Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ: ކަން ހިނގައި ދިޔަ ގޮތް

3 ނޮވެމްބަރު 2019 | އާދީއްތަ 07:15

މި ހަމަލާ ދިނީ ލަންކާގެ ޕްލޮޓް ޖަމާއަތާއި ގުޅިގެން ދިވެހިންގެ 6 މީހަކު ބައިވެރިވެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2019 | އާދީއްތަ 07:15
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަށްފަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރަނީ

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަށްފަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރަނީ

މީލާދީން 1988 ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށްދިން ޢުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުالله ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާގުޅިގެން ދިން ހަމަލާއެކެވެ. މި ޓެރަރިސްޓް ހަމަލާ ރާވައި، ހިންގުމުގައި ޢަބްދުالله ލުޠުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހިޤައުމަށް ޣައްދާރުވެ، ޚިޔާނާތްތެރިވިއެވެ.

ޚާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެންދިން މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 ބޭކަލަކު ޒަޚަމްވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. ޒަޚަމްވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެއެވެ. މީގެ އިތުރުން ދުސްމިނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް) ގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކުވެސް މި ހަމަލާގައިވަނީ މަރުވެފައެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ ދުރާލައި ޕްލޭންކޮށްގެން ވަރަށް ބޮޑަށް ތައްޔާރުވެގެން ދީފައިވާ ހަމަލާއެކެވެ. ޕްލޯޓް ޖަމާޢަތާއި ޢަބްދުالله ލުޠުފީއާ ދެމެދު ވެވުނު އެއްބަސްވުންތަކެއްގެ މަތިން ރާއްޖެއަށް 80 ވަރަކަށް ހަތިޔާރުއެޅި ތަމަޅަ ހަނގުރާމަވެރިން ފޮނުވުމަށް އެ ޖަމާޢަތުން ނިންމިއެވެ. އަދި ދެފަހަރެއްގެ މަތިން އެޖަމާޢަތުގެ ބައެއް އިސް މީހުން ރާއްޖެއައިސް ހޯދި މަޢުލޫމާތު ތަކުގެ އަލީގަޔާއި ދިވެހިންގެ ތެރެއިން ޢަބްދުالله ލުޠުފީއަށް މަޢުލޫމާތުދީ އެހީތެރިވި ފަރާތްތަކުން ފޯރުކޮށްދިން މަޢުލޫމާތުތަކުގެ އަލީގައިހަމަލާ ޕްލޭން ކުރިއެވެ. އެދުވަސްވަރު ތަމަޅަ ހަނގުރާމަވެރިންނާއެކު އެމީހުންގެ އަސްކަރީ ކޭމްޕުގައި ޢަބްދުالله ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު ޢަމަލީގޮތުން ހަރަކާތްތެރިވިއެވެ.

ނޮވެމްބަރު ތިންވަނަ ދުވަހުގެ ފަތިހުގެ ހިމޭންކަން ފޫއަޅުވާލީ ބަޑީގެ ބިރުވެރި އަޑުފައްގަޑުންނެވެ. އެރޭގެ ފަތިހު ގާތްގަޑަކަށް 4:15 ހާއިރު ދުޝްމަނުން ދޫކޮށްލި ފުރަތަމަ ވަޒަނުގެ އަޑާއެކު، ސިފައިންގެ މައިމަރުކަޒުން ރައްދުގައި ހަމަލަދޭން ފެށިއެވެ. ސިފައިންގެ އެތެރޭގައި ކޮމާންޑަރެއްގެ ގޮތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ އޭރުގެ މޭޖަރ މުޙައްމަދު ޒާހިރެވެ. ޙަމަލާދޭންފެށުމާއެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ސިފައިންގެއަށް ފޯނުން ގުޅުއްވައި، މަޢުލޫމާތު ސާފުކުރައްވައި ރައްދުގައި ޙަމަލާދިނުމުގައި ސިފައިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެމައްޗަށް އިރުޝާދު ދެއްވައި ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ޢުދުވާނީ ހަމަލާ ގެންނަވައި، އިންޑިއާގެ އަސްކަރީ އެހީލިބޭނޭ މަގު ތަނަވަސްކުރެއްވިއެވެ.

ދުޝްމިނުންގެ ހަމަލާތަކާއެކު މުޅި މާލެއަށް ބިރުވެރިކަން ފެތުރުނެވެ. އިވެމުންދިޔަ ބަޑީގެ އަޑުން މާލޭގެ ޖައްވު ގުގުމަމުން ދިޔައެވެ. ދުޝްމިނުން ބަޑިން ބިރުދައްކައިގެން އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ދިވެހި ރައްޔިތުން ބޭނުން ކުރަމުން ގެންދިޔައެވެ. އިރުއަރައި އަލިވަމުންދިޔައިރު ޝަހީދުވި މީހުންގެ ޚަބަރުތަކާއި ވަޒަން އަރައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ޚަބަރުތައް ފެތުރެން ފެށިއެވެ. އެ ބިރުވެރި ދުވަހު އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ޚަބަރުތައް ސާފުވާންފެށި ހިސާބުން މިސްކިތްތަކަށް އަރައި ދުޢާކޮށް ސަލާމަތީ ފިޔަވަޅުތައް އަޅައި ރަށްތައް ބަލަހައްޓަން ފެށިއެވެ. އެދުވަހު ދިވެހި ރައްޔިތުން ތިބީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައި އެއްބައެއްވަންތަ ބައެއްގެ ގޮތުގައެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދުޝްމިނުންގެ މައިގަނޑު އަމާޒަކަށް ހެދީ ސިފައިންގެ ހެޑުކުއާޓަރެވެ. ކުރިން ކޮށްފައިވާ ޕްލޭނާ އެއްގޮތަށް އެދުވަހު ތިން ދިމާލަކުން ސިފައިންގެ ހެޑުކުއާޓަރަށް ހަމަލާދެމުން ގެންދިޔައެވެ. އެއީ ސިފައިންގެ ކުރިމަތިން މައި ގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. ސިފައިންގެ އިރުއިތުރު ކަންމަތިން ދިން ހަމަލާތަކަކީ އޭރު އެތަނުގައިހުރި ފުލުސް އޮފީހުގެ ގޭޓުން ސިފައިންގެ އެތެރެއަށް ވަދެގަތުމަށް ދިން ހަމަލާތަކެކެވެ. ހުޅަނގު ދެކުނު ކަންމަތިން ދިން ހަމަލާތަކަކީ ސިފައިންގެ މަގުމަތީފާރު ގޮއްވައިލައިގެން އެ ބާގަނޑުން ސިފައިންގެ އެތެރެއަށް ވަދެގަތުމަށް ދިން ޙަމަލާތަކެކެވެ. ދުޝްމިނުންގެ ވަރުގަދަ ޙަމަލާތައް ސިފައިން ހުއްޓުވައި ދުޝްމިނުން ފަހަތަށް ޖެއްސުވީ ހިތްވަރުގަދަ ދިވެހި ސިފައިން ދިން ރައްދު ޙަމަލާތަކުގެ ސަބަބުންނެވެ. އެދުވަހު ސިފައިންގެ މައިގޭޓު ހިމާޔަތްކޮށްދެއްވުމުގެ އިތުރުން، ސިފައިންނަށް ހަތިޔާރާއެކު ސިފައިންގެ ދިފާޢީ މަޤާމުތަކަށް ނުކުންނާނޭ ފުރުޞަތު ހޯއްދަވައިދެއްވީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދެއްވި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ ރައްދު ޙަމަލާތަކުގެ ސަބަބުންނެވެ.

ސިފައިންގެ ހެޑުކުއާޓަރު ދިފާޢުކުރުމަށް ސިފައިންގެ އެތެރޭގައި ތިބި ސިފައިން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔައިރު، މާލެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންވެސް ދުޝްމިނުންނާ ދެކޮޅަށް ތަފާތު ގިނަ ރޭވުންތައް ރާވައި ހަރަކާތްތެރިވަމުން ދިޔައެވެ. ޚާއްޞަ ގޮތެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ޑިފެންސް މިނިސްޓަރުގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރި ވަމުން ގެންދިޔައެވެ. މި ހަމަލާއާ ގުޅިގެން މާލެ ތެރޭގައި ސިފައިން ހިންގި ކޮންމެ އޮޕަރޭޝަނެއްގައިވެސް އާންމު ރައްޔިތުންގެ ފަރާތުން ސިފައިންނަށް އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ލިބިގެން ގޮސްފައިވެއެވެ.

ދުޝްމިނުންގެ ހަމަލާތައް ކުރިއަށް ދަނިކޮށް އެދުވަހުގެ ހެނދުނު 11:00 ހާއިރު ސިފައިންގެ ތެރެއިން ބަޔަކު ރެކީ ޕެޓްރޯލަށް ބޭރަށް ނުކުތެވެ. ދީނާއި ޤައުމަށްޓަކައި ފަސްނުޖެހި ޖިހާދު ކުރުމުގެ މަތިވެރި މިސާލު ދައްކަވަމުން ބޭރަށް ނުކުންނެވި ހިތްވަރުގަދަ ބޭކަލުންގެ ތެރެއިން 3 ބޭކަލަކު ޝަހީދުވިއެވެ. މި ޖެހިލުންކުޑަ އަދި ހިތްވަރުގަދަ ޢަމަލު ވެގެންދިޔައީ ނޮވެމްބަރު ތިނެއްގެ ހަނގުރާމައިގެ މަޝްރަޙް ބަދަލުކޮށްލި ޢަމަލަކަށެވެ. ސިފައިންގެ ތެރެއިން ހަތިޔާރާއެކު ބަޔަކު ބޭރަށް ނުކުމެއްޖެކަން ދުޝްމިނުންނަށް އެނގުމުން ރާއްޖެދޫކޮށް ފިލާ ރައްކާވުމުގެ ތައްޔާރީތައް އެމީހުން ކުރަންފެށިއެވެ.

ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް ރާއްޖެއަށްފޮނުވި އިންޑިއާ ސިފައިން ހުޅުލެއަށް ފޭބިއިރު، ދުޝްމިނުން ފިލައިގެން ދިއުމަށް ނައްޓާލަނީއެވެ. އެހެންކަމުން އިންޑިއާ ސިފައިން ހިންގި "އޮޕަރޭޝަން ކެކްޓަސް"ގެ މައިގަނޑު މަސައްކަތަކަށްވީ ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތްކުރުމާއި، ފިލައިގެންދާން މަސައްކަތްކުރި ޓެރަރިސްޓުން ހުއްޓުވައި އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކޮށްދިނުމަށް ދިވެހި ސަރުކާރަށް އެހީތެރިވުމެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް މާތްالله ނަޞްރު ދެއްވައިފިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި 1988 ނޮވެންބަރު 4 ވަނަ ދުވަހުގެ ހެނދުނުއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2024

ޙަމަލާ މަޑުޖައްސާ އެއްބަސްވުމާ މެދު ޣައްޒާގެ ރަށްވެހިން ދެކެނީ ކިހިނެއް؟

04 މާރިޗު 2024
ޙަމަލާ މަޑުޖައްސާ އެއްބަސްވުމާ މެދު ޣައްޒާގެ ރަށްވެހިން ދެކެނީ ކިހިނެއް؟
19 ޖެނުއަރީ 2024

ނިއުކްލިއަރ 2 ބާރެއްގެ މެދުގައި ޙަމަލާ ބަދަލު ކުރުން: މައްސަލައިގެ މޫ، ބޯޑަރުގަ!

19 ޖެނުއަރީ 2024
ނިއުކްލިއަރ 2 ބާރެއްގެ މެދުގައި ޙަމަލާ ބަދަލު ކުރުން: މައްސަލައިގެ މޫ، ބޯޑަރުގަ!
17 ޖެނުއަރީ 2024

ޔަމަނުގެ ހޫޘީންނަށް އަމާޒުކޮށްދޭ ރަތް ކަނޑުގެ ޙަމަލާތަކުގައި އިނގިރޭސިވިލާތުން އިސްދައުރެއް!

17 ޖެނުއަރީ 2024
ޔަމަނުގެ ހޫޘީންނަށް އަމާޒުކޮށްދޭ ރަތް ކަނޑުގެ ޙަމަލާތަކުގައި އިނގިރޭސިވިލާތުން އިސްދައުރެއް!
08 ނޮވެމްބަރު 2023

ބެއިރޫތަށް ދުއްވަމުން ދިޔަ ކާރަށް ޙަމަލާދީ އިޒްރޭލުން މަރާލީ ކުޑަ 3 އަންހެން ކުދިންނާއި މާމަ... އެއީވެސް ޓެރަރިސްޓުން؟

08 ނޮވެމްބަރު 2023
ބެއިރޫތަށް ދުއްވަމުން ދިޔަ ކާރަށް ޙަމަލާދީ އިޒްރޭލުން މަރާލީ ކުޑަ 3 އަންހެން ކުދިންނާއި މާމަ... އެއީވެސް ޓެރަރިސްޓުން؟
17 އޮކްޓޯބަރު 2023

އިސްރާއިލުން ދިން ޙަމަލާތައް ވަރުގަދަކޮށް 2837 މީހުން މިހާތަނަށް ޝަހީދުވެއްޖެ

17 އޮކްޓޯބަރު 2023
އިސްރާއިލުން ދިން ޙަމަލާތައް ވަރުގަދަކޮށް 2837 މީހުން މިހާތަނަށް ޝަހީދުވެއްޖެ
12 އޮކްޓޯބަރު 2023

"ބޫން...ބޫން...ބޫން...! ފެނުނުހާވެސް އެއްޗަކީ، އަހަރަމެންނާ ދިމާއަށް ޙަމަލާތައް އަންނަތަން"

12 އޮކްޓޯބަރު 2023
"ބޫން...ބޫން...ބޫން...! ފެނުނުހާވެސް އެއްޗަކީ، އަހަރަމެންނާ ދިމާއަށް ޙަމަލާތައް އަންނަތަން"
11 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކަށް ބަދަލުތަކެއް ''ފްލެޓު ހަވާލުކުރުން ނުނިމޭނަމަ 17 ނޮވެންބަރު މެންދުރު 12:00އާ ހަމައަށް ހުއްޓާނުލައި ކުރިއަށް ގެންދާނެ"

11 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކަށް ބަދަލުތަކެއް ''ފްލެޓު ހަވާލުކުރުން ނުނިމޭނަމަ 17 ނޮވެންބަރު މެންދުރު 12:00އާ ހަމައަށް ހުއްޓާނުލައި ކުރިއަށް ގެންދާނެ"
10 އޮކްޓޯބަރު 2021

އިޤްތިޞާދު ހިނގައިގަނެ، ތެލުގެ އަގުތައް އުފުލެނީ

10 އޮކްޓޯބަރު 2021
އިޤްތިޞާދު ހިނގައިގަނެ، ތެލުގެ އަގުތައް އުފުލެނީ
30 ޑިސެމްބަރު 2019

2019: މުޒާހަރާތަކާއި، ޓެރަރިޒަމްގެ ޙަމަލާތައް އިތުރުވި އަހަރެއް

30 ޑިސެމްބަރު 2019
2019: މުޒާހަރާތަކާއި، ޓެރަރިޒަމްގެ ޙަމަލާތައް އިތުރުވި އަހަރެއް
22 ނޮވެމްބަރު 2019

މުމްބާއީ ޙަމަލާތަކަށް 11 އަހަރުވާއިރު، ލަޝްކަރޭ ތައިބާ އަދިވެސް ޕާކިސްތާނުގެ ޙިމާޔަތުގެ ދަށުގައި!

22 ނޮވެމްބަރު 2019
މުމްބާއީ ޙަމަލާތަކަށް 11 އަހަރުވާއިރު، ލަޝްކަރޭ ތައިބާ އަދިވެސް ޕާކިސްތާނުގެ ޙިމާޔަތުގެ ދަށުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް