އަންނަ މަހު ބަސްކާޑު ބޭނުންކޮށްގެންނޫނީ ބަސްދަތުރު ނުކުރެވޭނެ: އެމްޕީއެލް
26 އޮކްޓޯބަރު 2019 | ހޮނިހިރު 08:32އަންނަ މަހު 01 ފެށިގެން ޓިކެޓް ވިއްކުން ހުއްޓާލާނެ


ބުރިޖުގެ މަތިން ބަހެއް ދަތުރުކުރަނީ
އަންނަ މަހުގެ 01 އަކުން ފެށިގެން މާލެ ޞަރަޙައްދުގައި ބަސް ދަތުރުކުރެވޭނީ އެކަމަށް ޚާއްޞަ ކާޑު ބޭނުންކޮށްގެން އެކަނި ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލުން) ބުނެފިއެވެ.
އެމްޕީއެލުން ނެރުނު ނޫސްބަޔާނުގައި ބުނީ ގްރޭޓަރ މާލެ ޓްރާންސްޕޯޓު ލިންކުން ފޯރުކޮށްދެމުންދާ ބަސް ޚިދުމަތުގައި ކަސްޓަމަރުން ދަތުރުކުރުމަށް ބޭނުންކުރާ ޓިކެޓް ވިއްކުން 1 ނޮވެންބަރު އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި 01 ނޮވެންބަރު ފެށިގެން ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެން އެކަނި ކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލްގެ ބަހުގައި މާލެ-ހުޅުމާލެ އަދި މާލެ-ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 10 ރުފިޔާ އެވެ. މާލެ-ހުޅުމާލެ ބަސް ދަތުރުގެ ޚިދުމަތުގެ އިތުރުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.





