Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫތް ލީޑަރސް ފޯރަމް

މިއަހަރުގެ 4 ވަނަ ޔޫތް ލީޑަރސް ފޯރަމް މަތިވެރީގައި ފަށައިފި

25 އޮކްޓޯބަރު 2019 | ހުކުރު 03:46

މިފޯރަމްގައި 80އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2019 | ހުކުރު 03:46
ޔޫތް ލީޑާރސް ފޯރަމްގެ ތެރެއިން

ޔޫތް ލީޑާރސް ފޯރަމްގެ ތެރެއިން

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ، ހަތަރުވަނަ ޔޫތް ލީޑަރސް ފޯރަމް އއ.މަތިވެރީގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހު މަތިވެރީގައި ފެށި މިފޯރަމްގައި އަތޮޅުގެ 8 ރަށަކުން ދަރިވަރުން ހިމެނޭގޮތަށް 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ. ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދެނީ ކޮލެޖް ޔުނިވަރސިޓީ އަދި މަތީ ސާނަވީ ދަރިވަރުންނަށެވެ. ނަމަވެސް މިފަހަރުގެ ފޯރަމްގައި އެހެން ބައެއް ޒުވާނުންނަށް ވެސް ވަނީ ފުރުސަތުދީފައެވެ.

Advertisement - newsAdvertisement

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގައި ބައިވެރިވެފައިވަނީ މަތިވެރީގެ އިތުރުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، ބޮޑުފުޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ. ހޯމް މިނިސްޓްރީން ބުނީ މިފޯރަމްގައި ތަފާތު އަށް ދާއިރާއަކުން ސެޝަންތައް ހިންގާނެ ކަމަށެވެ.

އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ކޮމިއުނިކޭޝަން ސްކިލްސް ސެޝަނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނާއި، ކައުންޓަރ ރެޑިކަލައިޒޭޝަން އެންޑް ރިހިބިލިޓޭޝަން ސެޝަނާއި، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މައްޗަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންގޮސްދެއްވާ ސެޝަނާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މުޙިންމުކަމުގެ މައްޗަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ކުރިއަށްގެންދާ ސެޝަން ހިމެނެއެވެ.

މީގެއިތުރުން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންވެސް ސެޝަނެއް ކުރިއަށްގެންދާނެއެވެ. ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން މިފޯރަމްގައި ބައިވެރިވެ، މަސްވެރިކަމުގެ މުހިއްމު މައުލޫމާތާއި، މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމޫނާ ޒުވާނަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހޯމް މިނިސްޓްރީން ބުނީ ފޯރަމްގެ ތެރެއިން ޔޫތް ލީޑާރސް ނެޓްވޯކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށެވެ. ޔޫތް ލީޑާރސް ނެޓްވޯޯކަކީ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޒުވާނުންނަށް އިސްކަންދީގެން އުފައްދާފައިވާ ނެޓްވޯކެކެވެ.

މިނެޓްވޯކްގެ ތެރެއިން މަސައްކަތްކުރާނީ ރާއްޖޭގެ ދީނީ އަގީދާއާއި، އެއްބައިވަންތަކަން ހަރުދަނާކުރުމަށާއި، ދިވެހީންގެ ސަގާފަތާއި އާދަކާދަތައް ގެއްލިގެން ނުދާނެ ގޮތްތައް ހޯދުމަށާއި، ވީރާނާވަމުންދާ އިޖުތިމާއީ ފޭރާން އިޔާދަކުރުމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި، ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކޮށްދިނުމަށާއި، އިޖުތިމާއީ ބޮޑަތި މައްސަލަތަކުން ކުޑަކުދީންނާއި، ޒުވާނުން ދުރުހެލިކުރުވުމަށް ވެސް މަސައްކަތްކުރާނެއެވެ. މިނެޓްވޯކަކީ ޔުނިވަރސިޓީ ކޮލެޖްތަކުގެ ދަރިވަރުން އެކުލެވޭގޮތަށް އުފައްދާފައިވާ ނެޓްވޯކެކެވެ.

މިއަހަރުގެ 4 ވަނަ ފޯރަމް މިމަހުގެ 26 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ބޭއްވީ ހއ.ހޯރަފުށީގައެވެ. ދެވަނަ ފޯރަމް ބޭއްވީ ހުޅުމާލޭގައެވެ. ތިންވަނަ ފޯރަމް ބޭއްވީ ގދ.ތިނަދޫގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މެއި 2017

ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި

21 މެއި 2017
ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
31 މާރިޗު 2017

ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ

31 މާރިޗު 2017
ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް