Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަމެންޓް މިނިސްޓަރު

ގައުމީ ލޯބި ފޮހެވިއްޖެނަމަ ޕޯޗުގީޒުންގެ ފަރާތުން ލިބުނު ގެއްލުން ތަކުރާރުވުން އެކަށީގެންވޭ

29 އޮކްޓޯބަރު 2019 | އަންގާރަ 23:25

ސުލްހަ މަސްލަސްކަން ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 29 އޮކްޓޯބަރު 2019 | އަންގާރަ 23:25
އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ވާހަކަފުޅު ދައްކަވަނީ

އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ވާހަކަފުޅު ދައްކަވަނީ

ގައުމަށް އޮންނަ ލޯތްބާއި، ގައުމާއި މެދު އަޅާލުން ކުޑަވެއްޖެނަމަ ޕޯޗުގީޒުންގެ ފަރާތުން ރާއްޖެ އަށް ލިބުނު ފަދަ ގެއްލުމެއް އިޔާދަވުން އެކަށީގެންވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރީގެ ލިޔުންތަކާއި ފަތްފުށްތަކުން ދައްކާ ގޮތުން ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަ ކޮށްފައިވަނީ މީލާދީން 1558 ވަނަ އަހަރުއެވެ. އެއީ ރާއްޖެ، ބޭރުގެ ބައެއްގެ އަށްދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ޕޯޗުގީޒުންގެ އަޅުވެތި ކަމުގައި ދިވެހިރާއްޖެ 16 އަހަރު ވަންދެން އޮތުމަށް ފަހު އެމީހުން އަތުން ރާއްޖެ ސަލާމަތް ކުރެެއްވީ ބޮޑު ތަކުރުފާނެވެ.

އުތީމުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކުރައްވާ ވާހަކަ ދައްްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމުގައި ހަމަނުޖެހުންތަކާއި ދެބަސްވުންތައް އުފެދުނީމާ ވާހަކަ ދައްކައިގެން އެކަމަށް ހައްލު ނުހޯދޭނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށެެވެ.

ވަކިން ހާއްސަކޮށް ގައުމުގެ އެތެރޭގެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދޭނަމަ އޭގެ ނާޖާއިޒު ފައިދާ ހޯދައިގެން ވެރިކަން ފުރޮޅާލުމަށް މަސައްކަތް ކުރި ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަކަން ދިވެހި ތާރިހުން ހާމަވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ހުސައިން ވިދާޅުވީ، ދިވެހިން މިނިވަން އަދި މުސްތަގިއްލު ކަމާއިއެކު ތިބޭނަމަ އެކަކު އަނެކަކަށް ކަމޭހިތަށާއި، އެކަކު ބުނާ ބަހަކީ ތިމާ ބުނާ ބަހެއް ކަމަށް ނުވިޔަސް އިހްތިރާމާއި އެކީ އެކަން ގަބޫލުކޮށް އެވާހަކަތައް ހިތްހަމަ ނުޖެހުމާއި އެކުވެސް ގަބޫލްކުރަން ޖެހޭ ކަމަށެވެ.

ސުލްހަމަސްލަސް ކަމާއިއެކު ދިރިނޫޅެވޭނަމަ އެތެރޭގެ ހަމަނުޖެހުން ހިނގާ ގައުމިއްޔަތު ގެއްލު ''ފުނޑި'' ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގާދާނެ ކަމަށް ވިދާޅުވިއެވެ.ޕޯޗުގީޒުންގެ އިތުރުން އިނގިރޭސީންގެ ބާރުގެ ދަށަށް ރާއްޖެ ދިޔުމުގައިވެސް ހަމަ އެމަގަށް ކަންތައް ހިނގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑު ތަކުރާފާނަށް ޒިކުރާ އަދާކުރުމުގެ ގޮތުން އައްޝެއިހް މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ ޅެންބައިތެއް ކިޔުއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، ގައުމާއި މެދު ފަރުވާކުޑަ ކޮށްފިނަމަ ގައުމިއްޔަތުގެ އަގުތައް ވަޒަން ނުކުރާނަމަ އަދި ގައުމުދެކެ ލޯބިނުވާނަމަ އަަނެއްކާވެސް ޕޯޗުގީޒުންގެ އަތް ދަށުގައި ރާއްޖެވުމުން ލިބުނު ގެއްލުން ރާއްޖެއަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ހާދިސާތަކުން ދަސްކުރަން ޖެހެނީ، ގައުމެއްގެ އެތެރޭގެ ހަމަޖެހުން އޮތުމަކީ ގައުމެއްގެ އެންމެ މުހިއްމު ރުކުންކަންކަން މިނިސްޓަރ ފާހަގަކުރެއްވިއެެވެ.

މި ޖަލްސާ ގައި އުތީމުގެ ސްކޫލުގެ ދަރިވަރުން ވަނީ ބޮޑުތަކުރުފާނުގެ ޒިކްރާ އަދާކުރުމުގެ ގޮތުން އެކި ކަހަލަ ސްޓޭޖް އައިޓަމްތައް ހުށައަޅާދީފައެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން ގިނަ ބަޔަކު ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިވަގުތު މެލޭޝިޔާގައި ހުންނެވުމުން އެމަނިކުފާނަށް އެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުނުއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް