Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޓީ ކައުންސިލް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނަން: މޭޔަރު ޝިފާ

މާލޭގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2019 | ހޯމަ 08:39
މާލޭގެ މޭޔަރު ޝިފާ މުހައްމަދު

މާލޭގެ މޭޔަރު ޝިފާ މުހައްމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މާލޭގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މޭޔަރ ޝިފާ ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށްށާއި، ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، ގިނަ ކަންކަން ތަންފީޒު ކުރުމުގެ މަރުޙަލާއަށް އަންނައިރު، މަޤާމުގައި ހުންނަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މާލެއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ބޭނުންވާ ކަމަށާއި އެކަންކަން ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. މިއަދު މާލެސިޓީގެ އިދާރާއެއް ނެތް ނަމަވެސް ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޢިމާރާތެއް ހުންނާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި، މަޝްވަރާތައް ކުރުމަށް ސިޓީ ހޯލެއް ހުންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަންކަން ކުރުމަށް މިސަރުކާރަށް ވަގުތުދޭން ޖެހޭ ކަމަށެވެ.

ސިޓީ ކައުންސިލަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ޝިފާ ވިދާޅުވީ ބައިވަރު ކައުންސިލަރުން ތިއްބަވާ ތަނެއްގައި ޚިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި، ނަމަވެސް މަސައްކަތަށް ބުރޫ ނާރާ ކަމަށެވެ. އެގޮތަށް ދިމާވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު މޭޔަރ ކަމަށް ކުރިމަތިލައްވާ ބޭފުޅުން ތިބުމުން ކޮންޕެޓިޝަން އުފެދޭތީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މިފަހުން ކައުންސިލަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ ޢަދަދު ކަނޑައެޅުމުގެ މައްސަލައިގައި ކަމަށާއި، ނަމަވެސް އެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ރަނގަޅު ނިންމުމެއް ނިންމޭނެ ކަމަށެވެ. ޝިފާ ވިދާޅުވީ މާރުކޭޓް ބަންދުކުރި އިރު އެތަނުގައި ހުރި ގޮޅީގެ ޢަދަދު މަދުކުރުމަށް ގިނަ ކައުންސިލަރުންނަށް އެއްބަސްވާ ކަމަށާއި، ނަމަވެސް މޭޔަރުގެ ހައިޞިއްޔަތުން އޭނާ ބޭނުންވަނީ ގިނަ ބަޔަކަށް ފުރުޞަތު ލިބޭ ގޮތަށް މާރުކޭޓްގެ ގޮޅިތައް ހަމަޖެހިގެން ދިއުން ކަމަށެވެ. ނަމަވެސް ގިނަ ކައުންސިލަރުން ބޭނުންވާ ގޮތަށް އެކަން ނިންމާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް އަލިއަޅުއްވާލައްވާ ޝިފާ ވިދާޅުވީ މި ނިޒާމު ފުރަތަމަ ފެށިގެން އައީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ނަމަވެސް މިދިޔަ ސަރުކާރުން ނިޒާމުގެ ތެރެއަށް ވަދެ މުޅި ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށެވެ.

ޝިފާ ވިދާޅުވީ ނިޒާމުގައި ވަރަށް ބައިވަރު މައްސަލައުޅޭ ކަމަށާއި، ދިވެހިރާއްޖޭގައި އޮންނަން ބޭނުންވަނީ ވީކް މޭޔަރުގެ ސިސްޓަމެއްތޯ ވަރުގަދަ މޭޔަރު ސިސްޓަމެއްތޯ ވެސް ރައްޔިތުން ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޤަވާއިދުތައް ހަދައި، އެޤަވާއިދުތައް ތަންފީޒު ކުރުމަށް އެލްޖީއޭ ރޯލް ވަރަށް ބޮޑު ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު