Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަގާމުގެ ހައިސިއްޔަތުން ކުރައްވާ ކަންކަމަށް އޮޑިޓަރ ޖެނެރަލަށް ޤާނޫނީ ރައްކާތެރިކަން ނުލިބޭކަމުގެ ކަންބޮޑުވުން

29 އޮކްޓޯބަރު 2019 | އަންގާރަ 13:44

އޮޑިޓް ޤާނޫނުގައި ހުރި ކަންބޮޑުވުންތައް ކޮމެޓީގައި އޮޑިޓް އޮފީހުން ހިއްސާކުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2019 | އަންގާރަ 13:44
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

މަގާމުގެ ހައިސިއްޔަތުން ކުރައްވާ ކަންކަމާއި ނިންމަވާ ނިންމެވުންތަކަށް އޮޑިޓަރ ޖެނެރަލަށް ޤާނޫނީގޮތުން ރައްކާތެރިކަން ލިބެން ނެތުމުން އެކަމުގެ ކަންބޮޑުވުން އޮޑިޓް އޮފީހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އޮޑިޓް ޤާނޫނު މިހާރު އޮތްގޮތުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމުގަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭކަމަކީ މަގާމުގެ ހައިސިއްޔަތުން އޮޑިޓަރ ޖެނެރަލް ކުރައްވާ ކަންކަމަށް ފަހުން ޝަރީޢަތް ކުރެވިގެންދާ ގޮތަށް އޮތުން ކަމަށެވެ.

Advertisement - newsAdvertisement

ނިޔާޒީ އިތުރަށް ވިދާޅުވީ އޭސީސީގެ މެމްބަރުންނާއި މުވައްޒަފުންނަށް ޤާނޫނުގައި ޤާނޫނީ ގޮތުން ރައްކާތެރިކަން ލިބޭކަމުގަ އެވެ. އަދި އެގޮތަށް މާއްދާއެއް ޑްރާފްޓު ކުރުމަށްފަހު ހުށަހެޅިދާނެކަމަށްވެސް ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލް މަގާމުގެ ހައިސިއްޔަތުން ކުރައްވާ ކަންކަމުގައި ފިޔަވަޅު އެޅޭ ގޮތަށް އޮންނަ އޮތުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވީ އެންޓި ކޮރަޕްޝަންގެ ޤާނޫނުގައިވާ ސުލޫކީ ކަންކަން ބަލަމުންދާކަމުގަ އެވެ.

އެއަށްފަހު އެކަންކަން ބަދަލު ވެގެންދާނެކަން ނާޝިޒު ފާހަގަކުރެއްވި އެވެ. މީގެއިތުރުން އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ނިޔާޒީ ވަނީ އޮޑިޓަރ ޖެނެރަލް މަގާމުން ވަކިވުމަށްފަހު އެހެން މަގާމަކަށް ނުދިޔުމުގެ ގޮތުން ބައެއް ފައިދާތައް ލިބޭގޮތަށް ދުނިޔޭގެ އެހެން ތަންތާންގައި އޮންނަކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިހާރު މަގާމުން ވަކިވުމަށްފަހު ލިބޭ އިނާޔަތެއް ނޯންނަކަމަށާއި އެފަދަ އިނާޔަތްތައް ދޭންޖެހެނީ ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ކޮމެޓީގެ މެމްބަރުން ވަނީ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ކޮމެޓީއަށް ހުށަހެޅުމުން އެއިސްލާހުތައް އެޓަރނީ ޖެނެރަލާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން އޮޑިޓް ޤާނޫނަށް ގެންނަންޖެހޭ ހުރިހާ އިސްލާހުތައް ގެނައުމުގެ ވިސްނުން ކޮމެޓީން ނުގެންގުޅޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އޮޑިޓް ޤާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހަކީ އޮޑިޓަރ ޖެނެރަލަށް ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތަޢައްސަބުން އެއްކިބާވެ މިނިވަންކަމާއެކު ކުރާކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް