Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ފައްޔާޒް

ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން, މިހާތަނަށް 130 އަށް ވުރެ ގިނަ މަޝްރޫޢު ހުށަހަޅާފައިވޭ: ފައްޔާޒް

ސަރުކާރުގެ ޢަމާޒަކީ މި ދައުރުގެ ތެރޭގައި ކަރަންޓުގެ މައްސަލަތައް ޙައްލުކުރުން

އަތޫފް އާތިފް
އަތޫފް އާތިފް | 23 އޮކްޓޯބަރު 2019 | ބުދަ 11:21
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް

ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން, 130 އަށް ވުރެ ގިނަ މަޝްރޫޢުތަކެއް އެކި ފަރާތްތަކުން މިހާތަނަށް ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ ބޮޑު މަޝްރޫއު ހިންގަން ޑޮންގްފެންގ ކުންފުންޏާއެކު ފްރޭމް ވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން, އެކި އެކި މަޝްރޫޢު ހިންގުމަށް ސަރުކާރަށް މިހާތަނަށް 137 އަށް ވުރެ ގިނަ ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި މި މަޝްރޫޢުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރާނީ 20 މަޝްރޫއު ކަމަށެވެ. އެއީ ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކާއި، ކަރަންޓުގެ މަޝްރޫއު ތަކުގެ އިތުރުން ޞިއްޙީ ދާއިރާގެ މަޝްރޫއުތައްކަމަށެވެ.

މިނިސްޓަރ ފައްޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މި ދައުރުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ޙައްލުވެގެން ދިޔުން ކަމަށާއި، އެގޮތުން ސަރުކާރުން ރާއްޖޭގެ ހަތަރު ޞަރަޙައްދުގައި އިކޮނޮމިކް ހަބް ތަރައްޤީކުރާއިރު ކަރަންޓަކީ އެންމެ މުހިންމު އެއްކަން ކަމަށެވެ.

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫސިޓީގައި މިވަގުތު އޮތީ ވަރަށް ދުވަސްވެފައި އޮތް ހަކަތައިގެ ނިޒާމެއް ކަމަށާއި މި ނިޒާމަކީ ވަރަށް ޚަރަދު ބޮޑު ނިޒާމެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އައްޑޫސިޓީގައި ޒަމާނީ ހަކަތައިގެ ނިޒާމާއް ޤާއިމުކުރެވުމުން އައްޑޫގެ ތަރައްޤީއަށް ބޮޑެތި ފައިދާ ތަކެއް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ފުރިހަމަކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރުން ދެކުނުގައި ހިންގުމަށް ރާވަފައިވާ އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް މިނިސްޓްރީން އަންދާޒާކުރެއެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
23 މާރިޗު 2017

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު