Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮގްރެސިވް ކޯލިޝަން

ފެންނަމުންދަނީ މިސަރުކާރަށް އެއްވެސް ކަމެއް އަމިއްލަ އިޚުތިޔާރުގައި ނުކުރެވޭތަން: އަދުރޭ

އެންޑީއެން މައްސަލައިގައި ސަރުކާރަށް ފިޔަވަޅު އެޅިފައިނުވަނީ އެކަން ކުރުމުގެ އިޚުތިޔާރު ނެތިގެންކަމަށް އަދުރޭ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2019 | އާދީއްތަ 10:26
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ފެންނަމުންދަނީ މިއަދުގެ ސަރުކާރަށް އެއްވެސް ކަމެއް އަމިއްލަ އިޚުތިޔާރުގައި ނުކުރެވޭތަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބޭއްވި އެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެންޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލާގައި ސަރުކާރަށް މިހާތަނަށް އާއިރުވެސް ފިޔަވަޅެއް އެޅިފައި ނުވަނީ ސަރުކާރަށް އެކަން ކުރުމުގެ އިޚުތިޔާރު ނެތުމުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައި މިއަދުގެ ސަރުކާރުން ވަނީ ކޮންބަޔަކާއެކު އެއްބަސްވުން ހަދައިގެން ކަން އެނގެން އެބައޮތް ކަމަށާއި ބޭރުގެ ބައެއް ޖަމާޢަތްތަކުން ނެރޭ ރިޕޯޓްތަކުން އެކަން އެނގޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅުން އިންތިޒާމު ކުރި ހަރަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކާނިވަލުގައި ޖަލްސާއެއް ބޭއްވުމަށް ކަމުގައެވެ. ނަމަވެސް އެކަމަށް ސަރުކާރުން ހުއްދަ ނުދިނުމުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް އެއްވުމަށް ގޮވާލީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މިއެއްވުން ރޫޅާލުމުން އެކަމަށް ފާޑުވިދާޅުވެ އެމްޑީޕީ އަކީ މުޒާހަރާތައް ދެކެ ބިރު ގަންނަ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި އެއްވުމުގައި 12 މީހަކު ހައްޔަރުކުރުމަށްފަހު ފުލުހުން ފަހުން ވަނީ އެއެންމެން ދޫކޮށްލާފަ އެވެ. މިއެއްވުމާ ދިމާކޮށް ފުލުހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް އެއްވެ އުޅުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު