Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

ހާމަކަން ބޮޑު ގޮތެއްގައި ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފި

31 އޮކްޓޯބަރު 2019 | ބުރާސްފަތި 07:59

މީގެ ސަބަބުން ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 07:59
އާސަންދަ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާސަންދަ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮރަޕްޝަން ނައްތާލައި ކުންފުނިން ހިންގާ ހުުރިހާ ޕްރޮޖެކްޓެއްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އާސަންދަ ކުންފުނިން އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް ބުރާސްފަތި ދުވަހުގެ ހެނދުނު އާސަންދަ ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ތައާރަފްކުރެވިގެން ދިޔަ ޕޯޓަލްގެ ސަބަބުން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ފަރާތުން ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ މައުލޫމާތު ލިބިގެންދާނެކަމަށެވެ. ފާއިތުވެގެން ދިޔަ އަހަރުތަކުގައި އާސަންދަ ކުންފުނިން ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށާއި މި ޕޯޓަލްގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި އެފަދަ އަމަލުތައް ނުހިންގޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

2 ސްޓޭޖަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ފުރަތަމަ ސްޓޭޖްގެ އަމާޒަކީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިޔުންކަމަަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން، މީގެ ފަހުން، -/25،000 ރުފިޔާއަށްވުރެ މަތީގެ އަގުތަކުގެ އެއްޗިހި ގަތުމަށް ކުރާ ޓެންޑަރ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުން ފެންނާނެއެވެ.

މީގެ މަޤްޞަދަކީ،ޓެންޑަރ އިޢުލާނު ވެބްސައިޓަށް އަޕްލޯޑް ކުރުމުންފެށިގެން، މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ސެޝަނަށް ހާޒިރުވާ މީހުންގެ މަޢުލޫމާތާއި، ބިޑް ސަބްމިޓް ކުރާ މީހުންގެ މަޢުލޫމާތާއި، އިވެލުއޭޝަން ޝީޓާއި އަދި ޓެންޑަރ އެވޯޑް ކުރިނަމަ، އެވޯޑް ކުރިކަމުގެ ލިޔުމާ މުޅި ޓެންޑަރ ޕްރޮސެސްގެ، ހުރިހާ މަޢުލޫމާތެއް، ވެބްސައިޓުން ފެންނަން ހުރުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ދެވަނަ ސްޓޭޖްގައި، ހުރިހާ ވެންޑަރސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލެވޭއިރު، އޭގެ ސަބަބުން ވެންޑަރއަކާ ގުޅޭ ދާއިރާއަކުން ޓެންޑަރއެއް އަޕްލޯޑްކޮށްފިނަމަ ވެންޑަރއަށް ނޮޓިފިކޭޝަނެއް ދާނެއެވެ. އެގޮތުން ދެވަނަ ސްޓޭޖް ނިމޭ އިރު ޕްރޮކިއުމަންޓްގެ އެންމެ ކުދި މުއާމަލާތްތަކުގެ މަޢުލޫމާތުވެސް ވެބްސައިޓަށް އަޕްލޯޑްކުރާނެއެވެ.

އޭގެ ސަބަބުން ކުންފުނިން ގަންނަ ހުރިހާ އެއްޗެއްގެ އަދި ކުންފުނީގެ ބޭނުމަށް ހޯދާ ހުރިހާ ޚިދުމަތެއްގެ، ޖުމުލަކޮށް ދަންނަވާނަމަ ޕްރޮކިއުމަންޓްގެ ހުރިހާ ޓްރާންސެކްޝަނެއްގެ ހުރިހާ ލިޔެކިޔުންތައް ވެބްސައިޓުން ފެންނަން ހުންނާނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އޯޕަން ޕްރޮކިއުމަންޓް ލޯންޗުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޒީރޯ-ޓޮލަރެންސްގެ ދަށުން، ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ. އޯޕަން ޕްރޮކިއުމަންޓް ލޯންޗް ކުރުމަށް ނިންމީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. އޯޕަން ޕްރޮކިއުމަންޓް ލޯންޗްކުރުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް