Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލިއްޔަތު ކޮމެޓީ

ބިޑަކާނުލާ ގުޅީފަޅު ހިއްކަން ބޮސްކާލިސްއާ ޙަވާލުކުރި މައްސަލަ މާލިއްޔަތު ކޮމިޓީއަށް!

މިއީ 53 މިލިއަން ޑޮލަރުގެ މަޝްރޫއެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޮކްޓޯބަރު 2019 | ބުދަ 11:31
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މައުލޫމާތު--

ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މައުލޫމާތު--

ބިޑްކުރުމެއްނެތި ގުޅީފަޅުގެ ބިން ހިއްކުމަށް ބޮސްކާލިސް ކުންފުންޏާއި ޙަވާލުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމަށް އެމައްސަލަ ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.

ޣަފޫރު އެ ހުށަހެޅުއްވުމަށް މެމްބަރުން އެކަމަށް ތާޢީދުކޮށްފައި ވެއެވެ. އަދި ފުރަތަމަ ކަމާބެހޭ ލިޔެކިޔުންތައް ކޮމެޓީއަށް ހޯދުމަށް ޕްލޭނިން މިނިސްޓްރީގައި އެދިވަޑައިގަންނަވާނެ ކަމަށް ކޮމެޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް އިންފްރާސްޓްރަކްޗަރ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމުގެގޮތުން ކޮމާރޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމެޖެހިފައިވާ 06 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށާއި، 4 ކިލޯ މީޓަރުފެ ތޮއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން މިމަހުގެ 17 ވަނަ ދުވަހު ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ޙަވާލުކޮށް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ބޮސްކާލިސް ކުންފުންޏާއި މަސައްކަތް ޙަވާލުކުރުމުން، މާލޭގެ އިންޓީރިއަރ ބަދަލުކޮށް މާލެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެ ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަޢުދުފުޅާއި އެއްގޮތަށް، މާލެ ހިތް ފަސޭހަ ތަނަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެ މިނިސްޓްރީން ބުނެއެވެ.

ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ކުންފުނިން މީގެ ކުރިންވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ވަނީ 2007 އިން 2015 އާއި ދެމެދު ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައިި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢޫ ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކުރީ 53 މިލިއަން ޑޮލަރަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫޤެވެ. އަދި ބޮސްކާލިސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރިއާ މެނޭޖަރ ޑޭވިޑް ބޫސްޓެޑްއެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2019

ތިލަފުއްޓާއި ގުޅީފަޅުގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

16 ޖޫން 2019
ތިލަފުއްޓާއި ގުޅީފަޅުގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި
05 މެއި 2019

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

05 މެއި 2019
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
18 ސެޕްޓެމްބަރު 2018

ގުޅީފަޅު ފްލެޓް ގަތް ފަރާތްތަކާއި، ޓާޓާ ފްލެޓް ނުލިބޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިބޫ އޮޅުން ފިލުވައިފި

18 ސެޕްޓެމްބަރު 2018
ގުޅީފަޅު ފްލެޓް ގަތް ފަރާތްތަކާއި، ޓާޓާ ފްލެޓް ނުލިބޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިބޫ އޮޅުން ފިލުވައިފި
06 އޯގަސްޓު 2018

ހއ. ގައި އެއާޕޯޓް އެޅުމަށް މާފިނޮޅު ހިއްކަން ފަށައިފި

06 އޯގަސްޓު 2018
ހއ. ގައި އެއާޕޯޓް އެޅުމަށް މާފިނޮޅު ހިއްކަން ފަށައިފި
04 އޯގަސްޓު 2018

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

04 އޯގަސްޓު 2018
ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
21 ޖުލައި 2018

މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

21 ޖުލައި 2018
މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
04 ޖޫން 2018

ފަރެސްމާތޮޑާގެ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ކުންފުންޏާ ހަވާލުކޮށްފި

04 ޖޫން 2018
ފަރެސްމާތޮޑާގެ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ކުންފުންޏާ ހަވާލުކޮށްފި
05 ނޮވެމްބަރު 2017

ކުޅުދުއްފުށީ ކައުންސިލް ރައީސްގެ ސުވާލު:އެއާޕޯޓް ކޮބައިހޭ ގޮވަމުންދިޔައީ ކީއްވެ؟ އޭރުވެސް އޮތީ ކުޅި ހިއްކަން!

05 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކައުންސިލް ރައީސްގެ ސުވާލު:އެއާޕޯޓް ކޮބައިހޭ ގޮވަމުންދިޔައީ ކީއްވެ؟ އޭރުވެސް އޮތީ ކުޅި ހިއްކަން!
01 ނޮވެމްބަރު 2017

ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

01 ނޮވެމްބަރު 2017
ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި
30 އޯގަސްޓު 2017

ގުޅީފަޅު ތަރައްގީ ކުރި ކުންފުނިން 37 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ދައްކަން ހުކުމް ކޮށްފި

30 އޯގަސްޓު 2017
ގުޅީފަޅު ތަރައްގީ ކުރި ކުންފުނިން 37 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ދައްކަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު