Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑިޝަރީ ކޮމިޓީ

ކޮމިޓީއަށް ލިބުނު މައުލޫމާތު ސާފުކުުރުމަށް ނިންމާ ތިން ހުށަހެޅުމެއް ޖުޑިޝަރީ ކޮމިޓީއަށް

ކޮމިޓީއަށް ލިބިފައިވާ މައުލޫމާތު ސާފްކުރުމަށް ޑީޖޭއޭ އަށާއި ޖޭއެސްސީއަށް ސިޓީ ފޮނުވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ނޮވެމްބަރު 2019 | ހުކުރު 18:29
ހުކުރު ދުވަހުގެ ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީ

ހުކުރު ދުވަހުގެ ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބުނު މައުލޫމާތު ކަށަވަރުކޮށް ތިން ހުށަހެޅުމެއް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުއްލިގޮތަކަށް ޖުޑިޝަރީ ކޮމިޓީން ބައްދަލުވުމެއް ބާއްވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި، ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިފައިވާތީއެވެ.

ކޮމިޓީގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ އެކަންކަމުގެ ސައްހަކަން ބަލާ މައުލޫމާތު ސާފްކުރުމަށް ތިންކަމެއް ހުށަހަޅުއްވާފައެވެ. އެގޮތުން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތު ސާފްކުރުމަށްޓަކައި އެކަން ހިނގާތޯ ދެނެގަތުމަށްޓަކައި ޑީޖޭއޭ އަށާއި ޖޭއެސްސީއަށް އެފަދަ ޝަކުވާތަކެއް ލިބިފައިވޭތޯ ސާފްކުރުމަށް ސިޓީ ފޮނުއްވުމާއި، އެފަދަ ޝަކުވާތަކެއް ލިބިފައިވާނަމަ އެ ޝަކުވާތަކަށް އަވަހަށް އަމަލުކުރުމަށް ޖޭއެސްސީގައި އެދިވަޑައިގަތުމަށް ޖީހާން ހުށަހެޅުއްވިއެވެ.

އަދި ފަހު ކަމަކަށް ޖީހާން ހުށަހެޅުއްވީ ޖޭއެސްސީއާއި ޑީޖޭއަށް ފޮނުވާ ސިޓީގެ ޖަވާބު ލިބުމާއެކު ވީ އެންމެ އަވަސް ފުރުސަތެއްގައި ޖޭއެސްސީއާއި ޑީޖޭއާ ބައްދަލުކޮށް މިކަން ސާފްކުރުމަށެވެ.

ޖީހާންގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ. އަދި ޖީހާންގެ ހުށެހެޅުމާއި ގުޅޭގޮތުން މެންބަރުންގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް މުގައްރިރު އިމްތިޔާޒު އެއްސެވުމުން އެއްވެސް މެންބަރަކު އެކަމަށް އިއުތިރާޒެއް ނުކުރެއްވިއެވެ.

ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ބަދަލުގައި ކޮމިޓީއަށް ވަޑައިގެންނެވި ނައިފަރު ދާއިރާގެ މެންބަރު ވަނީ ކޮމިޓީ ބައްދަލުވުން ބާއްވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އަޑު އުފުލާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު