Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗިލީ

އޭޕީއީސީ ސަމިޓާއި، ކޮޕް25 ކްލައިމެޓް ކޮންފަރެންސް ޗިލީގައި ނުބާއްވަން ނިންމައިފި

މި ދެ ސަމިޓް ޗިލީގައި ނުބާއްވަން ނިންމީ އެގައުމުގައި ކުރިޔަށްދާ މުޒާހަރާ ތަކާއި ގުޅިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 30 އޮކްޓޯބަރު 2019 | ބުދަ 17:48
ޗިލީގެ ރައީސް ސަބިސްޓަން ޕިނޭރާ

ޗިލީގެ ރައީސް ސަބިސްޓަން ޕިނޭރާ

ޗިލީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޕީއީސީ ސަމިޓާއި، ކޮޕް25 ކްލައިމެޓް ކޮންފަރެންސް މުޒާހަރާތަކުގެ ސަބަބުން އެގައުމުގައި ނުބާއްވަން ނިންމައިފިއެވެ.

މި ދެ ސަމިޓް ނުބާއްވާނެކަން އިއުލާން ކުރެއްވީ ޗިލީގެ ރައީސް ސަބިސްޓަން ޕިނޭރާއެވެ.

ސަމިޓް ނުބާއްވަން ނިންމިކަން އިއުލާން ކުރައްވަމުން ޕިނޭރާ ވިދާޅުވީ މި ދެސަމިޓް ނުބޭއްވޭކަމީ ލިބުނު ބޮޑު ހިތާމައެއް ކަމަށާއި ނަމަވެސް ޗިލީގައި މިހާރު ކުރަމުންދާ މުޒާހަރާގެ ސަބަބުން މި ދެސަމިޓް ބޭއްވުމަށް ތަން ނުދޭ ކަމަށެވެ.

އެހެން ކަމުން ނޮވެމްބަރު މަހުގެ 16 އަދި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޕީސީ ސަމިޓާއި ޑިސެމްބަރު މަހުގެ 2 ކުން 13 އަށް ބާއްވަން ހަމަޖެހިފައިވާ ކޮޕް ކްލައިމެޓް ކޮންފަރެންސް ބޭއްވެން ނެތް ކަމަށް ޕިނޭރާ ވިދާޅުވިއެވެ.

ޕިނޭރާ އިތުރަށް ވިދާޅުވީ މި ދެސަމިޓް ނުބޭއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި މި ދެސަމިޓަކީ ވެސް ވަރަށް މުހިންމު ދެ ސަމިޓް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭޕީއީސީ ސަމިޓަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ 20 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ސަމިޓެކެވެ. މީގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވައެވެ.

ވައިޓް ހައުސްގެ އޮފިޝަލަކި ވިދާޅުވީ ޗިލީ އިން ސަމިޓް ނުބާއްވަން ނިންމާ އިއުލާން ކުރުމުން ލިބިގެންދިޔައީ ހައިރާން ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

29 މެއި 2025

ޗެލްސީ އިން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފި

29 މެއި 2025
ޗެލްސީ އިން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފި
29 މެއި 2023

ބްރައިޓަން ބަލިކޮށް އެސްޓަން ވިލާ ކޮންފަރެންސް ލީގަށް

29 މެއި 2023
ބްރައިޓަން ބަލިކޮށް އެސްޓަން ވިލާ ކޮންފަރެންސް ލީގަށް
19 މެއި 2023

ކޮންފަރެންސް ލީގު ފައިނަލަށް ވެސްޓް ހޭމް އާއި ފިއޮރެންޓީނާ

19 މެއި 2023
ކޮންފަރެންސް ލީގު ފައިނަލަށް ވެސްޓް ހޭމް އާއި ފިއޮރެންޓީނާ
26 އެޕްރީލު 2023

ޕްރެޒިޑެންޓްކަޕްގެ ސެމީފައިނަލް މެޗު ޝެޑިއުލްއާއި ޕްރެސް ކޮންފަރެންސްގެ ވަގުތު އޮޅުވާލައިފި

26 އެޕްރީލު 2023
ޕްރެޒިޑެންޓްކަޕްގެ ސެމީފައިނަލް މެޗު ޝެޑިއުލްއާއި ޕްރެސް ކޮންފަރެންސްގެ ވަގުތު އޮޅުވާލައިފި
26 މެއި 2022

ކޮންފަރެންސް ލީގާއެކު މޮރީނިއޯ ތާރީޚުގެ ތެރެއަށް

26 މެއި 2022
 ކޮންފަރެންސް ލީގާއެކު މޮރީނިއޯ ތާރީޚުގެ ތެރެއަށް
23 ޑިސެމްބަރު 2019

ލ. އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރެންސް ފަށައިފި

23 ޑިސެމްބަރު 2019
ލ. އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު