Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާގު

އިރާޤުގައި ކާފިއުގެ އަމުރު އިޢުލާން ކޮށްފި

އީރާގު ސަރުކާރުން ކާފިއު އިއުލާން ކޮށްފައިވަނީ ވެރިރަށް ބަޣުދާދުގަ

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޮކްޓޯބަރު 2019 | އަންގާރަ 03:32
އީރާގުގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން

އީރާގުގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން

އިރާޤު ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އިރާޤު ސަރުކާރުން އެޤައުމުގައި ކާފިއު އިޢުލާން ކޮށްފިއެވެ.

އީރާޤު ސަރުކާރުން ކާފިއު އިއުލާން ކޮށްފައިވަނީ ވެރިރަށް ބަޣުދާދުގައެވެ.

ބަޣުދާދުގައި ކާފިއު އިޢުލާން ކުރިއިރު، ބަޣުދާދުގައި ކުރަމުންދާ މުޒާހަރާގައި މުޒާހަރާ ކުރަމުންދާ މީހުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ވަނީ ހިނގައިފައެވެ. ހޯމަ ދުވަހުގެ ކުރިމަތިލުންތަކުގައި ޢާންމުންގެ ދެ މީހުން މަރުވެފައިވާއިރު، އެތަށް ސަތޭކަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީޑިއާއަށް މައުލޫމާތުދެމުން ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު ބުނީ އިތުރު ނޯޓިސްއެއް ނެރެންދެން ކާފިއު ދެމި އޮންނާނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާ އިތުރަށް ވަރުގަދަ ވެގެންދިޔައީ އިރާޤުގެ އެތަށްހާސް ކިޔަވާ ކުދިން މުޒާހަރާއާ ގުޅުމުންނެވެ. އިރާޤުގެ ކިޔަވާ ކުދިން މުޒާހަރާއަށް ނިކުމެފައިވާއިރު އިރާޤު ސަރުކާރުން ވަނީ ކިޔަވާކުދިން މުޒާހަރާއަށް ނުނިކުތުމަށް ގޮވާލާ ވަރުގަދަ އިންޒާރެއް ދީފައިވާ ދަނޑިވަޅުގައެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގިނަ މީހުން މަރުވެފައިވަނީ ސަލާމަތީ ބާރުތަކުން ބަޑި ޖެހުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު