Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

އެޖެންސީތައް މެދުވެރިކޮށް ޞިއްޙީ ޚިދުމަތްތެރިން ރެކްރޫޓު ކުރާނެ އުޞޫލެއް އެއްމަސްދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަޙަޅާނަން: ހެލްތު

21 އޮކްޓޯބަރު 2019 | ހޯމަ 11:31

މުޅި ނިޒާމް ހަރުދަނާ ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2019 | ހޯމަ 11:31
ކޮމެޓީގެ ތެރެއިން

ކޮމެޓީގެ ތެރެއިން

އެޖެންސީތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންގެންނަ ޞިއްޙީ ޚިދުމަތްތެރިން ރެކްރޫޓު ކުރާނެ އުޞޫލެއް އެއްމަސްދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަޙަޅާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަނީޤާ އިބްރާހިމް ވިދާޅުވީ އެޖެންސީންތައް މެދުވެރިކޮށް މީހުން ރެކްރޫޓް ކުރުމުގައި ވަކިއުޞޫލެއް ކަނޑައަޅާފައި ނުވާކަމަށެވެ. އެހެންކަމުން މިހާރު ޑޮކްޓަރުންނާއި އެހެނިހެން ޞިއްޙީ ފަންނީ ޚިދްމަތްތެރިން ރާއްޖެ ގެންނަނީ ރަޖިސްޓްރީކޮށްފައިވާ އޭޖެންސީތައް ދަފްތަރުކޮށްގެން އެ އެޖެންސީތަކުގެ އެހީގައި ކަމަށެވެ.

Advertisement - newsAdvertisement

އޭޖެންސީތައް މެދުވެރިކޮށް ޑޮކްޓަރުންނާއި އެހެނިހެން ފަންނީ މުވައްޒަފުން ރާއްޖެގެންނަން މިހާރު ޢަމަލުކުރަމުންދާ ނިޒާމު ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އަނީގާ ވިދާޅުވީ، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އުސޫލު ނިންމައި ކޮމެޓީއަށް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

އަނީޤާ ވިދާޅުވީ މުއައްޒަފުން އައްޔަން ކުރުމުގައި މިހާރުވެސް އަމަލުކުރަމުންދަނީ ސިވިލްސަރވިސް މިންގަނޑަށް ކަމަށެވެ. އެހެން ނަމަވެސް ތަފާތު ގިނަ ގޮންޖެހުންތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަން ޙައްލުކުރުމުގެ ގޮތުން މިހާރު މަސައްކަތްކުރަނީ އެޖެންސީތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންގެންނަ ޞިއްޙީ ޚިދުމަތްތެރިން ރެކްރޫޓު ކުރާނެ އުޞޫލެއް ކަނޑައެޅުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީން މިހާރު އެ އުސޫލު ޑްރާފްޓް ކުރަމުންދާކަން ފާހަގަކުރައްވާ އަނީގާ ވިދާޅުވީ، އެ އުސޫލު އެކުލަވާލާ ތަންފީޒުކުރަން ފެށުމުން ޑޮކްޓަރުންނާއި ޞިއްޙި ފަންނުވެރިން ރެކްރޫޓް ކުރުމުގެތެރެއިން ފެންމަތިވާ އަދު ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ކަންކަމަށް ހައްލުލިބޭނެ ކަމަށެވެ.

މީގެ އިތުރުން އަނީޤާ ވިދާޅުވީ ރާއްޖެ އަންނަ ހެލްތް ޕްރޮފެޝަނަލުންނާއި، ޑޮކްޓަރުންނާ ހެލްތް މިނިސްޓްރީން ފޭސްޓު ފޭސް އިންޓަވިއު ކުރާނެ ކަމަށާއި، އޭނާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުޞަތުތައް ލިބޭނެ ކަމަށެވެ. އަދި މިއިންޓަވިއުގެ ތެރެއިން އެމީހާގެ ފެންވަރު ވަޒަން ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނީޤާ ވިދާޅުވީ ހެލްތް ޕްރޮފެޝަނަލުން ގެންނަ 10 ވަރަކަށް އެޖެންސީ ހަރަކާތްތެރިވާއިރު، އެއްބަޔަކު ގެންނަނީ މެޑިކަލް އޮފިސަރުން ކަމަށެވެ. އަދި އަނެއް ބަޔަކު ލެބް ޓެކްނީޝަރުން ގެންނައިރު، އަނެއްބަޔަކު ޑޮކްޓަރުން ގެނެއެވެ. ނަމަވެސް މިއެޖެންސީތައް އަނެއް އެޖެންސީއާ މައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

07 ޑިސެމްބަރު 2017
ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
06 ނޮވެމްބަރު 2017

ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފި

06 ނޮވެމްބަރު 2017
ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފި
05 ނޮވެމްބަރު 2017

ފާރިސް ރިސްވަތު ދިނީ ޝާފިއު މެދުވެރިކޮށް، އެކަމަކު ޝާފިއުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް: ދައުލަތް

05 ނޮވެމްބަރު 2017
ފާރިސް ރިސްވަތު ދިނީ ޝާފިއު މެދުވެރިކޮށް، އެކަމަކު ޝާފިއުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް: ދައުލަތް
25 އޮކްޓޯބަރު 2017

ވެމްކޯގެ އިން އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމައިފި

25 އޮކްޓޯބަރު 2017
ވެމްކޯގެ އިން އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމައިފި
24 އޯގަސްޓު 2017

ޕީޕީއެމް މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކޮށްދިނުމަށް ވާނީ ހުށަހަޅާފަ: ނިހާން

24 އޯގަސްޓު 2017
ޕީޕީއެމް މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކޮށްދިނުމަށް ވާނީ ހުށަހަޅާފަ: ނިހާން
08 ޖުލައި 2017

ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން

08 ޖުލައި 2017
ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން
01 ޖުލައި 2017

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
15 ޖޫން 2017

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

15 ޖޫން 2017
ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި
07 އެޕްރީލު 2017

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް