އަނިޔާވެރިކަމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
1 ނޮވެމްބަރު 2019 | ހުކުރު 12:45ދޫކޮށްލި ސަބަބު ފުލުހުން ހާމައެއް ނުކުރޭ


ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފައްދައި އަނިޔާވެރިކަމަށް ހިތްވަރަދެމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
19 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިއްވަރު ދެމުންދާ މައްސަލައެއްގައެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މިހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.
އިސްލާހްކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއްދީފައިވާއިރު، ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.




