Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ނިލަންދޫގެ މައްޗަށްކުރި ހޯދައި މާޒިޔާއިން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި

22 އޮކްޓޯބަރު 2019 | އަންގާރަ 11:45

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 އޮކްޓޯބަރު 2019 | އަންގާރަ 11:45
މާޒިޔާ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރެމިއަރ ލީގުގައި ހޯމަ ދުވަހު ހަވީރު ކުޅުން މެޗުން ނިލަންދޫ ބަލިކޮށް މާޒިޔާއިން އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން މޮޅު އެޓޭކިންގ ގޭމެއް މާޒިޔާ ކުޅުންތެރިން ކުޅުނު އިރު މެޗުގެ 10 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝަރީފް (ޑުންގާ) އެވެ. މާޒިޔާގެ ލަނޑާއެކު ނިލަންދޫ އިން އެޓީމުގެ ކުޅުން ރަނގަޅު ކުރި އިރު އެޓީމުން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނިލަންދޫ އިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނު އިރު މި ހާފުގައި ނިލަންދޫ އިން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ނިލަންދޫއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މާޒިޔާއިން އެޓީމުގެ ތިންވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-0 ކަށް ބަދަލުކޮށްލައިފައެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.

މި ނަތީޖާ އާއިއެކު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައިގައި 26 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ކްލަބް އީގަލްސް އޮތީ 21 ޕޮއިންޓާއެކުގައެވެ. އަދި ލީގު ތާވަލުގެ ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 17 ޕޮއިންޓާއެކުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް