Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަވި އެޕްލިކޭޝަން ބޭނުންކުރަން ފަށައިފި

ސިއްހީ ނިޒާމް ގުޅުވާލާ "ވިނަވި" އެޕްލިކޭޝަން ހުރިހާރަށެއްގައި ބޭނުންކުރަން ފަށައިފި

20 އޮކްޓޯބަރު 2019 | އާދީއްތަ 14:17

ހއ. ތުރާކުނުން ފެށިގެން އައްޑު ސިޓީއާ ހަމައަށް މި ހިދުމަތް ވަނީ ތައާރަފްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޮކްޓޯބަރު 2019 | އާދީއްތަ 14:17
ވިނަވި އެޕްލިކޭޝަން ބޭނުންކުރަން ފެށުމަށް ބޭއްވި ހަފްލާ

ވިނަވި އެޕްލިކޭޝަން ބޭނުންކުރަން ފެށުމަށް ބޭއްވި ހަފްލާ

ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާތަނެއް އެއް ވިއުގައަކުން ގުޅާލުމަށް ހެދި ގައުމީ ސިއްހީ ވިއުގަ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އާދީއްތަ ދުވަހު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވިއުގަ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މިއީ ސިއްޙީދާއިރާގެ ހުރިހާ ތަނެއްގައިވެސް ޓެކްނޮލޮޖީ ބޭނުން ކުރުމުގެ މަގުސަދުގައި އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތަކެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ސިއްހީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން" ގުޅާލުމަށް ވެފައިވާ ވައުދު ފުއްދާ "ޤައުމީ ސިއްޙީ ވިއުގަ" ނުވަތަ "ނޭޝަނަލް ހެލްތު ނެޓްވޯރކް" ވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ގުޅާލާފައެވެ.

މި ވިއުގައިގެ މަގުސަދަކީ ސޮފްޓްވެއަރ މެދުވެރިކޮށް ހޮސްޕިޓަލުތަކާއި ސިއްޙީމަރުކަޒުތަކުގެ ހިންގުމުގެ އެންމެހާކަންކަން ވަރުގަދަކޮށް ސްޓޭންޑަޑައިޒް ނިޒާމެއްގެ ދަށުން ސިއްހީ ދާއިރާގެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމެވެ. މި ވިއުގާގެ ތެރެއިން އެންމެ ފުރަތަމަ ބޭނުންކުރާނެ ސޮފްޓްވެއަރއަކަށް އާސަންދަ ކުންފުނީގެ "ވިނަވި" ސޮފްޓްވެއަރ، ބޭނުންކުރަންނިންމާ ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން މިމަސައްކަތްފަށައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ސޮފްޓްވެއަރ ވަނީ ބޭނުކުރަން ފަށާފައެވެ.

މި ސޮފްޓްވެއަރއަކީ ބަލިމީހާގެ "މެޑިކަލް ހިސްޓްރީއާއި" އެންމެ ފަހުން ޑޮކްޓަރ "ޑައިގްނޯރޒް" ކުރި ބައްޔާއި ޑޮކްޓަރ އެންމެފަހުން ދެއްވި "ބޭހުގެ" މައުލޫމާތު އިނގިގެންދާނެގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެކެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތައް މެނޭޖްކުރުމަށް "ހޮސްޕިޓަލް މެނޭޖްމަންޓް ސޮފްޓްވެއާ" އެއްވެސް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލްތަކުގެ މެޑިކަލް ސްޓޮކް އަދި އިންވެޓްރީ މެނޭޖްކުރުމަށް އެޕްލިކޭޝަންއެއް ހަދައި މިހާރު ހުރިހާ ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ފެށި، އަދި ވަރަށް އަވަހަށް ހުރިހާ ސިއްޙީ މަރުކަޒުތަކުގައި ވެސް މި އެޕްލިކޭޝަން ބޭނުންކުރަން ފެށިގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީއިން މަސައްކަތް ކުރަނީ ސިއްޙީދާއިރާ ޑިޖިޓަލައިޒްކުރަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު މެނުއަލްކޮށް ކުރަމުންއަންނަ އެތައްކަމެއް ސޮފްޓްވެއަރ މެދުވެރިކޮށް ޑިޖިޓަލައިޒްކުރެވިގެންދާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން، މުވައްޒަފުންގެ އެތައްވަގުތެއް ސަލާމަތްކުރެވި އަދި ހޮސްޕިޓަލާއި ސިއްޙީމަރުކަޒުތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާކުރެވި ރައްޔިތުންނަށް މިކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އަދި ސިއްޙީދާއިރާ ޑިޖިޓަލައިޒް ކުރަންނފަށާފައިވާއިރު، ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް