Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޑޮލަރު ގަތުމުގެ ހުއްދަ ދިނީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 10:19
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް

ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ގަވާއިދާ ހިލާފަށް ފެނަކަ ކޯޕްރޭޝަނަށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

ފެނަކައަށް ގިނަ ޢަދަދެއްގެ ޑޮލަރު ގަވާއިދާ ޚިލާފަށް ގަނެފައިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤްކުރުމަށް ފަހު އޭސީސީ އިން ދައުވާ ކުރަން ފޮނުވާފައި ވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޓެކްނިކަލް އޮފިސަރ، ޑިރެކްޓަރ، އަދި ކުރީގެ މެނޭޖިންގް ޑިރެކްޓަރުގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭސީސީ އިން މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތަފާތު ތިން ފަހަރެއްގެ މަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޕްރައިވެޓް ކުންފުންޏަކުން 1,158,105.00 (އެއްމިލިއަން އެއްސަތޭކަ ފަންސާސް އަށްހާސް އެއްސަތޭކަ ފަހެއް) ޑޮލަރު ގަތުމަށްޓަކައި ފެނަކައިން އެޑްވާންސްކޮށް 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ދޫކޮށްފައި ވެއެވެ. އޭގެ ތެރެއިން 300,000.00 (ތިންލައްކަ) ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 4,626,000.00 (ހަތަރު މިލިއަން ހަލައްކަ ސައްބީސް ހާސް) ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި ޗީފް ޓެކްނިކަލް އޮފިސަރ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސިސީ އިން ނިންމި މައްސަލައިގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ވައުޗަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޗެކްގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރެވެ. މީގެ އިތުރުން، 389,105.00 (ތިންލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ފަހެއް) ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ 5,999,999.10 (ފަސްމިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ދިހަ ލާރި)ގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރއާއި ޑިރެކްޓަރ އެވެ. އަދި 469,000.00 (ހަތަރުލައްކަ ފަސްދޮޅަސް ނުވަހާސް) ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ 7,231,980.00 (ހަތްމިލިއަން ދެލައްކަ އެއްތިރީސްހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރު ކަމަށް ބުނެފައި ވެއެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ މި ތިން ފަރާތުން ވެސް ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ޑޮލަރު ގަންނަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންތޯ ބަލާފައި ނުވާ ކަމާއި ޑޮލަރު ގަތުމަށްޓަކައި ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދީފައިވާއިރު ޑޮލަރު ވިއްކުމަށް ހުށަހެޅި ކުންފުންޏަކީ ޑޮލަރު ވިއްކުމުގެ މާލީ ގާބިލު ފަރާތެއްތޯ ބަލާފައި ނުވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ޑޮލަރު ހޯދުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފެނަކައިން މަސައްކަތް ކޮށްފައިވާކަން ފެނަކައިގެ ލިޔުންތަކުން އެނގެން އޮތްއިރު، ފެނަކައިގެ ރިކުއަރމަންޓާ އެއްވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑޮލަރު ހަމަޖެހިފައި ނުވާކަން ލިޔުންތަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، މިމައްސަލާގައި ހިމެނޭ ޑޮލަރު މުއާމަލާތު ކޮށްފައިވާ މުއްދަތުކަމުގައިވާ 2016 ވަނަ އަހަރުގެ އޭޕްރީލް މަހާއި ނޮވެންބަރު މަހާ ދެމެދު މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކައިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާ ކަމަށް އޭސީސީގެ ރިޕޯޓިގައި ބުނަފައިވެއެވެ. އަދި އެހާ އަވަސް ގޮތެއްގައި ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ބޭނުންވެގެން އެމުއްދަތުގެ ތެރޭގައި ވެސް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ޑޮލަރު ވިއްކުމަށް ޗެކް ދޫކުރި ކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެއް ނޫނެއެވެ. އެކުންފުނިން ޑޮލަރު ވިއްކަން ހުށަހަޅައި، އެ މުޢާމަލާތް ކުރިޔަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިސާއާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެންގީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް އެނގޭ ކަމަށެވެ. އަދި މިގޮތުގެ މަތިން އަންގާފައިވާއިރު، އެކުންފުންޏަކީ މާލީ ގޮތުން އެފަދަ މުޢާމަލާތެއް ކުރިޔަށްގެންދެވޭނެ ފަދަ މާލީ ތަނަވަސްކަމެއް ހުރި ކުންފުންޏެއްތޯ ބަލާފައި ނުވާ ކަމަށް ރިޕޯޓިގައި ބުނަފައި ވެއެވެ.

ހަމައެހެންމެ އޭސީސީ އިން އެކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތައް ބެލިބެލުމުން އެއީ އެފަދަ ޤާބިލުކަމެއް ހުރި ކުންފުންޏެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކުންފުނިން ފުރަތަމަ ފަހަރަށް ޑޮލަރު ގަތުމަށް ހުށަހަޅާފައިވާ ޗެކަށްވާ ފައިސާ ނުލިބެނީސް ދެވަނަ އަދި ތިންވަނަ ފަހަރަށް ޑޮލަރު ގަތުމުގެ މުޢާމަލާތް ކުރިއަށް ގެންގޮސްފައިވާކަން ތަޙްޤީޤަށް އެނގި ސާބިތުވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޑްވާންސްކޮށް ޚަރަދު ކުރުމަށް ފަހު ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ޑޮލަރު ވިއްކުމަށް ޗެކް ހުށަހެޅި ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ލިބިފައިވެއެވެ.

އެހެން ކަމުން މި މައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނުގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަދީފައިވާ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޓެކްނިކަލް އޮފިސަރ، ޑިރެކްޓަރ، އަދި އެ ފައިސާ ޚަރަދު ކުރުމަށް އަންގާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ އެމްޑީގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްގެ ގޮތުގައި 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ޑޮލަރުގެ ބަދަލުގައި އެކުންފުނިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދީފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ބޭންކް ގެރެންޓީ ތަތްގަނޑު ޖަހާފައިވާ އެއް މަސްދުވަހުގެ ޑޭޓެޑް ޗެކްތަކެއްކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ހަމައެެހެންމެ އެ ޗެކްތަކުގައި ޖަހާފައިވާ ބެންކް ގެރެންޓީ ތައްގަނޑަކީ ބޭންކް ގެރެންޓީ ދިނުމަށް އެ ބޭންކުން ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި އެހެންނަމަވެސް އެ ބޭންކްގެ އިންޓާނަލް ލިޔުންތަކުގައި ބޭނުންކުރުމަށް ބޭނުންކުރާ ތައްގަނޑެއް ކަމަށް މޮރިޝަސް ކޮމާޝަލް ބޭންކުން ބަޔާންކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެ ޗެކުގައި ތައްގަނޑު ޖަހާފައިވަނީ މަކަރާ ހީލަތް ހެދުމުގެ ގޮތުން ކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައި ވާތީ، އެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު