Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްރެންޑްސް

"ފްރެންޑްސް" ނިމުނުތާ 15 އަހަރު: ޖެނިފަރ އިންސްޓަގްރާމްއާ ގުޅި ޝޯވގެ ކާމިޔާބުކަން މުޅި ދުނިޔެއަށް ދައްކާލައިފި!

1994 އިން 2004 އަށް ދެއްކި "ފްރެންޑްސް" ގެ މަގުބޫލުކަން ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2019 | ހޮނިހިރު 18:59
\"ފްރެންޑްސް\"ގެ ތަރިން (ކ -ވ): މެތިއު ޕެރީ، ކޯޓްނީ ކޮކްސް، މެޓް ލަ ބްލާންކް، ޖެނިފަރ އެނިސްޓަން، ޑޭވިޑް ޝްވިމަރ އަދި ލީސާ ކުޑްރޯ

\"ފްރެންޑްސް\"ގެ ތަރިން (ކ -ވ): މެތިއު ޕެރީ، ކޯޓްނީ ކޮކްސް، މެޓް ލަ ބްލާންކް، ޖެނިފަރ އެނިސްޓަން، ޑޭވިޑް ޝްވިމަރ އަދި ލީސާ ކުޑްރޯ

1994 އިން 2004 އަށް އެމެރިކާގެ ނެޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ ( އެންބީސީން) ދެއްކި ކޮމެޑީ ސީރީޒް "ފްރެންޑްސް" ޝޯވ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަގުބޫލް ޝޯވ އެކެވެ. ޝޯވ ނިމުނުތާ 15 އަހަރުވެފައިވާއިރު، މި ޝޯވގެ ތަރުހީބު ދުވަހުން ދުވަހަކަށް ދަނީއިތުރުވަމުންނެވެ. ޝޯވ އިން ފެންނަ ތަރިންނަށް ވެސް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފައެވެ.

ދާދި ފަހުން ފެނިގެން ދިޔައީ މީގެ އެއް ހެއްކެވެ. "ފްރެންޑްސް"ގެ އެއް ބަތަލާ އަދި "އެމެރިކާސް ސްވީޓްހާޓް"ކަމަށްވާ ޖެނިފަރ އެނިސްޓަން މި މަހުގެ 15ގައި އިންސްޓަގްރާމްއާ ގުޅުމުން އޭނާގެ އަދި "ފްރެންޑްސް"ގެ ފޭނުންވަނީ އެ ޕްލެޓްފޯމް ގުޑުވާލާފައެވެ. މީގެއިން ދައްކުވައިދެނީ އަދިވެސް ފްރެންޑްސް އާއި އޭގެ ތަރިންނާމެދު މީހުންގެ މެދުގައި އޮތް ގާތްކަމާއި ލޯތްބެވެ.

އިންސްޓަގްރާމްއާ ގުޅުނުތާ ފަސް ގަޑި އިރާއި 16 މިނިޓް ތެރޭ އެއް މިލިއަން ފޮލޯވަރުން ހޯދާ ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖެނިފަރ ޖާގަ ހޯދިއެވެ. އެންމެ އަވަހަށް އެއް މިލިއަން ފޮލޯވަރުން ހޯދި ރިކޯޑް މީގެ ކުރިން އޮތީ އިގިރޭސި ޝަހީ އާއިލާގެ އަމީރު ހެރީ އާއި އޭނާގެ އަނބިކަބަލުން މޭގަން މާކަލްގެ އެކައުންޓްކަމަށްވާ "ސަސެކްސްރޯޔަލް"އަށެވެ. އެއީ ފަސް ގަޑި އިރާއި 45 މިނިޓްގެ ތެރޭގައެވެ.

އެތަކެއް ބަޔަކު އެއްފަހަރާ އޭނާ ފޮލޯ ކުރަން އުޅުމުގެ ސަބަބުން އިންސްޓެގްރާމް އެޕްލިކޭޝަން ކްރޭޝްވިކަމަށް އިންސްޓްރާމުން ވަނީ ބުނެފައެވެ. މި ކުޑަ މައްސަލަ ޖެހުނު ނަމަވެސް، ޖެނިފަރގެ ފޮލޯވަރުން ހަމަ ދިޔައީ އިތުރުވަމުންނެވެ. 24 ގަޑިއިރު ތެރޭ ޖެނިފަރ އަށް އަށް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ވަނީ ލިބިފައެވެ. އަދި މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށްފައެވެ.

"ފްރެންޑްސް"ގައި ފެންނަނީ ހަ އެކުވެރިންނެވެ. އެއީ ޖެނިފަރ ކުޅޭ ރޯލްކަމަށްވާ ރޭޗަލް ގްރީންގެ އިތުރުން، މޮނިކާ ގެލަރ (ކޯޓްނީ ކޮކްސް)، ފީބީ ބުފޭ (ލީސާ ކޫޑްރޯ) އަދި ރޮސް ގެލަރ (ޑޭވިޑް ޝްވިމަރ)، ޖޯއީ ޓްރިބިއާނީ (މެޓް ލަ ބްލާންކް) އަދި ޗޭންލަރ (މެތިއު ޕެރީ)އެވެ.

މި އަހަރަކީ "ފްރެންޑްސް" ޝޯވ ފެށުނުތާ 25 އަހަރު ފުރުނު އަހަރަށް ވާއިރު، ޖެނިފަރ އާއި މެޓްއާ އެކު އެ ދުވަހު ނަގާފައިވާ ފޮޓޮއެއް ކޯޓްނީ ވަނީ އިންސްޓަގްރާމްކޮށްފައެވެ. އެއަށްފަހު، ފޭނުން ތިބީ ހަ މީހުން އެކުގައި ފެނިދާނެކަމުގެ އުއްމީދުގައެވެ. އެހެންކަމުން، ޖެނިފަރ އިންސްޓަގްރާމަށް ފުރަތަމަ ލީ ފޮޓޯ ވެސް ވެގެން ދިޔައީ ވެސް ހިޓަކަށެވެ. އެއީ، 25 އަހަރުގެ ރިޔޫނިއަން ފާހަގަ ކުރި ރޭ ހަ މީހުން އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.

މި ފޮޓޯއަށް މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ.

ޖެނިފަރގެ ދެވަނަ ޕޯސްޓަކީ އިންސްޓަގްރާމްއާ ގުޅުމުން އެ އެޕް ކްރޭޝް ވުމުން އެއަށް ސަމާސާ ކޮށްފައިވާ ވީޑިއޯއެކެވެ. 17 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވާ މި ވީޑިއޯގެ ކެޕްޝަންގައި ވަނީ އިންސްޓަގްރާމްގައި ފޭނުން އޭނާއަށް ދިން މަރުހަބާއަށް ޝުކުރު އަދާކޮށްފައެވެ. އޭނާގެ ތިން ވަނަ ޕޯސްޓަށްވެސް ފަސް މިލިއަން ލައިކް ލިބިފައިވާއިރު، އެއީ އިންސްޓަގްރާމްގައި މަޝްހޫރު #ތްރޯބެކްތަރޒްޑޭ ޕޯސްޓެއެކެވެ.

މީގެ އިތުރުން، ޖެނިފަރ ދިޔައީ ގިނަ ބައެއްގެ ޕޯސްޓްތަކަށް ކޮމެންޓް ކުރަމުންނެވެ. އެ ކޮމެންޓްތައް، ހޮލީވުޑްގް ތަރިންގެ ކޮމެންޓްތައް ބަލަމުންދާ "ކޮމެންޓްސްބައިސެލެބްސް"އިން ޕޯސްޓް ކުރުމުން ޖެނިފަރ ވަނީ އެއަށްވެސް ކޮމެންޓް ކޮށްފައެވެ. އަދި އޭނާގެ އިންސްޓްރާމްގައި ހިނގާ މިފަދަ ހަރަކާތްތަކުގެ ސަބަބުން އިތުރަށް ޕަބަލިސިޓީ ލިބުނެވެ.

ޖެނިފަރ މި ދުވަސްކޮޅު ދަނީ އޭނާގެ އާ ޝޯވކަމަށް "ދަ މޯނިންގ ޝޯވ" ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން، ޖިމީ ކިމެލް ލައިވްއަށް ދިން އިންޓަވިއުއެއްގައި އިންސްޓްރާމްއާ ގުޅޭގޮތުން އޭނާ ވާހަކަ ދެއްކިއެވެ.

ސޯޝަލް މީޑިއާއާ ގުޅެން ނިންމި ސަބަބު "ނުވިސްނޭ"ކަމަށް އޭނާ ބުންޏެވެ. އިންސްޓަގްރާމްއާ ގުޅެ ވަރަށް ގިނަ އެކުވެރިން އޭނާއަށް ޕްރެޝަރ ކުރިކަމަށާއި އެކަމަށް ފުރަގަސްދޭ ކޮންމެ ފަހަރަކު ތަކުރާރުކޮށް ރަށްޓެހިން އާދޭސް ކުރަމުންދާތީ އިންސްޓަގްރާމާއި ގުޅުނީކަމަށް ޖެނިފަރ ބުންޏެވެ. އަދި މީގެ ކުރިންވެސް ފޭކް އިންސްޓްގްރާމް އެކައުންޓެއް ގެންގުޅެފައިވާނެ ކަމަށާއި، އެއީ އެ އެޕް ދަސްކުރަންކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން "ފްރެންޑްސް"ގެ ތަރިން އެއްވެފައިވަނީ މަޝްހޫރު ޑައިރެކްޓަރ ޖިމް ބަރޯސްގެ ޓްރިބިއުޓް ހަފުލާގައެވެ. އެއީ ފަސް ތަރިންނެވެ އެވެ. އެ ހަފުލާގައި މެތިއު ޕެރީ ބައިވެރިވެފައި ނުވާއިރު (އޭނާ ހުރީ ޕްލޭއެއް ކުޅެން ލަންޑަންގައި)، މިހާރު އިންސްޓްގްރާމް އިން މަދު "ފްރެންޑް"އަކީ ވެސް އޭނާއެވެ.

އެހެންކަމުން، ފޭނުން މިހާރު ކެތްމަދުވެފަތިބީ މެތިއު ގުޅޭނެ ދުވަހަކަށެވެ. އެފަދަ ވާހަކައެއް އޭނާ ދައްކާފަ ނެތް ނަމަވެސް، ގިނަ ދުވަސް ތަކެއް ވަންދެން ސޯޝަލް މީޑިއާގައި އުޅެން ބޭނުން ނުވާކަމަށް ބުނި ޖެނިފަރ އިންސްޓެގްރާމާ ގުޅުމުން މެތިއު ވެސް އިންސްޓަގްރާމުން ފެނިދާނެކަމަށް ފޭނުން ކުރަމުން އައި އުންމީދު މިހާރުވަނީ އާވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު