Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓޯރކީޑޯ

ޓޯރކީޑޯ އިންޖީން: މެއިންޓެނަންސް މަދު، ތެލެއް ބޭނުން ނުވާނެ

އެއްވެސް ވައްތަރެއްގެ ތެލެއް އަޅާކަށް ނުޖެހޭނެ ކަމަށާއި، އިންޖީން ހިންގާނީ ހަމަ އެކަނި ބެޓަރިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2019 | ހޮނިހިރު 08:41
ޓޯކީޑޯ އައުޓްބޯޑު އިންޖީނެއް އަޅާފައި

ޓޯކީޑޯ އައުޓްބޯޑު އިންޖީނެއް އަޅާފައި

ރާއްޖޭގެ ބާޒާރަށް އެކި ކަހަލަ އިންޖީނުތަކާއި އެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ޑީ ޓެކް ކުންފުނިން، ޕެޓްރޯލް ޑީސަލް ބޭނުން ނުކޮށް ދުއްވާ އައުޓް ބޯޑު އަދި އިން ބޯޑު އިންޖީނެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފިއެވެ.

"ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ޑީޓެކްގެ މެނޭޖިންގ ޑިރެކްޓަރ މަސީހް އިމާދު ވިދާޅުވީ އެ ކުންފުނިން މުޅިން އަލަށް ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޓޯކީޑޯ ބްރޭންޑުގެ އައުޓްބޯޑު އަދި އިންބޯޑު އިންޖީނު ކަމަށެވެ. އޭނާ ވިދާޅުވީ އެއަށް އެއްވެސް ވައްތަރެއްގެ ތެލެއް އަޅަން ނުޖެހޭނެ ކަމަށާއި، އިންޖީނު ހިންގާނީ ހަމަ އެކަނި ބެޓަރިން ކަމަށެވެ. އަދި ބެޓަރި ރަން ކުރަނީ ސޯލަރ ޕެނަލުން ކަމަށް ވެސް މަސީހު ވިދާޅުވިއެވެ.

މަސީހު ވިދާޅުވީ އިންބޯޑު އިންޖީން ބޮޑަށް ވިސްނާފައި ހުރީ ފެރީފަދަ އުޅަނދުތަކުގެ މަތީގައި ސޯލަރ ޕެނަލް ހަރުކޮށްފައި ކަމަށެވެ. އިންޖީނުގެ އަޖުމަ ބެލުމުގެ ގޮތުން މާލެއާއި އެއަރޕޯޓާ ދެމެދު ދަތުރުކުރާ ފެރީއެއްގައި މި އިންޖީނު ބޭނުންކޮށް ޓެސްޓްކޮށްފައިވާކަމަށާއި ނަތީޖާ ވަރަށް ކާމިޔާބުކަމަށް އޭނާ ވިދާޅުވިއެވެ.

މަސީހު ވިދާޅުވީ އެހެން އިންޖީނުތަކުގައި ވަރަށް ގިނަ މޫވިންގ ޕާޓްސްތައް ހުންނާނެ ކަމަށާއި، އެތެރޭގައި މަސައްކަތްކުރާ ވަރަށްބޮޑު މެޝިންގަނޑެއް ހުންނާނެ ކަމަށެވެ. އެއާ ޚިލާފަށް ޓޯކީޑޯގައި މޫވިންގ ޕާޓްސް ނެތުމުން ކަންފަތިވުން ކުޑަވާނެ ކަމަށެވެ. އަދި މީގައި ޕްރޮޕެލާ ޖަހާފައި ހުންނަ ބައިގައި މޯޓަރު އިންނަ އިރު އެއީ ވަރުގަދަ މޯޓަރެއް ކަމަށާއި، އެއިން ރިވާސްވެސް އަދި ފޯރވަރޑްވެސް ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕެޓްރޯލް އިންޖީނާ އަޅާބަލާއިރު، ޓޯކީޑޯގެ އަގު ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވާނެކަމަށެވެ. މީގެ އިންޖީނެއް ގަންނަން ފުރަތަމަ ކުރާ އިންސްވެސްޓްމެންޓް ބޮޑުވި ނަމަވެސް އޭގެ ފަހުން އެއްވެސް ޚަރަދެއް ފަހުން ކުރަން ނުޖެހޭނެކަމަށް އޭނާ ބުންޏެވެ.

މަސީހު ވިދާޅުވީ ޓޯކީޑޯގައި ހަލާކުވާ އަދި ސްޕެއަރ ޕާޓްސްތައް ނެތުމުން އިންޖީނުގެ ލައިފްޓައިމް ހަތަރުގުނަ ދިގުވާނެ ކަމަށެވެ. އަދި އޭގައި ހުންނަ ކަނެކްޝަންސްތަކާއި ތަންތަނުގައި ދަމިލަ ނުޖަހާގޮތަށް ބަލަހައްޓައިފިނަމަ މިއީ މެއިންޓެއިން ބައި ވަރަށް ކުޑަ އެއްޗެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޓޯކީޑޯ ބްރޭންޑުގެ ބެޓަރިވެސް އެ ކުންފުނިން ވިއްކާނެ ކަމަށެވެ. މަދުންފަހަރަކު މެއިންޓެއިން ކުރަން ޖެހުނު ނަމަވެސް މި އިންޖީނުގެ ބެޓެރި ނުގޮވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް ބެޓަރިތަކަށް 9 އަހަރުގެ ވޮރަންޓީ ވެސް ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑީޓެކުން ބުނީ ފަސް ހޯސްޕަވަރުގެ އިންޖީނެއް އެއް ޗާޖަރު މެދުވެރިކޮށް ދެ ގަޑިއިރުގެ ތެރޭގައި ފުލް ޗާޖުކޮށްލެވޭނެ ކަމަށެވެ. މީގެ އިތުރުން 80 ހޯސްޕަވަރުގެ އިންޖީނެއްގެ ބަދަލުގައި ޓޯކީޑޯ އިންޖީނެއް ބޭނުން ކުރުމުން 350 ކާރުން ދޫކުރާ ވިހަ ގޭސް ނައްތާލުމާ އެއްވަރުވާނެ ކަމަށް ޑީޓެކުން ބުނެއެވެ.

ޑީޓެކްއިން ރާއްޖެއަށް ތަޢާރަފު ކޮށްފައިވަނީ ޓޯކީޑޯގެ 5 ހޯސްޕަވަރުން ފެށިގެން 320 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތަކުގެ ބަދަލުގައި ބޭނުންކުރެވޭ އިންޖީނުތަކެކެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 90،000 ކަނޑު އުޅަނދުފަހަރުގައި ޓޯކީޑޯ އިންޖީނު ދަނީ ބޭނުން ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮކާކޯލާ އިން އެތައް ހާސް ވަޒީފާއެއް މަދުކުރަނީ

ކޮކާކޯލާ އިން އެތައް ހާސް ވަޒީފާއެއް މަދުކުރަނީ

29 އޯގަސްޓު 2020
ތެޔޮ އުފައްދާ މިންވަރު މަދުކުރަން ރަޝިއާ އާއެކު އޯޕެކުން އެއްބަސްވުމަކަށް އާދެވިއްޖެ

ތެޔޮ އުފައްދާ މިންވަރު މަދުކުރަން ރަޝިއާ އާއެކު އޯޕެކުން އެއްބަސްވުމަކަށް އާދެވިއްޖެ

10 އެޕްރީލު 2020
އެކްސްޕޯޓް 11 އިންސައްތަ ދަށްވެ، އާމްދަނީން 3 މިލިއަން ރުފިޔާ މަދުވެއްޖެ

އެކްސްޕޯޓް 11 އިންސައްތަ ދަށްވެ، އާމްދަނީން 3 މިލިއަން ރުފިޔާ މަދުވެއްޖެ

12 ޑިސެމްބަރު 2019
ބީއެމްއެލްގެ ސީއޯއޯއަކަށް މުހައްމަދު ޝަރީފް

ބީއެމްއެލްގެ ސީއޯއޯއަކަށް މުހައްމަދު ޝަރީފް

02 ނޮވެމްބަރު 2019
މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

15 އެޕްރީލު 2019

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު