Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމައިފި

24 އޮކްޓޯބަރު 2019 | ބުރާސްފަތި 02:12

ތުރުކީން ސީރިއާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ވަނީ އެއްބަސްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 02:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.

ޓްރަމްޕް މިކަން އިއުލާން ކުރީ ބުދަ ދުވަހު ވައިޓް ހައުސްގައި ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ ތުރުކީއިން ސީރިއާގައި ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލަން އެއްބަސްވުމާއި ގުޅިގެން، އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ނިންމެވީ

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހުށައެޅި ކަންކަމަށް ތުރުކީއިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް އެމެރިކާ ނުހުރޭ ގޮތަކަށް ތުރުކީ އިން އަމަލުކޮށްފިނަމަ އިތުރު ގޮތަކަށް ވިސްނަން މަޖުބޫރު ވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިމަހު ކުރީކޮޅު ޓްރަމްޕް ވަނީ ތުރުކީ އާއި އެމެރިކާ އާއި ދެމެދު ކުރަން ނިންމާފައިވާ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުން މަޑު ޖައްސާ، ދަގަނޑުގެ ބާވަތުން ނަގާ ޓެކްސް 50 އިންސައްތަ އަށް ބޮޑުކޮށްފައެވެ. އަދި ތުރުކީގެ ޑިފެންސް އަދި އެނަރޖީ މިނިސްޓްރީ އާއި ދެކޮޅަށް ވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ސީރިއާގައި ކުރުދީ ހަނގުރާމަ ވެރިންނާއެކު އައިސިސް އާ ދެކޮޅަށް ހަނގުރާމަ ކުރި، އެމެރިކާގެ ސިފައިން އެގައުމުން ބޭލުމާއި ގުޅިގެން ޓްރަމްޕްއަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. ގިނަ ބަޔަކު ބުނީ ޓްރަމްޕް ބޭނުންވާ ކަންތައް ހާސިލްވުމުން ކުރުދީ ހަނގުރާމަވެރިން ބާކީކޮށްލީ ކަމަށެވެ.

އެމެރިކާ ސިފައިން ފޭބުމާއެކު ތުރުކީން ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާދޭން ފަށާފައެވެ. ތުރުކީން ގަބޫލުކުރާ ގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންނަކީ، އެ ގައުމުން ވަކިވެގަންނަން ހަނގުރާމަ ކުރާ ޕީކޭކޭއާ ގާތް ގުޅުމެއް އޮންނަ ބައެކެވެ. ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީން ކަނޑައަޅާފައިވާ ޖަމިއްޔާއެކެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް