Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިސްޓް ހޮޓަލާ ގެސްޓްހައުސް

ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފި

މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިއަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 07:45
ގެސްޓް ހައުސް އެއްގެ ފޮޓޯއެއް

ގެސްޓް ހައުސް އެއްގެ ފޮޓޯއެއް

ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފިއެވެ.

ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ތަރައްޤީކުރުމަށްޓަކައި ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އެ ސަރަހައްދަކީ، ޓޫރިޒަމް ތަރައްޤީކުރާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސަރަހައްދެއްގައި ވަކި ކަންތައްތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން ރަށުގެ އާބާދީ އާއި ރަށުގެ ބޮޑުމިން ބެލުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން "ލޭންޑް ޔޫސް އެސެސްމެންޓް" ހަދާފައިވުމާއި ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު (ލޭންޑް ޔޫސް ޕްލޭނިންގ ޤަވާއިދު) އާ އެއްގޮތްވާ ގޮތުގެމަތިން އީ.ޕީ.ޒެޑް އޮތުމާއި ރަށުގެ ހޭޅިފަށާއި ފަތުރުވެރިކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިމާ ދެމެދު މަގެއް އޮތުމާއި އަދި ވަކި ބަޔަކަށް އެކަނި ގޮނޑުދޮށް ބޭނުން ކުރެވޭ ގޮތަށް ކަނޑައަޅާފައި ނެތުން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކަނޑައަޅުއްވާ ބިމުގެ ބޮޑުމިން ފަސްހާސް އަކަފޫޓަށްވުރެ ބޮޑު ނުވުމާއި ޓޫރިސްޓް ހޮޓަލަށް ކަނޑައަޅުއްވާ ބިމުގެ ބޮޑުމިން ދިހަ ހާސް އަކަށްފޫޓަށް ވުރެ ބޮޑު ނުވުން ހިމެނެއެވެ.

މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ކަނޑައަޅާފައިވާއިރު ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ތަރައްޤީކުރުމަށް ބިން ކުއްޔަށްދިނުމާ ގުޅޭ ކަންތައްތައް ކުރިއަށް ގެންދަން ވާނީ އެ ރަށެއްގެ ކައުންސިލާއި މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމުން 17 އޮކްޓޯބަރ 2016 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ "މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމާއިބެހޭ އުސޫލު" އުވިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ރޯހައުސްތައް: ހައްގުވެރިންނަން ނުލިބި، ވީރާނާ ވެގެންދަނީ

ކުޅުދުއްފުށީ ރޯހައުސްތައް: ހައްގުވެރިންނަން ނުލިބި، ވީރާނާ ވެގެންދަނީ

02 އޮކްޓޯބަރު 2017
ރޯ ހައުސް ބައްލަވައިގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ:މިނިސްޓަރު މުއިއްޒު

ރޯ ހައުސް ބައްލަވައިގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ:މިނިސްޓަރު މުއިއްޒު

24 އޯގަސްޓު 2017
މިނިސްޓަރ މުއިއްޒު 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލަވައިގެންފި

މިނިސްޓަރ މުއިއްޒު 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލަވައިގެންފި

24 އޯގަސްޓު 2017
ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމާ އެކު ވަކީލުންގެ ޝުއޫރުތަކާއި ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލައިފި

ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމާ އެކު ވަކީލުންގެ ޝުއޫރުތަކާއި ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލައިފި

22 އޯގަސްޓު 2017
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު