Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

ފާރިސް ރިސްވަތު ދިނީ ޝާފިއު މެދުވެރިކޮށް، އެކަމަކު ޝާފިއުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް: ދައުލަތް

ބަޔާން ދީފައިވާ މީހާ ބުނެފައިވަނީ ފައިސާ ހިފައިގެން އައީ ޝާފިއު ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2017 | އާދީއްތަ 10:46
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ދައުވާ އުފުލި ނަމަވެސް ހަމަ މިމައްސަލައިގައި ފާރިސް ރިސްވަތު ދިނުމަށް މެދުވެރިއެއްގެ ގޮތުގައި އުޅުނު ކަމަށް ބުނެ ކުރިން ހައްޔަރު ކުރި އަހުމަދު ޝާފިއުގެ މައްޗަށް ދައުވާ ކުރާނެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއިޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.

ރިޝްވަތު ދިންކަމަށްބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑު އެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި 23 ކަމެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާތީ އޭގެ ތެރެއިން ބައެއް ކަންކަމަށް ވަނީ ދެފަރާތުން ވާހަކަ ދައްކަވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ނުވަ ކަމަކާމެދު ދެފަރާތުން ވާހަކަ ދައްކަވާފަ އެވެ. އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ފާހަގަ ކޮށްފައިވާ 10 ވަނަ ނުކުތާއިން ފެށިގެން 15 ވަނަ ނުކުތާއާ ހަމައަށް ދެފަރާތުން ވާހަކަ ދައްކަވާފައިވެއެވެ.

އެ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނު އުގޫބާތާއި ހިލާފަށް މިދައުވާގެ ޝަރީއަތް ކުރިއަށް ގެންދާ ކަމަށާއި މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން 30 ދުވަހުގެ ތެރޭގައި ޝަރީއަތަށް އެދައުވާ ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ފާރިސްގެ ދައުވާ ޝަރީއަތަށް ހުށަހަޅާފައި ވަނީ ފާރިސް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށް 69 ދުވަސް ފަހުން ކަމަށް ފާރިސްގެ ވަކިލުން ވިދާޅުވިއެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ ފާރިސްގެ މިދައުވާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ކޯޓަށް މައްސަލައެއް ހުށަހެޅުމަކީ ޝަރީއަތަށް އެ ދައުވާއެއް ހުށަހެޅުން ނޫން ކަމަށާއި ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، އެކަށީގެންވާ ހެކި އެބަހުރި ކަމަށް ފުލުހުންނާއި ޕީޖީ އޮފީހުންވެސް ބުނެ، ފާރިސް އެހާގިނަ ދުވަހު ހައްޔަރުކޮށްގެން ވެސް 30 ދުވަހުގެ ތެރޭގައި އެ ދައުވާ ޝަރީއަތަށް ހުށަހެޅިފައި ނުވާތީ މި ދައުވާއަކީ ސައްހަ އަދި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަމަށް ތަކުރާރުކޮށް ގާނޫނުތަކަށް ރިޔާއަތްކޮށް ތަފާތު ގިނަ ސަބަބުތައް ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިން ކަމަށްބުނާ މައްސަލާގައި ރިސްވަތުގެ އެފައިސާ ހިފައިގެން މަޖިލިސް މެމްބަރެއް ކައިރިއަށް ދިޔައީ ޝާފިއުކަމަށް ދައުލަތުން ހުށަހަޅަފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށާއި ނަމަވެސް ޝާފިއުގެ މައްޗަށް މިހާތަނަށް ދައުވާ ކޮށްފައިނުވާ ކަމަށެވެ.

މައުމޫން ހަމީދުގެ އެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ ޝާފިއުގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ އެކަށީގެންވާ ހެއްކެއް ލިބިފައިނުވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލު އެގޮތަށް ވިދާޅުވުމުން މައުމޫން ހަމީދު ވިދާޅުވީ ފާރިސް ރިސްވަތު ދިން ކަމަށްބުނެ ދައުލަތުން ހުށަހަޅާފައިވާ މަޖިލިސް މެމްބަރެއް ދެއްވާފައިވާ ކަމަށް ބެލެވޭ ބަޔާނުގައި އޭނާގެ ގާތަށް ފައިސާ ހިފައިގެން އައީ ޝާފިއުކަމާއި އެފައިސާއަކީ ފާރިސް ދިން ފައިސާއެއް ކަމަށް ޝާފިއު ބުނެފައިވާ ކަމަށް އެބަޔާން ދިން ފަރާތުން ބުނެފައިވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ އެފައިސާ ހިފައިގެން ދިޔައީ ޝާފިއު ކަމަށް އެބަޔާނުގައި ބުނާއިރު، ޝާފިއުގެ މައްޗަށް ދައުވާކުރާނެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ދައުލަތުން އިއުތިރާފުވާ ކަމަށެވެ. އެހެންކަމުން ހަމަ އެބަޔާނަށް ރިޔާއަތްކޮށް ފާރިސްގެ މަށްޗަށް ދައުވާ ނުކުރެވޭނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ. ސަބަބެއް ކަމަށް މައުމޫން ހަމީދު ވިދާޅުވީ ފައިސާ ހިފައިގެންދިޔައީ ސާފިއުކަމަށް ބުނާއިރު، ރިސްވަތުގެ ދިން ކަމަށް ނުވަތަ ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ޝަފިއުގެ މައްޗަށް ނުކޮށް ފާރިސްގެ މައްޗަށް ވެސް ނުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކޮށް ހޯދާފައިވާ ކަމަށް ބުނާ ހެކި ހޯދާފައިވަނީ ފުލުހުންގެ ސްޑޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރއާ ހިލާފަށް ކަމަށާއި އެހެންކަމުން ފުލުހުން ހޯދާފައިވާ ހެކިތަކަކީވެސް ގާނޫނާ ހިލާފަށް ހޯދާފައިވާ ތަކެތި ފާރިސްގެ ވަކީލު ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ އޯޑިއޯއަކީ ވެސް ގާނޫނާ ހިލާފަށް ހޯދާފައިވާ އޯޑިއޯއެއް ކަމަށް ވެސް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ކޯޓް އަމުރެއްނެތި އެގޮތަށް ހޯދާ ހެއްކާ ގަރީނާތަކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ތަކެތި ނޫންކަމަށް ގާނޫނުއަސާސީންނާއި މީގެކުރުން ނިންމާފައިވާ ބައެއް ނިންމުންތަކުން އެނގޭތީ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވަނީ މިމަހުގެ ހަތް ވަަނަ ދުވަހު ވެސް އަޑު އެހުމެއް އޮންނާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު