Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެގިލަރައިޒޭޝަން ޕްރޮގްރާމް

ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް މިއަދު ނޯންނާނެ: އިކޮނޮމިކް މިނިސްޓްރީ

26 އޮކްޓޯބަރު 2019 | ހޮނިހިރު 07:31

ގަވާއިދާ ހިލާފަށް ރާއްޖޭގައި 105،000 ބިދޭސީން އުޅޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 26 އޮކްޓޯބަރު 2019 | ހޮނިހިރު 07:31
ބިދޭސީންތަކެއް ރަޖިސްޓާ ވުމަށް ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި

ބިދޭސީންތަކެއް ރަޖިސްޓާ ވުމަށް ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ކޮންމެ ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓްރީން ގަލޮޅު ދަނޑުގައިި ކުރަމުންއައި މަސައްކަތް މިއަދު ކުރިޔަށް ނުގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނުގެ ތެރެއަށް ވަދެ ޞައްޙަ ޑޮކިއުމެންޓްތަކާއެކު ރައްޖޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިޔަށްގެންދާ ޕްރޮގުރާމް އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރިޔަށް ނުގެންދާނެކަން އިޢުލާންކޮށްފައި ވީނަމަވެސް ހުކުރު ދުވަހުގެ ރެއިން ފެށިގެން ބަންގްލަދޭޝް މީހުން ގަލޮޅު ދަނޑު ޞަރަޙައްދުގައި ކިއުގަޖެހުނެއެވެ.

Advertisement - newsAdvertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހަފުތާގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް ބުނެ ބަންގްލަދޭޝްގެ ބަހުންވެސް އިޢުލާނެއް ޢާއްމުކޮށްފައިވާނެކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާހިމް ވިދާޅުވީ، ކޮންމެ ހޮނިހިރު ދުވަހެއްގައި ރީރެޖިސްޓްރީ ކުރުމަށް އެޕޮއިންޓްމެންޓް ދޫކުރާނެކަމަށް އެމިނިސްޓްރީން ބުނެފައިނުވާނެކަމަށެވެ. އުޞޫލެއްގެ ގޮތުން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުވެސް މަސައްކަތް ކުރިޔަށް ގެންދިޔައީ ބުރާސްފަތި ދުވަހު އެކަން އިޢުލާންކުރުމަށް ފަހުގައި ކަމަށް ޒުބާނާވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފަށާނެ ތާރީޚެއް އެ މިނިސްޓްރީން ފަހުގެ ތާރީޚެއްގައި އިޢުލާން ކުރާނެކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯކްޕާރމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައި ވެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުމަށް ސަރުކާރުން ވަނީ "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކަރސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ. މިހާތަނަށް އެ މައްސަލަ ޙައްލުކުރުމަށްޓަކައި އެ ޓާސްކްފޯސް ވަނީ އެއް އަހަރު ދުވަހަށް ލޭބަރުން ރާއްޖެ ގެނައުން މަނާކުރުމަށް ނިންމާފަ އެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް