެ ވާހަކަވެސް ބަޔާނުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޭރުގެ ފަރާތްތަކުގެ އުދުވާނަކުން ދިމާވެދާނެ ނުރައްކާތަށް ދުނިޔޭގެ ސަމާލުކަމަށް ގެނެވުނެވެ. އަދި އެ މަސައްކަތުގެ ސަބަބުން، ބައިނަލްއަގްވާމީ ސަލާމަތާ ބެހޭ ބަހުސްގައި ކުދި ގައުމުތަކާއި މެދު ދެކޭގޮތް ބަދަލުވެގެން ދިޔަ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކުން މިހާރު ދިމާވެދާނެ އުދުވާނަކަށް ތައްޔާރުގެ ރައްކާތެރިވުމުގެ ގޮތުން، ގައުމީ ދިފާއީ ބާރުތަކުގެ ފެންވަރު މަތިކުރުމާ މެދު މިއަދު ހޭލުންތެރިކަން އިތުރުކުރެވިއްޖެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ގައުމީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭރުގެ ފަރާތްތަކާއި އެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމުގެ މުހިންމުކަމާއި މެދު އޮތް ހޭލުންތެރިކަންވެސް އިތުރުކުރެވިއްޖެ ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި މި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ރައްކާތެރިކުރުމަށް، ފަސްޖެހުމެއް ނެތި ގަދަ އަޒުމާއި އެކު، މި ގައުމުގެ ބައިވެރިންނާއި އެކުވެރިންނާއި އެކު މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު ހުރިހާ ދިވެހި ރައްޔިތުންނަށް އެރުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2017

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދީނީ އަގީދާއާއީ ދީނީ އެއްބައިވަންތަކަމުގެ މަތީގައި: އަލީ މައުރޫފް

24 ޑިސެމްބަރު 2017
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދީނީ އަގީދާއާއީ ދީނީ އެއްބައިވަންތަކަމުގެ މަތީގައި: އަލީ މައުރޫފް
20 ޑިސެމްބަރު 2017

އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އެންމެންގެ އެހީތެރިކަމަށް ގާސިމް ގޮވާލައްވައިފި

20 ޑިސެމްބަރު 2017
އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އެންމެންގެ އެހީތެރިކަމަށް ގާސިމް ގޮވާލައްވައިފި
04 ނޮވެމްބަރު 2017

ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ ބަތަލުންނަން ނުހައްގުން ދައުވާކުރަނީ: ރައީސް ނަޝީދު

04 ނޮވެމްބަރު 2017
ނަސްރުގެ ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ ބަތަލުންނަން ނުހައްގުން ދައުވާކުރަނީ: ރައީސް ނަޝީދު
01 ނޮވެމްބަރު 2017

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ބާއްވާ ފޮޓޯ މައުރަޒު އައްޑޫ ސިޓީގައި

01 ނޮވެމްބަރު 2017
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ބާއްވާ ފޮޓޯ މައުރަޒު އައްޑޫ ސިޓީގައި
06 އޯގަސްޓު 2017

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު

06 އޯގަސްޓު 2017
އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު
05 އޯގަސްޓު 2017

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު

05 އޯގަސްޓު 2017
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ބޭނުން: ނަޝީދު
25 ޖޫން 2017

އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް

25 ޖޫން 2017
އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް
25 ޖޫން 2017

ޢީދު ދުވަހަކީ، ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމުގެ މުނާސަބަތެއް: ރައީސް ޔާމިން

25 ޖޫން 2017
ޢީދު ދުވަހަކީ، ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމުގެ މުނާސަބަތެއް: ރައީސް ޔާމިން
25 މެއި 2017

މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!

25 މެއި 2017
މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!
23 މެއި 2017

ގިބްލަ ޗެކް ކޮށްލަން އަންނަ އާދިއްތަ ދުވަހަކީ ރަނގަޅު ދުވަހެއް!

23 މެއި 2017
ގިބްލަ ޗެކް ކޮށްލަން އަންނަ އާދިއްތަ ދުވަހަކީ ރަނގަޅު ދުވަހެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް